ވާވޭ ކުންފުނީގެ އަމިއްލަ އޮޕަރޭޓިން ސިސްޓަމް ހާމަނީ އޯއެސް ތައާރަފްކޮށްފިއެވެ. އެކުންފުނިން މި އޯއެސް ތައާރަފްކޮށްފައިވަނީ އެމެރިކާގެ ފިއްތުންތަކުގެ ސަބަބުން އެގައުމުގެ ޓެކްނޮލޮޖީތަކުން ޗައިނާގެ ކުންފުނިތައް އެކަހެރިވެފައިވާ ދަނޑިވަޅެއްގައިއެވެ.
2019 ވަނަ އަހަރު އެމެރިކާ ސަރުކާރުން ވާވޭ ބްލެކްލިސްޓް ކުރުމާއި ގުޅިގެން އެކުންފުންޏަށް ވަނީ ގޫގަލްގެ އެންޑްރޮއިޑް އޯއެސް ބޭނުންކުރުމުގެ މަގު ބަންދުވެފައިއެވެ. މީގެ އިތުރުން ފަހުން އެގައުމުން ވާވޭ އާއި ދެކޮޅަށް އަޅާފައިވާ އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެކުންފުންޏަށް ވަނީ އެކުންފުނީގެ ފޯނުތައް އުފެއްދުމަށް ބޭނުންވާ ސެމީކޮންޑަކްޓާ ލިބުމުގައިވެސް ދަތިތަކެއް ކުރިމަތިވެފައިއެވެ. ދުނިޔޭގެ އެއްވަނަ މޯބައިލް ފޯނު ކުންފުންޏަށް ވާވޭ ވިތާ މާގިނަދުވަހެއްނުވަނީސް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެކުންފުނީގެ ވިޔަފާރިއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިއެވެ. އެހެންކަމުން ހާމަނީ އޯއެސް އަކީ މިކަމުން އަރައިގަނެ އެކުންފުނީގެ ވިޔަފާރި ރަނގަޅުކުރުމަށް އެކުންފުނިން އުފައްދާފައިވާ ސޮފްޓްވެއާއެކެވެ.
އެކުންފުނިން މި އޯއެސް ގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުގައިއެވެ. އަދި އެކުންފުނިން ހާމަކުރާގޮތުގައި މި އޯއެސް އަކީ އެކުންފުނީގެ ފޯނުތަކާއި ގަޑިތައް އަދި އިންޓަނެޓާއި ކަނެކްޓްވެފައިވާ އެހެންވެސް ޑިވައިސްތަކުގައި މަސައްކަތްކުރާނެ އޯއެސްއެކެވެ. އަދި ވާވޭއިން ހާމަކުރާ ގޮތުގައި މި ހުރިހާ ޑިވައިސްތަކެއްގައި ބޭނުންކުރެވޭނެ އެޕްލިކޭޝަންތައް ޑިވެލޮޕަރުންނަށް ފަސޭކަމާއިއެކު ފަރުމާކުރެވޭނެއެވެ.
މިހާރުވެސް ދުނިޔޭގެ މޯބައިލް ފޯނު އަދި ސްމާޓްވޮޗް ފަދަ ޑިވައިސްތަކުގައި އެންމެ ގިނައިން ބޭނުންކުރެވެނީ ގޫގަލްގެ އެންޑްރޮއިޑް އާއި އެޕަލްގެ އައިއޯއެސް އޮޕަރޭޓިން ސިސްޓަމެވެ. އެހެންކަމުން ޗައިނާ ފިޔަވައި ދުނިޔޭގެ އެހެން ހިސާބުތަކުގައި މި އުފެއްދުމަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް