މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފޭސްބުކް އިން ވަނީ އެކުންފުނީގެ ލައިވް އޯޑިއޯ އަދި ޕޮޑްކާސްޓް ޚިދުމަތް ކުރިއަށް އޮތް ހަފްތާގައި އާމުންނަށް ހުޅުވާލާނެ ކަމުގެ ވާހަކަ ހާމަކޮށްފައެވެ. ނަމަވެސް އެމެރިކާގެ ފޭސްބުކް ޔޫޒަރސް އަށް މި ޚިދުމަތް މިއަދު ޓެސްޓް ކުރުމަށްޓަކައި ވަނީ ދީފައެވެ.
މި ޚިދުމަތް އެމެރިކާގެ ވަރަށް ގިނަ ފަރާތްތަކުން ވަނީ ޓެސްޓް ކޮށްފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މި ލައިވް އޯޑިއޯ ޚިދުމަތުގެ ފީޗަރސްތައް ވަރަށް ގިނައެވެ. އެފީޗަރސް ތަކަކީ
• ލައިވް ރޫމަށް ފޭސްބުކް ފްރެންޑް އެއް ޖޮއިން ކުރުމުން ނޮޓިފިކޭޝަން އެއް ދިޔުން
• ލައިވް ރޫމްސް ތަކުގެ ކެޕްޝަން އެއް އިނުން
• ކްލަބް ހައުސް ގޮތަށް ވާހަކަ ދައްކަން ބޭނުން ވާނަމަ ރެއިޒް ހޭންޑް ބަޓަން އެއް އިނުން
• ރޫމުގެ ޗެޓްގައި ރިއެކްޓް ކުރެވުން
• އަދި ފޭސްބުކް ކޮމިއުނިޓީ ގުރޫޕްތަކުގެ އެޑްމިންސް އަށް ފޭސްބުކް ލައިވް އޯޑިއޯ ރޫމް ސްޓާރޓް ކުރެވޭފަރާތްތަކާއި ޕްރައިވެޓް ލައިވް އޯޑިއޯ ރޫމް ސްޓާރޓް ކުރެވޭ ފަރާތްތައް މެނޭޖް ކުރެވޭ ފީޗަރ އެއްވެސް އެކުލެވިގެން ވެއެވެ.
މި ނޫނަސް މިފަދަ ބޭނުންތެރި އެތައް ގިނަ ފީޗަރސް ތަކެއް "ފޭސްބުކް ލައިވްއޯޑިއޯ" ގައި ހިމެނެއެވެ. ފޭސްބުކް އިން މި ލައިވް އޯޑިއޯ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެ މުހިއްމު ބޭނުމަކީ ފޭސްބުކް ބޭނުންކުރާ އެންމެހައި ފަރާތްތަކަށް މިފަދަ ކޮންމެ ޚިދުމަތެއްވެސް ފޭސްބުކް މެދުވެރިކޮށް ފޯރުކޮށްދިނުމެވެ. އަދި ހަމައެހެންމެ އޮންލައިން އެހެނިހެން ޕްލެޓްފޯމްތަކަށްވުރެ ފަސޭހައިން ފޭސްބުކުން އެފަދަ ޚިދުމަތްތަކެއް ލިބޭކަން ހާމަކޮށްދިނުމަކީވެސް ފޭސްބުކްގެ އަމާޒެކެވެ.
ދުނިޔޭގައި ފޭސްބުކް ބޭނުންކުރާ މީހުންގެ ޢަދަދު މިހާރުވެސް 2.85 ބިލިއަނަށް އަރާފައިވާއިރު އެއީ އެންމެ ގިނަމީހުން ބޭނުންކުރަމުންދާ އޮންލައިން މިފަދަ ޕްލެޓްފޯމް ކަމަށް ވަނީ ވެފައެވެ.
ޑިވެލޮޕާރ