އުރީދޫ ގެ ޗީފް ކޮމާޝަލް އޮފިސަރ ގެ މަޤާމަށް ހުސެއިން ނިޔާޒު

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް އަލްފާޟިލް ޙުސައިން ނިޔާޒު އައްޔަންކޮށްފިއެވެ. 2005 ވަނަ އަހަރަ ވަތަނިއްޔާ އުފެއްދުމާއި އެކު އެކުންފުންޏާއި ގުޅުނު ހުސެއިން ނިޔާޒް ވަނީ އެ އުރީދޫގެ އިސްމަގާމުތަކެއް ފުރުއްވާފައިވާފަ އެވެ.

ނިޔާޒް ވަނީ ޓެލެކޮމިއުނިކޭޝަންސްގެ ދާއިރާއިން 23 އަހަރު ދުވަހުގެ ތަޖުރިބާ ހޯދައްވާފަ އެވެ. އޭނާ އުރީދޫ މޯލްޑިވްސްއާ ފުރަތަމަ ގުޅިވަޑައިގެންނެވީ އާރްއެންއީ ޓެކްނީޝަންއެއްގެ ގޮތުގެއެވެ. އޭގެ ފަހުން ވަޒީފާގެ އިތުރު އެތައް ކުރިއެރުމެއް ހޯދައި، ފުރުއްވާފައިވާ މަގާމުތަކުގެ ތެރޭގައި މެނޭޖަރ ނެޓްވަރކް ޕްލޭނިންގ އެންޑް އޮޕްޓިމައިޒޭޝަން، ހެޑް އޮފް ނެޓްވަރކްސް، ހެޑް އޮފް ސޭލްސް އެންޑް ޑިސްޓްރިބިއުޝަން، އަދި އެކްޓިންގ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމު ހިމެނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް ހުސައިން ނިޔާޒު އައްޔަންކުރުމާ ގުޅިގެން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް ފައިނޭންސަލް އޮފިސަރު ނަޖީބު ޚާން ވިދާޅުވީ، މީގެ 16 އަހަރު ކުރިން، ނިޔާޒު ޓެކްނީޝަނެއްގެ ގޮތުގައި އުރީދޫއާ ގުޅުމަށްފަހު ރާއްޖޭގައި ނެޓްވަރކް އެޅުމުގެ އެންމެ ފުރަތަމަ މަރުޙަލާތަކުގައި ހަރަކާތްތެރިވެ، ކުންފުނި ކުރިއެރުމަށް ގިނަގުނަ ހިދުމަތްތަކެއްކޮށްދީފައިވާ ކަމަށެވެ.

އެހެންވެ އެކަން ފާހަގަކޮށް އޭނާއަށް ނަޖީބު ވަނީ ޝުކުރު އަދާކުރައްވައި މަރުހަބާ ވިދާޅުވެފަ އެވެ.

ނިޔާޒު އުރީދޫ މޯލްޑިވްސްގައި ކޮށްފައިވާ ދަތުރަކީ ވަރަށް އިންސްޕަޔަރިންގ ދަތުރެއްކަމަށާއި އެންމެން އޭނާ ހޯދާފައިވާ ކުރިއެރުމާމެދު ފަހުރުވެރިވާކަމަށް ނަޖީބު ފާހަގަކުރެއްވި އެވެ.

"ޓެކްނިކަލް އަދި ކޮމާޝަލް ދާއިރާގައި ހުސައިން ނިޔާޒުއަށް ލިބިފައިވާ ގިނަގުނަ ތަޖުރިބާތަކާއެކު، ކުންފުންޏަށް އިތުރު ކުރިއެރުން ހޯދައިދީ، ޑިޖިޓަލް ޓެކްނޮލޮޖީގެ އެހީގައި ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދިނުމަށް މުހިންމު މަސައްކަތްތަކެއް ކޮށްދޭނެކަން ޔަގީން." އުރީދޫ މޯލްޑިވްސް ގެ މެނޭޖިންގ ޑިރެކްޓަރު އަދި ޗީފް ފައިނޭންޝަލް އޮފިސަރު، މިސްޓަރ ނަޖީބް ޚާން ވިދާޅުވި އެވެ.

ދިވެހިރާއްޖޭގޭ މުވައްޒަފުން ބިނާކޮށް، ކުންފުނީގެ ލީޑަޝިޕްގެ މަގާމުތަކަށް ދިވެހިންނަށް ލިބިދީފައިވާ ފުރުސަތުތައް ފަހިކޮށްދިނުމަށް އުރީދޫ މޯލްޑިވްސް އިން ހާއްސަ އަހަންމިއްޔަތުކަމެއް ދޭއިރު، ސީއެކްސްއޯ ލެވެލްގެ މަގާމަކަށް ނިޔާޒު އައްޔަންކުރުމަކީ އުރީދޫ މޯލްޑިވްސް އިން ކަނޑައްތުކޮށްފައިވާ ވަރަށް މުހިއްމު މޭލުގާތެއްކަމަށް އުރީދޫ އިން ބުނެ އެވެ.

އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން، ހުސައިން ނިޔާޒު ވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޮމިއުނިކޭޝަންސް، އިލެކްޓްރޯނިކްސް އެންޑް އައިޓީ ޑިޕާޓްމަންޓްގައި 12 އަހަރު ދުވަހު މަސައްކަތްކޮށްފައެވެ. ހުސައިން ނިޔާޒު ވަނީ ޓެލެކޮމް މެނޭޖްމަންޓް އިން އެގްޒެކެޓިވް މާސްޓާސް ހާސިލުކޮށް، ފޯޓް ގޯޑަން ޔުނައިޓެޑް ސްޓޭޓްސް އާރމީ އިން އިލެކްޓްރޯނިކްސް އެންޑް ކޮމިއުނިކޭޝަންސްގެ ދާއިރާއިން ތަމްރީނު ހާސިލުކޮށްފައެވެ. މީގެ އިތުރުން، އޭނާ ވަނީ ސިންގަޕޫރުގެ ސެންޓަރ ފޮރ ކްރިއޭޓިވް ލީޑަރޝިޕް އިން ލީޑަރޝިޕް ޑިވެލޮޕްމަންޓް ޓްރެއިނިންގ ހަދައި، އުރީދޫ ގްރޫޕް އިން އިންސްޓިޓިއުޓް ފޮރ މެނޭޖްމަންޓް ޑިވެލޮޕްމަންޓް (އައިއެމްޑީ) އާއެކު ހަދާފައިވާ ޕާޓްނަރޝިޕްގެ ދަށުން ހިންގާފައިވާ އުރީދޫ ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމްވެސް ފުރިހަމަކޮށްފައެވެ.


އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.