އެމޭޒަންގެ އެލެކްސާ އައި.އޯއެސްއިން މިހާރު ރިމައިންޑާ ލެވޭނެ

ޝުޖާޢަތު ރަޝީދު 31 ޖުލައި 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެމޭޒަންއިން އެލެކްސާ އައި.އޯއެސް އެޕްލިކޭޝަންއަށް ބަދަލުތަކެއް ގެނެސް އަޕްޑޭޓް ކޮށްފިއެވެ. މި އަޕްޑޭޓަކީ އެލެކްސާގެ އެހީގައި ހަދާންކޮށްލުމަށް ލިސްޓެއް ހަދައި ރިމައިންޑާ ނޮޓިފިކޭޝަނެއް އަންނަ ގޮތް ހަދާލެވޭ ގޮތައް ގެނައި ބަދަލެކެވެ.

އެލެކްސާ އެސިސްޓަންޓް މެދުވެރިކޮށް މިކަންތައް ކުރެވޭ ގޮތައް ގެނައި ބަދަލަކީ ވަރަށް ގިނަމީހުން ބޭނުންވެގެން އުޅުނު ބަދަލެއްކަން ފާހަގަކުރެވެއެވެ.

އެޕަލް އައި.އޯއެސްގެ ހުރަސްތަކާއި ހެދި މިހާރު މި ގެނެސްފައިވާ ބަދަލު ބޭނުންކުރެވެނީ އާސްކްއެލެކްސާ ވިޖެޓް ފޯނުގެ ހޯމްއިސްކްރީނަށް ލުމަށްފަހު މައިކް ބޭނުން ކުރުމަށް ފޯނުގެ ސެޓިންއިން ހުއްދަ ދިނުމުންނެވެ.

އާސްކް އެލެކްސާ ވިޖެޓް އައިފޯނުގައި

މިބަދަލާއެކީ ގޭގެ އެހެން މީހުންނަށްވެސް އެލެކްސާގެ އެހީގައި ރިމައިންޑާ ދެވޭނެއެވެ. އެހެން މީހުން އެލެކްސާއަށް ލުމަށްޓަކައި އެލެކްސާގެ ޕްރޮފައިލްތެރެއަށް ލުމަށްފަހު ވަނަމެއްދީފައި ބެހެއްޓިދާނެއެވެ.


އެމޭޒަންއިން އެލެކްސާއަށް ކޮންމެ މަހަކުވެސް ވަރަށް ތަފާތު ބަދަލުތައް ގެނެއެވެ. އެމޭޒަންއިން އެލެކްސާ އިތުރަށް ތަރައްގީ ކުރުމަށްޓަކައި ތާޑްޕާޓީ ޑެވެލޮޕަރުންނަށް ކުރިއަށްއޮތް ދުވަސްތަކުގައި ހުޅުވާލާނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.