ގޫގުލް އިންވަނީ އެންޑްރޮއިޑްގެ އެޕްތަކަށް މިހާރު ބޭނުންކުރަމުން ގެންދާ އޭޕީކޭ ފައިލްގެ ބަދަލުގައި އެންޑްރޮއިޑް އެޕްބަންޑްލް ފޯމެޓް މިއަހަރުގެ އޮގަސްޓްމަހުގައި ބޭނުންކުރަންފަށާނެކަން މިދިޔައަހަރު ގޫގުލްގެ އައި.އޯގައި ބުނެފައެވެ. މިފޯމެޓަށް ބަދަލު ކުރިކަމުގައި ވީނަމަވެސް ޕްލޭސްޓޯރުން ޑިވައިސްތަކަށް ޑައުންލޯޑްވާނީ އެޕީކޭ ފައިލެވެ.
ގޫގުލް އިން ހާމަކުރާގޮތުގައި އެންޑްރޮއިޑް އެޕްބަންޑްލް ފޯމެޓް ބޭނުންކުރަން ފެށުމުން ވަރަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. އެގޮތުން ޑިވައިސްއަކުން އެޕެއް ޑައުންލޯޑްކުރަން ޖައްސައިލުމުން އެޑިވައިސްއަކަށް އެންމެ އެކަށީގެންވާ އޭޕީކޭ ފައިލްއެއް ޖެނެރޭޓްކުރެއެވެ. މީގެ ސަބަބުން ޑައުންލޯޑްކުރެވޭ އެޕީކޭ ފައިލްގެ ސައިޒްކުޑަވެއެވެ.
އެންޑްރޮއިޑް އެޕްބަންޑްލް ފޯމެޓް ބޭނުންކުރާނީ ޑިވެލޮޕަރުންނާއި ގޫގުލް ޕްލޭސްޓޯރެވެ. އެހެންކަމުން އެޕްތައް ޑިސްޓްރިބިއުޓްކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ބެލެވެއެވެ.
ގޫގުލްއިން މައުލޫމާތު ދޭގޮތުގައި އައުފޯމެޓަށް ބޭނުންކުރަން ޖެހޭނީ ޕްލޭސްޓޯރަށް އަލަށް އަޕްލޯޑްކުރާ އެޕްތަކަށް އެކަންޏެވެ. އެހެންކަމުން މިހާރު އައު އެންޑްރޮއިޑް އެޕް ޑިވެލޮޕްކުރަމުން ގެންދާފަރާތްކަށް އައުފޯމެޓަށް ބަދަލުކުރަން ލިބޭނީ ކުޑަދުވަސްކޮޅެކެވެ.
ޓެކްނޮލޮޖީގެ ފޭންއެއް