ފޭސްބުކްއިން ސްމާޓް ގަޑިއެއް އުފެއްދުމުގެ މަސައްކަތް ކުރާތާ ގިނަދުވަސްތަކެއްވެއްޖެއެވެ، އެގޮތުން އެޕަލް ވޮޗް އާއި ވާދަކުރުމަށްޓަކައި ފޭސްބުކްއިން އުފެއްދުމަށް މަސައްކަތްކުރާ ޑިވައިސްއާއި ބެހޭ މައުލޫމާތުތަކެއް މިހާރުވަނީ ހާމަވެފައިއެވެ.
ފޭސްބުކް ގެ ސްމާޓް ގަޑިއަކީ ޑިސްޕްލޭ ވަކިން ނައްޓާލެވޭ ގޮތަށް ފަރުމާކުރެވިފައިވާ ޑިވައިސްއެކެވެ. މީގެ އިތުރުން މި ޑިވައިސްގައި ފޮޓޯ އަދި ވީޑިއޯ ނެގުމަށް ދެ ކެމެރާ ހިމެނިފައިވާކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ. މި ގަޑީގެ ޑިސްޕްލޭގައި ހަރުކުރެވިފައިވާ ކެމެރާ މެދުވެރިކޮށް ވީޑިއޯ ކޯލްކުރެވޭނެއެވެ. މީގެ އިތުރުން މިގަޑީގެ ފަހަތުގައި 1080ޕީ ގެ ކެމެރާއެއް ހިމެނެއެވެ.
ފޭސްބުކްއިން އަންނަނީ މި ގަޑިއާއިއެކު ބޭނުންކުރެވޭނެ އެސެސަރީޒް އުފެއްދުމަށް އެހެން ކުންފުނިތަކާއިއެކު މަސައްކަތްކުރަމުންނެވެ. އެކުންފުނީގެ އުއްމީދަކީ މި ގަޑި އަކީ އެޕަލް އާއި ގޫގަލްގެ ޑިވައިސްތަކުގެ ބަދަލުގައި މީހުން ފޭސްބުކްއަށް ވަނުމަށް ބޭނުންކުރާނެ ޑިވައިސްއަކަށް ވުމެވެ.
މީގެ ކުރިން މި ގަޑިއާއި ބެހޭގޮތުން ހާމަވެފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި މިގަޑި މެދުވެރިކޮށް ފޯނެއް ނެތިވެސް ފޭސްބުކްގެ މެސެންޖާ އަދި ވަޓްސްއެޕް މެދުވެރިކޮށް މެސްޖްފޮނުވޭނެއެވެ. މީގެ އިތުރުން ހިތުގެ ވިންދާއި އިތުރު ސިއްހީ އެކި ކަންކަން ދެނެގަނެވޭނެގޮތްވެސް މި ގަޑީގައި ހިމެނޭނެއެވެ. މިގަޑީގައި ބޭނުންކޮށްފައިވަނީ އެންޑްރޮއިޑް ކަސްޓަމް ވާޝަންއެކެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި