ޓްވިޓާ އިން އެކުންފުނީގެ އައު ވެރިފިކޭޝަން ޕްރޮސެސް ތައާރަފްކޮށްފިއެވެ. މިއާއިއެކު އެކުންފުނިން ވަނީ ބޮޓް އެކައުންޓު ތަކަށް ހާއްސަކޮށް ލޭބަލް އެއް ތައާރަފްކުރަން ވެސް ނިންމާފައިއެވެ.
މި ލޭބަލް މެދުވެރިކޮށް މިފަދަ އެކައުންޓުތަށް ހިންގާ ފަރާތުގެ މައުލޫމާތާއި އެކައުންޓު އުފެއްދި ފަރާތުގެ މައުލޫމާތު ފެންނަން ހުންނާނެއެވެ. މީގެ އިތުރުން މި އެކައުންޓުތަކުން ކުރާ ޓްވީޓްތަށްވެސް ފެންނާނީ ހާއްސަ ފާހަގައަކާއި އެކުއެވެ.
ޓްވިޓާގައި ތަފާތު އެތަށް ބޮޓްތައް ހަރަކާތްތެރިވެއެވެ. އެގޮތުން ތަފާތު އެތައް މައުލޫމާތު ފޯރުކޮށްދޭ ބޮޓުތަކާއި ބްލެކް އެންޑް ވައިޓް ފޮޓޯތަކުގައި ކުލަ ޖައްސައިދޭ ބޮޓްތައް މީގެ ތެރޭގައި ހިމެނެއެވެ. ޓްވިޓާއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ މަގްސަދަކީ މިފަދަ ބޭނުންތެރި އޮޓޮމޭޓެޑް އެކައުންޓްތަކަށް ލޭބަލް އެއް ތައާރަފްކުރުމެވެ. އެގޮތުން މި ލޭބަލް ލިބިގެންދާނެ ބައެއް ބޮޓްތަކަކީ ވެކްސިން އާއި ބިންހެލުންފަދަ ގުދުރަތީ ކާރިސާތަކުގެ މައުލޫމާތު ފޯރުކޮށްދޭ ބޮޓްތަކެވެ.
މި ލޭބަލް ހޯދުމަށްޓަކައި މި އެކައުންޓްތަށް ހިންގާ ފަރާތްތަކުން ކަންތައް ކުރަންޖެހޭނެ ގޮތެއް އެކުންފުނިން އަދި ހާމަކޮށްފައިނުވެއެވެ. ނަމަވެސް އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނިން ހޮވާލާފައިވާ މިފަދަ އެކައުންޓުތަކަކާއިއެކު މި ހިދުމަތް ޖުލައި މަހު ލިބެންފަށާނެއެވެ.
މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި މަރުވެފައިވާ މީހުންގެ ހަދާނުގައި އެމީހުންގެ އެކައުންޓުތައް މެމޯރިއަލައިޒް ކުރެވޭނެގޮތް ހެދުމަށް އެކުންފުނިން ދަނީ މަސައްކަތްކުރަމުންނެވެ. މީގެ އިތުރުން ހެއްވާ މަޖާ އަދި ސެޓަޔާ އެކަންޓުތައް ފާހަގަކުރެވޭނެ ގޮތްވެސް ހެދުމަށް ވިސްނަމުންދާ ކަމަށް ޓްވިޓާއިން ހާމަކޮށްފައިވެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި