ކެތްކުރަން ދަތިމީހުންގެ ފަސޭއަކަށް ނެޓްފްލިކްސްގެ އާ ފީޗަރ އެއް

ޓެކު ކަލޯ 29 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ކެތްކުރުމަށް ދަތިމީހުންގެ ފަސޭހައަކަށް، ނެޓްފްލިކްސް އިން ޑައުންލޯޑް ކުރަމުންދާ ފިލްމެއް ނުވަތަ އެޕިސޯޑެއްގެ އެއްކޮށް ޑަައުންލޯޑް ނުކުރެވި ވިޔަސް އެވީޑިއޯ ބަލަން ފެށޭގޮތަށް ނެޓްފްލިކްސް އަޕްޑޭޓް ކޮށްފިއެވެ. އިންޓަނެޓް ބޭނުން ނުކޮށް އޮފްލައިން ވިއުވިން ހިދުމަތް ނެޓްފްލިކްސް އިން ފުރަތަމަ ތައާރަފު ކޮށްފައިވަނީ މީގެ ފަސް އަހަރު ކުރިންނެވެ.

ނެޓްފްލިކްސް އިން އަލަށް ތައާރަފު ކުރި މިހިދުމަތް މިހާރު ލިބޭނީ އެންޑްރޮއިޑް އޯއެސް 7.64 ނުވަތަ އެއަށްވުރެއް ފަހުގެ ޑިވައިސް ތަކަށެވެ. ޕާޝިއަލް ޑައުންލޯޑް ފީޗަރ އައިއޯއެސް ޑިވައިސް ތަކަށްވެސް ވަރަށް އަވަހަށް ގެނައުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ނެޓްފްލިކްސް އިން ހާމަކޮށްފައި ވެއެވެ.

އެހެނިހެން ވީޑިއޯ ސްޓްރީމިންގް ހިދުމަތްތަކާއި އަޅާބަލާއިރު ނެޓްފްލިކްސް ގެ އޮފްލައިން ވިއުވިންގް ހިދުމަތަކީ ވަރަށް ޒަމާނީ އަދި ގިނަ ބެލުންތެރިންނަށް ފަސޭހަކޮށްދޭ އެތަކެއް ހިދުމަތްތަކެއް ލިބިދޭ ފީޗަރ އެކެވެ. މިގޮތުން ޓީވީ ޝޯތަކުގެތެރެއިން ބާލާ ނިމުނު އެޕިސޯޑުތައް ފޮހެލާ ކުރިޔަށް ބަލަންޖެހޭ އެޕިސޯޑްތައް އަމިއްލައަށް ޑައުންލޯޑް ކޮށްދޭ ހިދުމަތްތައް ހިމެނެއެވެ. އަލަށް ތައާރަފު ކުރެވުނު ޕާޝިއަލް ޑައުންލޯޑްސް ފީޗަރ އާއިއެކު ނެޓްފްލިކްސް ގެ އޮފްލައިން ވިއުވިންގް ހިދުމަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ.

ޓެކު ކަލޯ

ޓެކު ކަލޯ

ޙެއްވާ މަޖާ ވައިރަލް ހަބަރު ތަކާއި އެކު ހޮޅުއަޓަށް ދިރުން ގެނައުމަކީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.