އޭއައި ޗިޕު އުފައްދާ އެންމެ ބޮޑު ކުންފުނި އެންވިޑިއާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ޖެންސެން ހުއާންގް މަގާމުން ވަކިކުރުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ތައްޔާރުވަމުން އަންނަކަމަށް ހަބަރު ލިބެއެވެ. ބޯޑުން މިފިޔަވަޅު އަޅަން ވިސްނަނީ އޭނާގެ ޒާތީ ގުޅުންތަކާއި ބެހޭގޮތުން މިހާރު ފެތުރެމުންދާ އައު ހަބަރަކާއި އަދި އޭނާއާއި ބޭރުގެ ގައުމެއްގެ ޖާސޫސު ކުރާ ފަރާތްތަކާއި ގުޅުން އޮތްކަމުގެ ކަންބޮޑުވުންތަކާއި ގުޅިގެންނެވެ.
މިހަފްތާގެ ކުރީކޮޅު ޖެންސެން ވަނީ އޭނާއާއި، ޗައިނާއަށް ޖާސޫސުކޮށްދޭ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކާއެކު ހިންގި އަމަލުތަކަށް އެއްބަސްވެ، ކުންފުނީގެ މުވައްޒަފުންގެ ކިބައިން މައާފަށް އެދި އީމެއިލްއެއް ފޮނުވާފައެވެ. އީމެއިލްގައި އޭނާ ބުނެފައިވަނީ އޭނާގެ އަންހެނުންނަށް އޭނާ ބޭވަފާތެރިވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އަންހެނުންނަށާއި ކުދިންނަށް ނިކަމެތިކަން ކުރިމަތިވެފައިވާ ކަމަށާއި، އޭނާގެ އަމަލުތަކަށް ދައްކާނެ އެއްވެސް ބަހަނާއެއް ނެތްކަމަށެވެ.
ދަ ވޯލް ސްޓްރީޓް ޖާނަލް އިން ބުނާ ގޮތުގައި އެންވީޑިއާގެ ބޯޑުން 11 ނޮވެމްބަރު ވީ ބުދަ ދުވަހު، ކުންފުނީގައި ހުއާންގްގެ މުސްތަގުބަލާ މެދު ގޮތެއް ނިންމުމަށް ބައްދަލުވުމެއް ބޭއްވިކަމަށްވެއެވެ. ވޯލް ސްޓްރީޓް ޖަރނަލްއިން މިމައުލޫމާތު ހަވާލާދީފައިވަނީ މިމައްސަލައިގެ މައުލޫމާތު ލިބިފައިވާ ކުންފުނީގެ އެތެރޭގެ ބަޔަކަށެވެ.
ބޯޑުގެ ބައްދަލުވުން އަވަސްކޮށް، ކުންފުނީގެ އެންމެ މަތީ ލެވެލްއަށް އިތުރު ޕްރެޝަރެއް ކުރިމަތި ވެގެން މިއައީ މިމައްސަލައިގެ އައު މައުލޫމާތުތަކެއް ހާމަވެފައިވާތީއެވެ. ނިއުޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ހަބަރެއްގައި ޖެންސެންއާއި ކުންފުނީގެ ހެލްތްކެއަރގެ ނައިބު ރައީސް ކިމްބަރލީ ޕަވަލް އާއި ވެސް ގުޅުން އޮތް ކަމަށް ރިޕޯޓްކުރެއެވެ. މި ތުހުމަތުތަކާއި ގުޅޭ ގޮތުން ކިމްބަރލީ ޕަވަލް އަދި އާންމުކޮށް އެއްޗެއް ނުބުނެއެވެ.
63 އަހަރުގެ ޖެންސެން ހުއާންގްގެ މިމައްސަލަ ފުރަތަމަ ފެށިގެން އައީ ސިންގަޕޫރުގެ ޑޭޓާ ކުންފުންޏެއް ކަމަށްވާ މެގަސްޕީޑް އާއި ގުޅުމެއް އޮންނަ ވިޔަފާރިވެރިއެއް ކަމަށްވާ، އެލިސް ހުއާންގް އާއި ޖެންސެންއާއި ދެމެދުގައި ކައިވެނީގެ ބޭރުން ގުޅުން ތަކެއް ހިންގާފައިވާ ކަމުގެ ރިޕޯޓްތަކާއި އެކުގައެވެ. އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ޝައްކުކުރީ އެލިސް ހުއާންގް އަކީ ޗައިނާގެ ޖާސޫސީ އިދާރާއާއި ގުޅުން ހުރި އެގައުމަށް ކުންފުނީގެ ސިއްރުތައް ހިއްސާކުރާ ފަރާތެއްގެ ގޮތުގައެވެ. އަދި އޭނާއާއި ޖެންސެންއާއި އޮތް ޒާތީ ގުޅުން ބޭނުންކޮށް އެންވިޑިއާ ކުންފުނީގެ ޒަމާނީ ސެމީކޮންޑަކްޓަރ ޓެކްނޮލޮޖީއާ ގުޅޭ މައުލޫމާތު އެއްކޮށްފައިވާކަމަށް އެމެރިކާގެ އިންޓެލިޖެންސް އިދާރާ އިދާރާތަކުން ތުހުމަތުކުރެއެވެ.
އެލިސް ހުއާންގް އާއި ޖެންސެން އާއި ދެމެދު އޮތް ގުޅުމާއި ބެހޭ ކަންބޮޑުވުންތަކާއި ކުންފުނި ބޭރުގެ ޖާސޫސީ އޮޕަރޭޝަނެއްގެ ޝިކާރައަކަށް ވެދާނެކަމަށް ޝައްކު ކުރެވުނު ހިސާބުން، އެކުންފުނިން ވަނީ މިނިވަން ތަހުގީގެއް ފަށާފައެވެ. އެހެންނަމަވެސް ހުއާންގް މަގާމުން ވަކިކުރާނެ ކަމެއް އެކުންފުނިން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މިކަންކަމުގެ ސަބަބުން ހިއްސާގެ މާކެޓްގައި އެންވީޑިއާގެ ޕަރފޯމަންސަށް ވެސް ވަނީ އަސަރުކޮށްފައެވެ. ބޯޑުން ބުދަ ދުވަހުގެ ބައްދަލުވުން ބާއްވާކަމުގެ ރިޕޯޓްތަކާ ގުޅިގެން، ބުދަ ދުވަހުގެ ފަހުކޮޅުގައި ހިއްސާގެ މާކެޓުގެ އަދަދުތަކުން ދައްކާގޮތުގައި އެކުންފުނީގެ ހިއްސާގެ ވިޔަފާރި ވަނީ ގާތްގަނޑަކަށް %8 ދަށްވެފައިވެއެވެ. ކުންފުނީގެ ލީޑަރޝިޕާ މެދު އޮތް ޔަގީންކަން ގެއްލެމުންދާ މިދަނޑިވަޅެއްގައި އެކުންފުނީގެ މާކެޓް ވެލިއު މިވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
މިތުހުމަތުތަކާއި ގުޅިގެން އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ކޮންގްރެސްގެ ކޮމިޓީތަކުން ދަނީ މިމައްސަލައަށް ހާއްސަ ސަމާލުކަމެއް ދެމުންނެވެ. އެހެން ނަމަވެސް މިކަމާއި ގުޅިގެން ޗައިނާ ސަރުކާރުން، އެލިސް ހުއާންގް އާއި އެގައުމުގެ ދައުލަތުގެ ޖާސޫސީ އިދާރާއާއި ގުޅުމެއް އޮތްކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކުރެއެވެ. ޗައިނާއިން ބުނާގޮތުގައި އެތުހުމަތުތަކަކީ އަސާސެއް ނެތް އަގުވައްޓާލުމަށް ޖައްސާ ކެމްޕޭނެކެވެ.
މިވަގުތަކީ އެންވީޑިއާ ކުންފުނީގައި ޖެންސެން ހުއާންގްގެ މުސްތަގުބަލު، ވާނުވާ ނޭގޭ ހާލަތުގައި އޮތް ވަގުތެކެވެ. އެންވީޑިއާ ކުންފުންޏަކީ 1993 ވަނަ އަހަރު ގޭމިން އަދި ކޮމްޕިއުޓަރ ގްރެފިކްސް އިންޑަސްޓްރީއަށް، ގްރެފިކްސް ޗިޕް އުފެއްދުމަށް ޖެންސެން ހުއާންގް، ކްރިސް މަލަޗޯސްކީ އަދި ކަރޓިސް ޕްރިއެމް އުފެއްދި ކުންފުންޏެކެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެއް ޓެކްނޮލޮޖީ ކުންފުނި ބިނާކޮށް، 33 އަހަރު ފަހުން ޖެންސެން ހުއާންގްއަށް މިހާރު ބޯމަތިވެފައި މިއޮތީ އޭނާ އުފެއްދި ކުންފުނިން އޭނާ ބޭރުކޮށްލާނެ ކަމުގެ ކަންބޮޑުވުމެވެ. އޭނާގެ ޒާތީ ކަންތައްތަކާއި އަމިއްލަ ނިންމުންތަކެއްގެ ސަބަބުން އޭނާގެ ލީޑަރޝިޕް ލެގަސީ މިހާރު މިވަނީ ވަރަށް ކިލަނބުވެފައެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް