ސްޕޭސް ފޯ ވިމެން މެންޓާރ ކުރުމުގެ ފުރުސަތު ދިވެހިންނަށްވެސް

ޝުޖާޢަތު ރަޝީދު 01 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސްޕޭސް ފޯ ވިމެން އިން މެންޓާއަކަށް ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މެންޓާޝިޕަށް ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 10 ޖޫން 2021 އެވެ.

މި މެންޓާޝިޕުގެ ފޯމު ހުށަހެޅުމަށް ހުރި ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ:

- މެންޓާ ކެންޑިޑޭޓަކީ މަސައްކަތުގެ މާހައުލުގައި ޖައްވާއި ބެހޭ މަސައްކަތެއް ކޮންމެ ދާއިރަކުންވިޔަސް ކުރަމުންދާ މީހަކަށްވުން، މީގެ ތެރޭގައި އިންޖިނިއަރިން، ކޮމިއުނިކޭޝަން، އާރޓްް، ވިޔަފާރި، ޕޮލިސީ، ބޭސްފަރުވާ އަދި ލޯޔަރުންވެސް ހިމެނެއެވެ.

- މެންޓާޝިޕް ފޯމު ހުށަހަޅައި، މެންޓާ އޮރިއެންޓޭޝަން ޕްރޮގްރާމް ފުރިހަމަކޮށް އަދި ކޯޑް އޮފް ކޮންޑަކްޓް ފޯމު ހުށަހެޅުން

- މެންޓަރެއްގެ މަސައްކަތް އަދާ ކުރުމަށް 1 އަހަރު ދެވޭނެ ފަރާތަކަށްވުން (1 އޭޕްރީލް ފެށިގެން)

މި ޝަރުތުތަކުގެ އިތުރުންވެސް މެންޓަރެއްގެ ގައިގައި ހުންނަންޖެހޭ ޝަރުތުތައް ވަރަށް ތަފްސީލުކޮށް ލިޔުމަކުން އަންގާފައިވެއެވެ. މި ޕްރޮގްރާމްގައި ދިވެހިރާއްޖެއިންވެސް، މަސައްކަތުގެ ދާއިރާގައި އުޅޭ ފަރާތްތަކުންނާއި ޝަރުތުތައް ހަމަވާ މީހުންނަށް ބައިވެރިވެވޭނެއެވެ.

ސްޕޭސް ފޯ ވިމެން (Space4Women) އަކީ ޔޫ.އެން ނުވަތަ ޔުނައިޓެޑް ނޭޝަންސްގެ އޮފީސް ފޯ އައުޓާ ސްޕޭސް އެފެއާޒް (UNOOSA) ގެ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓުގެ މައިގަނޑު މަޤްސަދަކީ ސްޓެމް (ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން، މެތަމެޓިކްސް) ދާއިރާގައި ހަރަކާތްތެރިވެ ޝައުގުވެރިކަން ހުންނަ އަންހެނުންނާއި އަންހެން ކުދިން ޖައްވާއި ބެހޭ ގޮތުން އިތުރަށް ދިރާސާކުރުމަށް އެހީވެދީ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

މީގެ އިތުރަށްވެސް ސްޕޭސް ފޯ ވިމެންއިން މިދާއިރާއާއި ގުޅުވައިގެން ތައުލީމީ ކަންތައް ފަހިކޮށްދީ، ބޭނުންވާނެ ޕޮލިސީތައް އެކުލަވާލަން އެހީ ފޯރުކޮށް އަދި މިދާއިރާއަށް ޝައުގު ހުންނަ އަންހެނުން ދާއިރާއަށް އަހުލުވެރިކުރުމަށް މަސައްކަތްކުރެއެވެ.

ސްޕޭސް ފޯ ވިމެން މެންޓާޝިޕް ޕްރޮގްރާމާއި ބެހޭގޮތުން އިތުރަށް ކިޔާލުމަށް

ސްޕޭސް ފޯ ވިމެން މެންޓާޝިޕްގެ ކޯޑް އޮފް ކޮންޑަކްޓް

މި މެންޓާޝިޕްގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމަށް



ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.