ހައްދުފަހަނައެޅުމާއި ދެކޮޅަށް ފޭސްބުކްއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން މިފަދަ ކޮންޓެންޓް ދެނެގަނެވޭނެ ފީޗާއެއް ތައާރަފްކޮށްފިއެވެ. އެގޮތުން އެމެރިކާގައި އެކުންފުނިން ތައާރަފްކޮށްފައިވާ ފީޗާއިން ފޭސްބުކް ފްރެންޑް ލިސްޓްގައި ހިމެނޭ މީހުން ހައްދުފަހަނައެޅުމުގައި ބައިވެރިވާކަމަށް ޝައްކުކުރެވޭތޯ ސުވާލުކުރެއެވެ.
މީގެ އިތުރުން ބައެއް ފަރާތްތަކަށް މި ފީޗާ މެދުވެރިކޮށް އެމީހުން ހައްދުފަހަނައަޅާފައިވާ ކޮންޓެންޓްއަށް ހުޅުވާލެވިފައިވާކަމަށް އިންޒާރުދެއެވެ. މި މެސެޖްތަކަކަކީ ފޭސްބުކްއިން ހައްދުފަހަނައެޅުމާއި ދެކޮޅަށް ހިންގާ ރީޑައިރެކްޓް އިނީޝިއޭޓިވްގެ ބައެކެވެ. މި މެސެޖްތަކަށް ފިތާލުމުން ފޭސްބުކްގެ ސަޕޯޓް ޕޭޖަށް ރީޑައިރެކްޓްވާނެއެވެ.
ފޭސްބުކްއިން ހާމަކޮށްފައިވާ ގޮތުގައި މި ފީޗާއަކީ ހައްދުފަހަނައަޅާފައިވާ ކޮންޓެންޓްއަށް ހުޅުވާލެވިފައިވާ ފަރާތްތަކަށާއި މިފަދަ އަމަލުތަކުގެ ނުރައްކާއޮތް ފަރާތްތަކަށް ހާއްސަކޮށް އެކުންފުނިން އުފައްދާފައިވާ ފީޗާއެކެވެ. މީގެ އިތުރުން އެކުންފުނިން މި ޕްރޮޖެކްޓުގައި ޖަމިއްޔާތަކާއި ތައުލީމީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުންދާކަމަށްވެސް ފޭސްބުކްއިން ވަނީ ހާމަކޮށްފައިއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ފޭސްބުކްއިން ފޮނުވާ ބައެއް މެސެޖްތަށް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައިއެވެ. އެގޮތުން ބައެއް މެސެޖްތަކުގައި ދަންނަ މީހަކު ހައްދުފަހަނައަޅާފައިވާ ކަމެއްކޮށްފާނެތޯ ސުވާލުކުރެއެވެ. އަދި ބައެއް މެސެޖްތަކުގައި ތިމާ އާއި ރައްޓެހިން ސަލާމަތްކުރުމަށް މިހާރުވެސް ފިޔަވަޅުއެޅޭނެކަމަށް ބުނެއެވެ. ފޭސްބުކްއިން ހާމަކޮށްފައިވާ ގޮތުގައި މި މެސެޖްތަށް ފެންނާނީ އެކުންފުނީގެ ހައްދުފަހަނައެޅުމާއި ގުޅޭ އުސޫލުތަކާއި ހިލާފު ކޮންޓެންޓް ޕޯސްޓްކުރާ ފަރާތްތަކަށާއި މި ކޮންޓެންޓުން އަސަރުކޮށްފާނެ ފަރާތްތަކަށެވެ.
އެމެރިކާގައި ކަނާއަތުފިޔައިގެ ހަރުކަށިކަން އާމްމުވެ އެފަދަ ޕްރޮޕަގެންޑާތައް ފެތުރުން ހުއްޓުވުމަށް ފޭސްބުކް އާއި އެފަދަ އެހެން މީސްމީޑިއާގެ މަންސަތަކަށް ނުކުޅުދިފައިވާކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންގެންދާ މި ދަނޑިވަޅުގައި ފޭސްބުކް އިން އަލަށް ތައާރަފު ކުރި މި ޕީޗާ އަކީ ވަރަށް ރަނގަޅު ފިޔަވަޅެކެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި