ބްލެކް ހޯލް؛ މިއީ ކޯއްޗެއް ހެއްޔެވެ؟

19 ޖުލައި 2021

ބްލެކް ހޯލްއަކީ ޖައްވުގައި ތިބޭ، ކޮންމެ ކަހަލަ އެއްޗަކަށްވެސް ނުފިލޭ ތަންތަނެވެ. މި ތަންތަނަކީ ލޮލަށް ނުފެންނަ ފަދަ އެއްޗަކަށް ވާއިރު، މިފަދަ އެއްޗެހި ދިރާސާ ކުރެވެނީ މި ތަންތަނަށް ވަންނަ އެއްޗެހިންނެވެ. ސައިންސްގެ ގަވާއިދުތަކަށް މި ތަބާނުވާތީ، ޝައްކަކާއި ނުލައި، މިއީ ކޯއްޗެއް ކަމެއް ބުނެވޭކަށް ނެތެވެ. އިރުގެ 20-10 ގުނަ ބޮޑު ތަރިއެއް މަރުވުމުން، ދަމާބާރު އެތަރި ބްލެކް ހޯލްއަކަށް ހަދައެވެ. ގިނަ ބެލްކް ހޯލްތައް ހެދެނީ މިގޮތަށެވެ. ނަމަވެސް ކޮންމެ ތަރިތަކުގެ ނިޒާމެއްގެ މެދުގައި ވަރަށް ބޮޑު ބްލެކް ހޯލްއެއް ހުރެއެވެ. މިލްކީވޭ ގެލެކްސީގައި އޮންނަ ބްލެކް ހޯލްއަކީ 'ސެޖިޓޭރިއަސް-އޭ' އެވެ. މިތަރިތަކުގެ ނިޒާމުގައި އެކަނި 10 މިލިއަން އާއި ބިލިއަން އަކާއި ދެމެދުގެ އަދަދަކަށް ބްލެކް ހޯލްތައް ހުރެއެވެ.

ކޮންމެ ބްލެކް ހޯލްއެއްގައި 'ސިންގިއުލޭރިޓީ' އޭ ކިޔާ ބޯޑަރެއް އޮވެއެވެ. މި ބޯޑަރު ކޮންމެ އެއްޗަކަށް ހުރަސް ކުރެވުނު ނަމަވެސް، އެއްވެސް އެއްޗަކަށް މި ބޯޑަރު ހުރަސްކޮށް ނުނިކުމެވޭނެއެވެ. ބްލެކްހޯލް ތެރެއަށް ވަންނަ ކޮންމެ އެއްޗެއް ދެމި އެންމެ ފަހުން ތިއްކަކަށް ފިއްތާލައެވެ. މި ސިންގިއުލޭރިޓީ އަކީ ވަރަށް ޑެންސް އަދި ކުޑަ އެއްޗެކެވެ. ގިނަ އެއްޗެހި ބްލެކް ހޯލް ތެރެއަށް ދަމާއިގަތުމުން ބްލެކްހޯލް ބޮޑު ވެއެވެ.

ނަމަވެސް، ބްލެކް ހޯލް ތަކަކީ ނިމުމެއް އޮތް އެއްޗެއް ނޫނެވެ. 1974 ވަނަ އަހަރު، ސްޓީފެން ހޯކިންގް ވަނީ ބްލެކް ހޯލްތައް ތަރމަލް ރޭޑިއޭޝަން މެދުވެރިކޮށް އޭތި ކުޑަވާކަމަށް އަންދާޒާ ކޮށްފައެވެ. ނަމަވެސް މިކަން ހިނގަނީ ވަރަށް ލަހުން ކަމަށްވާތީ، އެކަމަށް ¹⁰⁰10 އަހަރު ވެސް ނަގައެވެ. މިހާތަނަށް ސައެންޓިސްޓުންނަށް ވަނީ 200 ބްލެކްހޯލް ހޯދިފައެވެ. ނަމަވެސް އަހަރުމެންނަށް ދުވަހަކުވެސް ދެނެނުގަނެވޭނެ އެތައް ބިލިއަން ނުވަތަ ޓްރިލިއަން ބްލެކްހޯލް އަހަރުމެންގެ ކައުނުގައި އޮވެދާނެއެވެ.

* މި ލިޔުމަކީ ޏ އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 8 ގެ ދަރިވަރު ނުމާ ބަޝާރު ގެ ލިޔުމެއް.

ޓެކްނިއުސް ގައި ދަރިވަރުން

ޓެކްނިއުސް ގައި ދަރިވަރުން

ޓެކްނިސްގައި ދަރިވަރުން މި ބަޔަކީ ސާނަވީ ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުން ސައެންސް އާއި ޓެކްނޮލޮޖީ ރޮނގުން ވިސްނުން ބައްޓަން ކުރުމާއި މިދާއިރާ އާއި ގުޅުންހުރި މައުލޫމާތު މުއްސަނދި ކުރުމުގެ މަޤްސަދުގައި އަދި ދަރިވަރުންގެ ލިޔުންތެރިކަން ތަރައްޤީކޮށް ނޫސްވެރިކަމާއި ލިޔުންތެރި ކަމުގެ ފަންނު އާލާ ކުރުމުގެ މަޤްސަދުގައި ހިނގާ ސެގްމަންޓް އެކެވެ.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.