މައިކްރޮސޮފްޓްގެ ޑެތް ސްކްރީން ކަޅު ކުލައަށް ؟

ހަސަން ޒަޔާން 03 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިކްރޮސޮފްޓުގެ މަޝްހޫރު ބްލޫ ސްކްރީން އޮފް ޑެތް (ބީއެސްއޯޑީ) ސްކްރީން ކަޅު ކުލައަށް ވިންޑޯސް 11ގައި ބަދަލުވެދާނެ ކަމަށް އިންޓަރނެޓުގައި ދަނީ ވަރަށް ބޮޑަށް ވާހަކަ ދެކެވެމުންނެވެ.

ވިންޑޯސް 11ގެ އައު ފީޗަރތައް މައިކްރޮސޮފްޓުން އިންސައިޑަރ ޕްރޮގްރާމުގައި ޓެސްޓް ކުރަން މިހަފްތާގެ ކުރީ ކޮޅު ފަށާފައިވާ އިރު، ވަރަށް ގިނަ ފަރާތްތަކަށް މައިކްރޮސޮފްޓުގެ ޝަޓް ޑައުން ސްކްރީން އަދި ލޮގް އޮން ސްކްރީން ކަޅު ކުލައަށް ބަދަލުވެފަވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މައިކްރޮސޮފްޓުން އަދި ބްލޫ ސްކްރީން އޮފް ޑެތް ކަޅު ކުލައަށް ބަދަލު ކޮށްފައެއް ނުވެއެވެ. ނަމަވެސް ދަވާރޖް އިން ބުނާ ގޮތުގައި ޝަޓް ޑައުން ސްކްރީން އަދި ލޮގް އޮން ސްކްރީން ކަޅު ކުލައަށް ބަދަލު ވުމުން ބްލޫ ސްކްރީން އޮފް ޑެތް ވެސް ކަޅު ކުލައަށް ބަދަލު ވެދާނެއެވެ.

މައިކްރޮސޮފްޓުން ބްލޫ ސްކްރީން އޮފް ޑެތް ކަޅު ކުލައަށް ބަދަލު ކުރުމުގެ ޗާންސް ވަރަށް ބޮޑު ވެފައިވާއިރު، މި ބަދަލު އައުމަކީ މައިކްރޮސޮފްޓުގެ ބީއެސްއޯޑީ ސްކްރީނަށް އަންނާނެ ވަރަށް ބޮޑު ބަދަލެކެވެ. ސަބަބަކީ އެންމެ ފަހުން މައިކްރޮސޮފްޓުން މި ސްކްރީން އަށް ގެނައި ބަދަލަކީ ވިންޑޯސް 8 ގައި "ސޭޑް ފޭސް އެށް" ގެނައުމެވެ. ވިންޑޯސް އިން ބީއެސްއޯޑީ އެންމެ ފުރަތަމަ އިންޓްރޮޑިއުސް ކޮށްފައިވަނީ ވިންޑޯސް 3.0 ގައެވެ. އެއީ 2015 – 2016 އަހަރާ ދެމެދުގައެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.