އައިފޯން 13 ސީރީޒް ގެ ފޮޓޯތަކެއް ލީކުވެއްޖެ

ޓެކްސަން 10 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ސޮނީ ޑިކްސަން މެކްރޫމާރޒް މެދުވެރިކޮށް ޝާއިއުކޮށްފައިވާ ފޮޓޯއަކުން ފެންނަނީ އައިފޯން 12 ސީރީޒް އާއި އެއްގޮތް އައިފޯން 13 ސީރީޒްގެ ޑަމީ ފޯނުތަކެއްގެ ފޮޓޯއެެކެވެ. މިފޮޓޯގައި ތަފާތުކަމަކަށް ފާހަގަވަނީ ސްޓޭންޑަޑް އައިފޯން އާއި އައިފޯން މިނީގެ ކެމެރާ ހަރުކޮށްފައިހުރިގޮތެވެ. ކުރިން ސީދަލައް ހުރި ދެކެމެރާ މިފަހަރު މިހިރީ ކަތިކޮށެވެ. އަދި މިދެފޯނުގެ ކެމެރާ ބަމްޕް ބޮޑުވެފައި ހުރުމުން ބެލެވެނީ އަލްޓްރާވައިޑް ކެމެރާ އަޕްގްރޭޑްކޮށްފައިހުރިކަމަށެވެ.

ދެވަނައަށް ފެންނަން ހުރި ފޮޓޯގައި އައިފޯން 13 ޕްރޯގެ ބޮޑު ކެމެރާ ބަމްޕްއެއް ފެނެއެވެ. އަދި މިފޯނު އައިފޯން 12 ޕްރޯ އަށް ވުރެ ބޯކަމަށް ފާހަގަކުރެވެއެވެ. މީގެ ސަބަބެއްކަމުގައި ބެލެވެނީ މިހާރު ހަމައެކަނި އައިފޯން 12 ޕްރޯ މެކްސްގެ ފީޗަރ އެއްކަމަށްވާ ސެންސަރ ޝިފްޓް ސްޓެބިލައިޒޭޝަން މިފޯނުތަކަށް އަންނާނެކަމަށެވެ. އެހެންބްރޭންޑްގެ ފޯނުތަކުގައި މީގެ އަހަރުތަކެއްގެ ކުރިންވެސް ހުރި 120 ހާޓްޒްގެ ރިފްރެޝްރޭޓްގެ ޑިސްޕްލޭ (އައިޕެޑް ޕްރޯގައި ހިމެނޭ ޕްރޯމޯޝން) މިފަހަރު އައިފޯން 13 ޕްރޯ އަދި ޕްރޯ މެކްސް އަންނާނެކަމަށް މެކްރޫމާރޒް އިން ލަފާކުރެއެވެ.

އައިފޯން 13 ސީރީޒްގެ ފޯނުތަކުގެ ބެޓަރި ލައިފް 15 އާއި 20 އިންސަންތައާއި ދެމެދުގެ ކުރިއެރުމެއް ލިބޭނެކަމަށް ބެލެވެއެވެ. މިއީ ބެޓަރިތަކުގެ ސައިޒް ބޮޑުވެގެން ނުވަތަ އެފޯނުތަކުގައި ބޭނުންކުރާ އޭ15 ޗިޕްގެ އެފިޝިއެންސީ ރަނގަޅުވެގެންނެވެ. މިދިޔަ އަހަރު އައިފޯނު ޑިލޭވިނަމަވެސް މިއަހަރު ސެޕްޓެމްބަރު މަހު އައު ފޯނުތައް އިއުލާންކުރާނެއެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.