އައިއޯއެސް 15 ދައްކާލައިފި

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕަލްގެ ވޯލްޑް ވައިޑް ޑިވެލޮޕާސް ކޮންފަރެންސް 2021 ގައި އައިއޯއެސް 15 ދައްކާލައިފި އެވެ. މި އައިއޯއެސް އާންމުކޮށް ބޭނުންކުރަން ލިބޭވަރު ވާނީ ސެޕްޓެމްބަރ މަހު އައިފޯން 13އާއެކު އެވެ. އެހެން ނަމަވެސް އައިއޯއެސް 14 ސަޕޯޓްކުރާ ކޮންމެ ޑިވައިސް އަކަށް މި އައިއޯއެސް އިންސްޓޯލް ކުރެވޭނެއެވެ.

އައިއޯއެސް 15 ގައި ހުރި ގިނަ ފަސޭހަތަކުގެ ތެރެއިން އެންމެ ފާހަގަ ކޮއްލެވޭ އެއްކަމަކީ އައިކްލައުޑް ޑާޓާގެ ވެރިފަރާތް ބަދަލުކުރެވޭނެ ގޮތް ހުރުމުންނެވެ. މީގެ އެންމެ ބޮޑު އެއްފައިދާ އަކީ ފޯނުގެ ވެރިފަރާތް ނިޔާވެއްޖެ ނަމަ އެނާގެ ޑާޓާ އަށް އެކްސެސް ވެވޭނެ އެއްވެސް ގޮތެއް ކުރިން ކަނޑައެޅިފައި ނެތުމުން އަލަށް ތަޢާރަފްކުރި "ޑިޖިޓަލް ލެގަސީ" ފީޗާގެ ސަބަބުން ރަސްކަން ބަދަލު ކުރާހެން އައިކްލައުޑް ޑާޓާގެ ވެރިފަރާތް އޭނާ އިޙްތިޔާރު ކުރާ ފަރާތަކަށް ކުރީބައިގައި ބަދަލު ކުރެވުމެވެ. އަދި އިޙްތިޔާރު ކުރާ ފަރާތަށް "ލެގަސީ ކޮންޓެކްޓް އެޕަލް އައިޑީ" އެއް ލިބިގެންދާނެއެވެ. އެމީހަކު ނިޔާ ވުމުން އިޙްތިޔާރު ކުރި ފަރާތަށް އައިޑީ އިން ލޮގިން ވެވޭނީ ވެރިފަރާތުގެ ޑެތް ސެޓްފިކެޓް ހުށައެޅުމުން ނެވެ.

މީގެ އިތުރުން އައިއޯއެސް 15 ގައި ފޭސް ޓައިމްގައި ހިމަނާފައި ހުރި އެންޑްރޮއިޑް އަދި ވިންޑޯޒްއާ ގުޅުންހުރި ފީޗާތައް ހިމެނެ އެވެ. ލިންކް ޝެއާކޮށް ފޭސް ޓައިމް ކޯލްތަކުގައި ބައިވެރިވެވޭ ގޮތް ވަނީ ހަދާފަ އެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.