ޓިކް ޓޮކް ސްޓޯރީސް ތަޢާރަފްކުރަނީ

ހަސަން ޒަޔާން 06 އޯގަސްޓު 2021

މަޝްހޫރު ސޯޝަލްމީޑިޔާ ޕްލެޓްފޯރމެއް ކަމަށްވާ ޓިކްޓޮކް އިން ސްޓޯރީސް ފީޗަރ ތައާރަފުކުރަން ތައްޔާރުވެއްޖެއެވެ.

ޓިކްޓޮކް އިން ބުނާ ގޮތުގައި މިދިޔަ ބުދަދުވަހު ޕައިލޮޓް ލޯންޗް އެއް ކޮށްފާއި ކަމުގައި ވިޔަސް ވަރަށް އަވަހަށް ޕަބްލިކް ރިލީޒް ނެރޭނެކަމަށެވެ. ޓިކްޓޮކް ގެ ސްޓޯރީސް ގެ ޕައިލެޓް ލާންޗް އަދި ރިލީޒް ކޮށްފައިވަނީ އެމެރިކާ އަށް އެކަންޏެވެ.

މިފީޗަރ މަސައްކަތްކުރަނީ އިންސްޓަގްރާމް ސްޓޯރީސް އަދި ފޭސްބުކް ސްޓޯރީސް އާ ދާދި އެއްގޮތަކަށެވެ.

ސްޓޯރީ ފީޗަރ އާ ގުޅިގެން ޓިކްޓޮކް އެޕްލިކޭޝަން އަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އާ ސައިޑްބާރ އަކާ އަދި ވަން ކްލިކް ލައިކް އަށް ވެސް ވަނީ ބަދަލުއަައިސްސައެވެ.

އާ ސައިޑްބާރއިން އެކްސެސް ވެވޭނީ ސްކްރީން ގެ ވައަތް ފަޅިއަށް ސުވައިޕް ކޮށްލައިންނެވެ. މި އާ ސައިޑްބާރގައި ހިމެނޭނީ ޓިކްޓޮކް ސްޓޯރީއެވެ. ގިނަ ފަރާތްތަކުން ބުނާ ގޮތުގައި މި އާ ސައިޑްބާރއަށް ޕަބްލިކް ރިލީޒްގައި ބަދަލުތަކެއް އައިސްދާނެއެވެ. އެއީ މި ސައިޑްބާ ގެ ސަބުން ޓެބްސް ސުވިޗް ކުރާއިރު ބަގްސް އުޅޭކަން ފާހަގަ ކުރެވިފައިވާތީ އެވެ.

މެޓް ނެވޭރާ ގެޓުވީޓް

ޓިކްޓޮކް އިން ދަނީ ޓިކްޓޮކް ގެ ޔޫޒަރ އެކްސްޕީރިއެންސް ރަނގަޅު ކޮށް އިތުރު ފީޗަރ ތައް ގެނެއުމަށް މަސައްކަތް ކުރަމުންނެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.