ލޮޓީފައިލްސްގެ އޯއެމްބެޑް ޕްރޮޑަކްޓް ހަންޓްއަށްް

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ލޮޓީފައިލްސްގެ އޯއެމްބެޑް ފީޗާ ޕްރޮޑަކްޓްހަންޓް ގައި ތައާރަފްކޮށްފިއެވެ. މި ފީޗާ އާއިއެކު ނޯޝަން، މީޑިއަމް، ގޯސްޓް، ވޯޑްޕްރެސް އަދި އެހެނިހެން މިފަދަ ވަސީލަތްތަކުގައި ފަސޭހަކަމާއިއެކު ލޮޓީ އެނިމޭޝަންތައް ބޭނުންކޮށްލެވޭނެއެވެ.

އެގޮތުން ގޯސްޓް، ވޯޑްޕްރެސް އަދި އެހެނިހެން މިފަދަ ވަސީލަތްތަކުގައި ލޮޓީ އެނިމޭޝަންތައް އެމްބެޑްކޮށްލުމަކީ މިހާރު ކޮޕީ ޕޭސްޓްކުރުން ފަދަ ފަސޭހަކަމެކެވެ.

މީގެ އިތުރުން ލޮޓީ އެނިމޭޝަންތަކަކީ ކްރިއޭޓިވް ކޮމަންސް އެޓްރިބިއުޝަން ލައިސެންސް އެއްގެ ދަށުން ދޫކޮށްފައިވާ އެނިމޭޝަންތަކަށް ވުމުން އަލަށް ތައާރަފްކުރެވުނު މި ފީޗާއާއި އެކު ފަސޭހަކަމާއިއެކު މި އެނިމޭޝަންތައް އުފެއްދި ފަރާތްތަކަށް ކްރެޑިޓް ދެވޭނެއެވެ. އެގޮތުން މި އެނިމޭޝަންތަކާއިއެކު މި ލައިސަންސް ހިމަނާފައިވުމުން މިހާރު އެމްބެޑްކޮށްފައިވާ އެނިމޭޝަން ތަކުން އެޓްރިބިއުޝަން މައުލޫމާތު ފެންނަން ހުންނާނެއެވެ.

މި ހިދުމަތް ބޭނުންކޮށްލުމަށްޓަކައި http://lottiefiles.com/featured އަށް ވަނުމަށްފަހު ބޭނުންވާ އެނިމޭޝަން ހިޔާރުކޮށްލުމުން އެ އެނިމޭޝަނެއްގެ އޯއެމްބެޑް ލިންކް ފެނިގެންދާނެއެވެ.

ލޮޓީފައިލްސް އަށް ހިއްވަރު ދިނުމުގެ ގޮތުން ޕްރޮޑްކްޓް ހަންޓް ގައި އަޕްވޯޓް އެއް ދިނުމަށް އެކުންފުނީގެ ކޯފައުންޑަރ ނައްޓު އެދެއެވެ.



މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.