އެންޑްރޮއިޑް އެޕްތައް ވިންޑޯސް 11 އަށް

ހަސަން ޒަޔާން 25 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިކްރޮސޮފްޓުން އެންޑްރޮއިޑް އެޕްތައް ވިންޑޯސް 11ގައި ރަންކުރާނެ ކަމަށް ރޭގެ އިވެންޓުން ދަށްކާލައިފިއެވެ. ވިންޑޯސް 11 އިވެންޓްގައި މައިކްރޮސޮފްޓުން ވަނީ ވަރަށް ގިނަ އައު ފީޗަރ ތަކެއް ދަށްކާލައިފައެވެ. ނަމަވެސް ގިނަ ފަރާތްތަކުން އެންމެ ގަޔާވި ފީޗަރ އަކަށް ވެފައިވަނީ އެންޑްރޮއިޑް އެޕްތައް ވިންޑޯސް 11ގެ ސްޓޯރުގައި ހިމެނި، މިއައު އޮޕެރޭޓިންގ ސިސްޓަމްގައި ރަން ކުރެވޭކަމެވެ.

މިހާރު ވެސް ވިންޑޯސް 10ގައި "ޔުއަރ ފޯން" އެޕް މެދުވެރިކޮށް އެންޑްރޮއިޑް އެޕްސް ރަން ކުރެވެއެވެ. ނަމަވެސް ސީދާ ކޮމްޕިއުޓަރ އިން އެޕްތައް ރަން ކުރެވުމަކީ ވަރަށް ބޮޑަށް ފަސޭހަ ވެގެން ދާނެ ފީޗަރ އެކެވެ.

މިފީޗަރ އަކީ އެމެޒަން އެޕްސްޓޯރާއި މައިކްރޮސޮފްޓުން ގުޅިގެން ނެރިފައިވާ ފީޗަރ އެއް ކަމުން، ވިންޑޯސް 11ގައި ރަންކުރާނީ އެމެޒަން އެޕްސްޓޯރުގައި ހުންނަ ހުރިހާ އެޕްތަކެވެ.

މައިކްރޮސޮފްޓުން ވިންޑޯސް 11 އަދި ޕަބްލިކަށް ރިލީޒް އެއް ނުކުރެއެވެ. ނަމަވެސް މި ފެށޭ ސަމަރ ސީޒަން ތެރޭ ރަސްމީކޮށް ވިންޑޯސް 11 ރިލީޒް ކުރާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން މައިކްރޮސޮފްޓުން ބުނާގޮތުގައި މިފަހަރުގެ މި ވޮންޑޯސް އަކީ ވިންޑޯސް11 ގެ ރިކުއަރމެންޓްސް ހަމަވާ ފަރާތްތަކަށް ފްރީ ވިންޑޯސްއެކެވެ. ތިޔަބޭފުޅުންގެ ޑިވައިސް ގެ ރިކުއަރމެންޓްސް ބެލުމަށްޓަކާއި މިލިންކަށް ފިއްތާލައްވާ!

މައިކްރޮސޮފްޓްގެ އަމާޒަކީ ވިންޑޯސް ބޭނުންކުރާ ފަރާތްތަކަށް އައު ފީޗަރ ގެނައުމާއި ޔޫޒަރ އެކްސްޕީރިއެންސް ރަނގަޅު ކުރުމެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.