ބީއެމްއެލް މޯބައިލް އެޕް އައު ފީޗާތަކާއި އެކު ތަޢާރަފުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މޮބައިލް ބޭންކިންގ އެޕްލިކޭޝަނަށް ބަދަލު ގެނެސް އިތުރު ފީޗާސް ތަކާއެކު ތަޢާރަފްކޮށްފިއެވެ.

ކަސްޓަމަރުންނަށް ބޭންކިން ޚިދުމަތް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ބީއެމްއެލްގެ މޮބައިލް ބޭންކިން އެޕަށް ބަދަލު ގެނެސް އިތުރު ފީޗަރސްތަކާއެކު ތަޢާރަފްކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ.

އެޕްލިކޭޝަންގައި އަލަށް ތަޢާރަފް ކުރެވުނު ފީޗާރސް ތަކުގެ ތެރޭގައި:

1. ކޮންޓެކްޓެއްގެ ގޮތުގައި ނުހިމަނައި ފައިސާ ޓްރާންސްފަރ ކުރެވޭނެ ފަސޭހަ ގޮތެއް ކުއިކް ޕޭ އޮޕްޝަން އިން

2. އެކައުންޓެއްގެ ވެރިފަރާތް ޔަގީންކުރެވޭނެ ގޮތް ފައިސާ ޓްރާންސްފަރކުރުމުގެ ކުރިންނާއި ކޮންޓެކްޓެއްގެ ގޮތުގައި ހިމެނުމުގެ ކުރިން

3. ކުރިން ކޮށްފައިވާ މުއާމަލާތްތަކުގެ ރަސީދު ލިބޭނެ ގޮތް

4. ޕަރސަނަލް، ޖޮއިންޓް ނުވަތަ ބިޒްނަސް އެކައުންޓްވެސް އެޕް މެދުވެރިކޮށް ބޭނުންކުރެވޭނެ

5. ބޭންކިންގ ޚިދުމަތްތަކަށް އެދި ހުށަހެޅުމާއި ކާޑު މެނޭޖްކުރުމުގެ އިތުރުން މަޢުލޫމާތު އަޕްޓޭޑް ކުރުން

6. ބޭންކަށް މެސެޖް ފޮނުވުމާއި ބޭންކުން ޖަވާބު ފޮނުވުމުން ނޮޓިފިކޭޝަން ލިބުން


މިކަމާ ގުޅޭ ގޮތުން ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ބޭންކުގެ ޑިޖިޓަލް މަގުޗާޓުގައި ހިމެނޭ އަައު އެޕް ތައާރަފް ކުރެވިގެންދިޔުމަކީ ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ލިބޭ އުފަލެއް ކަމަށެވެ. އަލަށް ތަޢާރަފް ކުރެވުނު މި އެޕްގައި ކުރިން ހަމައެކަނި އިންޓަރނެޓް ބޭންކިން ޕްލެޓްފޯމް މެދުވެރިކޮށް ލިބެމުންދާ ޚިދުމަތްތައް ހިމެނިގެންދާނެ ކަމަށާއި، ކުރިޔަށް އޮތް ހަފުތާތަކުގެ ތެރޭގައި ޑިޖިޓަލް ވޮލެޓް އަދި ޕޭމަންޓް ފަންކްޝަންސް ހިމެނޭހެން އެޕަށް އިތުރު ފީޗާރސްތައް ތަޢާރަފް ކުރެވިގެންދާނެ ކަމަށް ވެސް ޓިމް ސޯޔަރ ވިދާޅުވިއެވެ.

އެޕް ސްޓޯރ އަދި ގޫގުލް ޕްލޭ އިން ބީއެމްއެލް މޯބައިލް ބޭންކިންގ އެޕް ޑައުންލޯޑްކުރެވޭނެއެވެ.

ބީއެމްއެލްގެ މޮބައިލް ބޭންކިންގ އެޕަކީ ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ އަދި އެ އެޕްލިކޭޝަން ތަޢާރަފް ކުރި ފަހުން ކަސްޓަމަރުންނަށް ބޮޑެތި ފަސޭހަ ތަކެއް ލިބެމުންދާ އެޕެކެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.