ޔޫރަޕްގެ ފުރަތަމަ މަލްޓި އެޖް ކޮމްޕިއުޓިން ހިދުމަތް ފަށައިފި

ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޔޫރަޕުގެ ފުރަތަމަ މަލްޓި އެޖް ކޮމްޕިއުޓިން ހިދުމަތް ވޮޑަފޯންއިން އިނގިރޭސިވިލާތުގައި ފަށައިފިއެވެ. މި ހިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ފަސޭހަކަމާއިއެކު ރިއަލް ޓައިމް ޑޭޓާ އެނަލިޓިކްސް، އާޓިފިޝަލް އިންޓެލިޖެންސް އަދި ވާޗުއަލް ރިއާލިޓީ ފަދަ 5ޖީ އެޕްލިކޭޝަންތައް ފަސޭހަކަމާއިއެކު ބޭނުންކޮށްލެވޭނެއެވެ.

5ޖީ ނެޓްވޯކްތަކަކީ މިހާރަށް ވުރެ ހަލުވި އަދި ކެޕޭސިޓީ ވަރުގަދަ ނެޓްވޯކްތަކަކަށް ވުމުން އިތުބާރުކުރެވޭ މޯބައިލް ކަނެކްޝަންތައް އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ. ނަމަވެސް ސްމާޓް ސިޓީ އެޕްލިކޭޝަންތަކާއި، ޓެލެމެޑިސިން އަދި މިކްސްޑް ރިއާލިޓީ ފަދަ އީޖާދުތަކަށް މިނެޓްވޯކް ހިޔާރުކުރުމުގެ މައިގަނޑު ސަބަބަކީ މިނެޓްވޯކްގެ ލޯ ލޭޓެންސީއެވެ.

ނަމަވެސް މި ލޭޓޭންސީ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި ގިނަ އޮޕަރޭޓަރުން ވަނީ އެކުންފުނިތަކުގެ ނެޓްވޯކްތައް ވާޗުއަލްކޮށްފައެވެ. އެގޮތުން އެޖް ކޮމްޕިއުޓިން އަކީ ޑޭޓާ އެއްކުރެވޭ ތަނާއި ވީހާވެސް ކައިރިން ޑޭޓާ ޕްރޮސެސް ކުރުމަށް މަގުފަހިކޮށްދޭ ހިދުމަތެކެވެ. މީގެސަބަބުން ޑޭޓާ ޓްރާންސްމިޝަންއަށް ހޭދަވާ ވަގުތު ކުޑަކޮށްދެއެވެ.

ވޮޑަފޯން އަކީ މިފަދަ ހިދުމަތެއް ތައާރަފްކޮށް ޓެލެކޮމް ކުންފުންޏަކުން ޓެކްނޮލޮޖީ ކުންފުންޏަކަށް ބަދަލުވުމުގެ މަރުހަލާގައި އުޅޭ ކުންފުނިތަކުގެ ތެރެއިން އެއްކުންފުންޏެވެ. އެކުންފުނީގެ މަލްޓި އެޖް ކޮމްޕިއުޓިން ހިދުމަތަކީ އެމޭޒަން ވެބް ސާވިސަސް ވޭވްލެންތް މެދުވެރިކޮށް ފޯރުކޮށްދޭ ހިދުމަތެކެވެ. މީގެ ސަބަބުން ޑޭޓާ އެއްކުރުމާއި ޕްރޮސެސްކުރުން ގާތްގަނޑަކަށް 10 މިލިސިކުންތުތެރޭގައި ނިންމާލެވެއެވެ.

ވޮޑަފޯންގެ މިހިދުމަތް މިހާރު ލިބިގެންދާނީ ލަންޑަން، އޮކްސްފޯޑް، ކޭމްބްރިޖް، ބްރިސްޓަލް އަދި ކާޑިފް އަށެވެ. މީގެ އިތުރުން އެކުންފުނިން ހާމަކޮށްފައިވާ ގޮތުގައި ސްކޮޓްލޭންޑަށާއި އިނގިރޭސި ވިލާތުގެ އުތުރުގެ ހިސާބުތަކަށް 2022 ގައި މި ހިދުމަތް ލިބިގެންދާނެއެވެ.

މުހައްމަދު ރައްޔާން

މުހައްމަދު ރައްޔާން

2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.