ވިންޑޯސް 11ގެ އޮފިޝަލް ބީޓާ އެއް އަޅަން ބޭނުންތަ؟

ހަސަން ޒަޔާން 29 ޖޫން 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މިދިޔަ އާދިއްތަ ދުވަހު މައިކްރޮސޮފްޓުން ވަނީ މައިކްރޯސޮފްޓް އިންސައިޑަރ ޕްރޮގްރާމްގައި ބައިވެރިވެގެން ވިންޑޯސް 11ގެ ބީޓާ ވާޝަންއެއް އެޅޭނެ ގޮތް ހަދާފައެވެ.

ސަމާލުކަމަށް: މި އިންސައިޑަރ ޕްރޮގްރާމުން ޓެސްޓް ކުރެވޭނީ ވިންޑޯސް 11 ގެ ޕްރި ރިލީޒް ވާޝަން އެކެވެ. މިހެންވެ ކުޑަ މިންވަރެއްގެ ބަގްސް އަދި ފްލޯސް ހިމެނިދާނެއެވެ. މިއީ ވިންޑޯސް 11ގެ އަސްލު ރިލީޒް އެއް ނޫނެވެ. މިއީ ބީޓާ ރިލީޒްއެކެވެ. މައިކްރޮސޮފްޓުން ބުނާ ގޮތުގައި ވިންޑޯސް 11 ގެ އޮފިޝަލް ރިލީޒް ނެރޭނީ 2022 ވަނަ އަހަރުގެ ހޫނު މޫސުމާ ދިމާކޮށެވެ. އެއީ އޭޕްރިލް، މޭ ހާއިރުއެވެ.

މި އިންސައިޑާރ ޕްރޮގްރާމްގައި ބައިވެރިވެ ވިންޑޯސް 11 އަޅާނީ ކިހިނެއް؟

ނޯޓް: ވިންޑޯސް 11 އިންސައިޑަރ ޕްރޮގްރާމުން އަޕްޑޭޓް ކުރިޔަސް ސިސްޓަމްގައި ހުންނަ އެއްވެސް ފައިލް އެއް އަދި އެޕްލިކޭޝަނެއް ފޮހެވިގެން ނުދާނެއެވެ!

1. ތިޔަ ބޭފުޅުންގެ ސިސްޓަމްގައި ވިންޑޯސް 11 ރަންކުރެވޭތޯބަލާށެވެ.

މައިކްރޮސޮފްޓުން ވަނީ ވިންޑޯސް 11 ސަޕޯރޓް ކުރާ ވަކި ރިކުއަރމެންޓްސް ތަކެއް ހަމަޖައްސާފައެވެ. އަދި ތިޔަބޭފުޅުންގެ ޑިވައިސް އަށް ސަޕޯރްޓް ކުރޭތޯ ޗެކް ކުރުމަށް ވަކި ސޮފްޓްވެއަރ އެއްވެސް ތައްޔާރު ކޮށްފައެވެ. ނަމަވެސް ބަގްސް އިޝޫ ތަކެއް އުޅެމުންދާތީ އެ ސޮފްޓްވެއަރ ދަނީ އަޕްގްރޭޑް ކުރަމުންނެވެ.

ސިސްޓަމްގައި ރަން ކުރޭތޯ ބައްލަވާލެއްވުމަށް (ރިކުއަރމެންޓްސް ބެލެވުމަށް) މިލިންކަށް ފިއްތާލައްވާށެވެ.

ތިރީގައި އެ ފެންނަވަނީ ވިންޑޯސް 11 ގެ މިނިމަމް ރިކުއަރމެންޓު ތަކެވެ.

މިފަހަރު މައިކްރޮސޮފްޓުން ވަނީ މިނިމަމް ރިކުއަރމެންޓްސް ގައި 4ޖީބީ ރެމް އިދެ އަދި ޓީޕީއެމް 2.0 ވެސް ހިމަނާފައެވެ. މަތީގައި އެވާ ފޮޓޯ އިން އެފެންނަ ރިކުއަރމެންޓަތައް ތިޔަބޭފުޅުންގެ ސިސްޓަމްގައި ހަމަ ނުވާނަމަ ވިންޑޯސް 11 އެއްވެސް އަދި މި އިންސައިޑާރ ޕްރޮގްރާމްގައި ބައިވެރިވެ ވިންޑޯސް 11 އެއްވެސް ނޭޅޭނެއެވެ.

2. ވިންޑޯސް އިންސައިޑަރ ޕްރޮގްރާމަށް ޖޮއިން ވާށެވެ.

މި އިންސައިޑަރ ޕްރޮގްރާމް އަށް ޖޮއިން ކުރެއްވުމަށް މި ލިންކަށް ފިއްތާލައްވާށެވެ. ލިންކަށް ދެވުމުން ތިރީގައިވާ ފޮޓޯ އިން ފެންނަ ފަދައިން ސައިނަޕް ވާށެވެ. ސައިނަޕްވާން ޖެހޭނީ ތިޔަބޭފުޅުންގެ މައިކްރޮސޮފްޓް އެކައުންޓް ބޭނުންކޮށްގެނެވެ. ސައިނަޕްވުމުގައި އެގްރީމެންޓްސް ތަކަށް އެކްސެޕްޓް ކުރަން އަރާނެއެވެ. އެ އެގްރީމެންޓްތައް ކިޔުމަށްފަހު އެކްސެޕްޓް ކުރާށެވެ. ސައިނަޕް ޕްރޮގްރެސް ނިމުމުން މި ސްޓެޕް ނިމުނީއެވެ.


3. ވިންޑޯސް ސެޓިންގްސް އިން އިންސައިޑަރ ޕްރޮގްރާމްބަޔަށް ދާށެވެ.

ވިންޑޯސް އިންސައިޑަރ ބައި އިންނާނީ "ސެޓިންގްސް" އަށް ވަދެފަ "އަޕްޑޭޓް އެންޑް ސެކިއުރިޓީ" ދެން ތިރީގައިވާ ފޮޓޯ އިން ފެންނަ ފަދައިން އަޕްޑޭޓް އެންޑް ސެކިއުރިޓީގެ ސައިޑްބަރ އިން "ވިންޑޯސް އިންސައިޑަރ" ޕްރޮގްރާމް ފެންނާނެއެވެ.

ނޯޓް: ވިންޑޯސް އިންސައިޑަރ ޕްރޮގްރާމްބަޔަށް ވަދެވުމުން "އޮޕްޝަނަލް ޑައިގްނޮސްޓިކް ޑޭޓާ" ޑިސޭބަލްޑް އެރާރ އެއް އައިސްފާވާނަމަ އެ އެރާ ޓެކްސްޓަށް ފިއްތާލާ "އޮޕްޝަނަލް ޑައިގްނޮސްޓިކް ޑޭޓާ" އެނޭބަލް ކޮށްލާށެވެ. އެހެންނޫނީ ދެން ހުރި ސްޓެޕަކަށް ކުރިއަކަށް ނުދެވޭނެއެވެ.

އެއަށްފަހު އިންސައިޑަރ ޕްރޮގްރާމްބައިން އިންސައިޑަރ އެކައުންޓް ކަނެކްޓް ކޮށްލާށެވެ.

ވިންޑޯސް އިންސައިޑަރ ޕްރޮގްރާމްބަޔަށް ވަދެވުމުން ގެޓް ސްޓަރޓެޑް އަށް ފިއްތާލަށެވެ. ފިއްތާލުމުން އިންސައިޑަރ އެކްއުންޓް ލިންކް ކުރަން އަންނާނެއެވެ. މި ބައިގައި ލިންކު ކުރާނީ އިންސައިޑަރ ޕްރޮގްރާމަށް ސައިަޕްވި މައިކްރޮސޮފްޓް އެކައުންޓުންނެވެ.

އެކައުންޓު ލިންކު ކުރުމުން "ޕިކް ޔުއަރ އިންސައިޑަރ ސެޓިންގ" ކިޔާ އޮޕްޝަނެއް އަންނާނެއެވެ. އެތަނުން "ޑެވް ޗެނަލް" ނަގާށެވެ. ނަގާފައި ތިރީގައިވާ ފޮޓޯއިން ފެންނަ ފަދައިން ކޮންފާރމް އަށް ފިއްތާލާށެވެ.

ކޮންފާރމް އަށް ފިއްތާލުމުން ރީސްޓަރޓް ކުރަން އަރާނެއެވެ. އެ ހިސާބުން ރީސްޓަރޓް ކޮށްލާށެވެ.

ރީސްޓާރޓް ސަކްސެސްފުލް ވުމުން ކުރިއަށް އޮތް ސްޓެޕަށް ދާށެވެ.

4. ވިންޑޯސް އަޕްޑޭޓް އޮޕްޝަނުން އަޕްޑޭޓް ކުރުން!

ވިންޑޯސް "ސެޓިންގ" އަށް ގޮސް "ޗެކް ފޯރ އަޕްޑޭޓްސް އަށް ދާށެވެ. އަޕްޑޭޓް އެއް ލިބިފައޮތްތޯ ޗެކް ކުރެވުމުން ވިންޑޯސް އިންސައިޑަރ ޕްރިވިވް ލިބިފައި އިންނާނެއެވެ. މި އަޕްޑޭޓް ޑައުންލޯޑްވެ އިންސްޓޯލް ޕްރޮސެސް ވުމުން މުޅިން އިންސްޓޯލް ކުރުމަށް ރީސްޓަރޓް ކުރާށެވެ.

ތިރީގައި އެފެންނަވަނީ އަޕްޑޭޓް ގެ ޕްރިވިވް އެއް!

އަޕްޑޭޓް ގެ ޕްރިވިވް އެއް

ވިންޑޯސް ރޯސްޓާރޓް ވުމުން އަޕްޑޭޓްގެ ޕްރޮސެސް ފެންނާނެއެވެ.

އަދި މުޅިން ރީސްޓަރޓް ވުމުން ސިސްޓަމް އަށް ވިންޑޯސް 11 އެޅެނެއެވެ.

މައިކްރޮސޮފްޓުން އަންނަނީ ވިންޑޯސް 11ގެ ބީޓާ ވާޝަންތަކާއި އެހެނިހެން ވާޝަންތަށް ޓެސްޓް ކުރުމަށް ހުރިހާ ފަރާތްތަކަށް ދެމުންނެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.