ޖައްވުގައި ދިރިއުޅޭ އެސްޓްރޮނޯޓުންގެ މިލަ ވެފައި ހުންނަ އަންނޯނާއި މެދު އަމަލު ކުރަނީ ކިހިނަކުންތޯ ސުވާލު އުފެދޭތަ؟ އެ ސުވަލުގެ ޖަވާބަކީ އެސްޓްރޮނޯޓުން ލާ އަންނޯނު ކަނޑައެޅިފައިވާ މުއްދަތެއް ވަންދެން ލުމަށް ފަހު އެތަކެތި ނައްތާލަނީ އެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި ޖައްވުގައި ބޭނުން ކުރުމަށް ރައްކާތެރި ދޮންނަ ކުނޑި އުފެއްދުމަށްޓަކައި ނާސާއާއި މަޝްހޫރު ދޮންނަ ކުނޑި ބްރޭންޑެއް ކަމުގައިވާ ޓައިޑް ނިސްބަތްވާ ޕްރޮކްޓަރ އެންޑް ގެމްބަލް (ޕީއެންޑްޖީ) ގުޅިގެން މަސައްކަތްތަކެއް ފަށައިފިއެވެ.
ޖައްވުގެ ޒީރޯ ގްރެވިޓީގައި އެސްޓްރޯނޯޓުން ޕްރޮޓެކްޓިވް ހެދުން ލައިގެން އެތަކެއް ބުރަ ދުވަސް ތަކެއް ހޭދަ ކުރެއެވެ. ހުރިހާ އެސްޓްރޮނޯޓުން ވެސް ލަނީ އެއްގޮތަށް ހުންނަ ޔުނީފޯރމް އެވެ. މިތަކެތި ހަޑިވެ މިލަވުމާއި، އުފެދޭ ދަލުގެ ސަބުން ނުބައި ވަސް ދުވައެވެ. ގިނަ ފަހަރު އެތަކެތި އުކާލަނީ ދުވާ ވަހުން ނޮއްދަމާލަން ދަތިވާ ހިސާބަށް ދިޔުމުންނެވެ. އެއީ އަންނޮއުނު ޖައްވަށް ގެންދިއުމަކީ ފަސޭހަ އަދި އަގޮހެޔޮ ކަމަކަށް ނުވާތީ އެވެ. އަހަރެއްގެ މައްޗަށް ނާސާއިން 68 ކިލޯގެ އަނަނޮއުނު ޖައްވީ އިދާރާ އަށް ފޮނުވައެވެ.
2022 ވަނަ އަހަރު ޖައްވަށް ފޮނުވާ ކާގޯ އުޅަނދެއްގައި "މިޝަން ޕީޖީޓައިޑް" (ޕީއެންޑްޖީ ޓެލެސައެންސް އިންވެސްޓިގޭޝަން އޮފް ޑިޓަރޖެންޓް އެކްސްޕެރިމެންޓް) ޓީމް އިން ތައްޔާރުކޮށްފައިވާ ދޮންނަ ކުނޑި ޖައްވަށް ފަޮނުވައިގެން އެތަކެތި މައިކްރޯ ގްރެވިޓީ އަދި ސްޕޭސް ރޭޑިއޭޝަން އަށް ހުށަހެޅުމުން ވާގޮތް ދިރާސާ ކުރުމަށް ވަނީ ތާވަލް ކުރެވިފައެވެ. މީގެ އިތުރުން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ގައި ލައްފިލުވުމަށާއި އަންނޮއުނު ތަކުގައި ހުންނަ ހަޑި ފިލުވުމަށް ޓައިޑް ޓު ގޯ ވައިޕްސް އާއި ޓައިޑް ޓު ގޯ ޕެންސް ވެސް ތަހުލީލުތަކަށް ހުށަހަޅާނެއެވެ.
ޕީއެންޑްޖީ އިން ކުރާ ދިރާސާތަކުގައި ޖައްވުގައި ބޭނުން ކުރުމަށް ފެނުގެ ހަރަދުކުޑަ ދޮންނަމެޝިނެއްވެސް އުފެއްދުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ އެ މެޝިން ތަކުގައި ބޭނުން ކުރާ ފެން ބުއިމަށާއި އެހެން ބޭނުން ތަކަށް ގެންގުޅެވޭނެ ގޮތްތައް ހޯދުން ކަމަށް އެފަރާތުން ހާމަ ކުރެއެވެ. މިފަދަ ދޮންނަ މެޝިންތައް ނާސާގެ އާޓެމިސް މޫން އަދި މާސް މިޝަން ތަކުގައި ބޭނުން އިޓެގްރޭޓް ކުރުމަށް މަސައްކަތް ކުރާނެއެވެ.
ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް