އެމެރިކާގައި އެޕަލްގެ ޑިވައިސްތައް ބޭނުންކުރާ ކަސްޓަމަރުންގެ ޑިވައިސްތަކުގައި ކުޑަކުދިންނަށްކުރާ ޖިންސީ ގޯނާގެ ކޮންޓެންޓް ހުރިތޯ ބެލުމަށް ހާއްސަ ޕްރޮގްރާމެއް އެކުންފުނިން ފަށައިފިއެވެ. އެގޮތުން އައިކްލައުޑް ފޮޓޯޒް ގައި ފޮޓޯއެއް ސްޓޯކުރުމުގެ ކުރިން އެ ފޮޓޯއަކީ މިފަދަ ކޮންޓެންޓް އެކުލެވޭ ފޮޓޯއެއްތޯ ބެލޭނެއެވެ.
އެޕަލްއިން ހާމަކޮށްފައިވާ ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާކަމުގެ އެއްވެސް ހެއްކެއް މި ގޮތަށް އަޕްލޯޑް ކުރެވޭ ފޮޓޯއަކުން ފެނިއްޖެނަމަ މި ފޮޓޯތަށް އިތުރަށް ބަލައި ދިރާސާކޮށް އެފަރާތެއް ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ރިޕޯޓްކުރެވޭނެއެވެ.
އެޕަލްގެ މި ސިސްޓަމް މަސައްކަތްކުރާ ގޮތަކީ އެޕަލްގެ ޑިވައިސްތަކުން އަޕްލޯޑްކުރާ ފޮޓޯތައް ކުޑަކުންދިންނަށް ކުރާ ޖިންސީ ގޯނާ އާއިދެކޮޅަަށް އެމެރިކާގެ ނޭޝަނަލް ސެންޓާ ފޯ މިސިން އެންޑް އެކްސްޕްލޮއިޓެޑް ޗިލްޑްރެން އިން އުފައްދާފައިވާ ޑޭޓާބޭސްގައި ހިމެނޭ ކޮންޓެންޓްއާއި އަޅާކިޔައި އެފޯޓޯތަކުގައި މިފަދަ ކޮންޓެންޓް ހިމެނޭތޯބެލުމެވެ. އެޕަލްއިން ހާމަކުރާ ގޮތުގައި މި ސިސްޓަމްް މެދުވެރިކޮށް މިފަދަ ފޮޓޯތައް އެޑިޓްކޮށްފައި ވިޔަސް ދެނެގަނެވޭނެއެވެ.
ނަމަވެސް މި ޓެކްނޮލިޖީ އެޕަލްގެ ޑިވައިސްތަކުގައި ހުންނަ އެހެނިހެން ފޮޓޯތަކާއި ސިޔާސީ ކޮންޓެންޓް ސެންސަރު ކުރުމަށް ބޭނުންކޮށްްފާނެ ކަމުގެ ބިރުވެރިކަން ބައެއް ފަރާތްތަކުގެ އެބައޮތެވެ. މީީގެ އިތުރުން ބައެއް ތަޖުރިބާކާރުން ދެކޭގޮތުގައި މި ޓެކްނޮޮލޮޖީ ދުނިޔޭގެ ހުދުމުހުތާރު ސަރުކާރުތަކުން އެމީހުންގެ ރައްޔިތުންނަށް ޖާސޫސުކުރުމަށް ބޭނުންކުރުމުގެ ބިރުވެސް އެބަައޮތެވެ.
އެޕަލްްއިން ހާމަކޮށްފައިވާ ގޮތުގައި އަލަށް ތައާރަފްކުރެވޭ އައިއޯއެސް އަދި އައިޕެޑްއޯއެސް ގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ދައްކުވައިދޭ ކޮންޓެންޓް ހުއްޓުވުމަށް ހާއްސަ ކްރޮޕްޓޯގްރަފީ އެޕްލިކޭޝަނެއް ހިމެނޭނެއެވެ. އަދި މި އެޕްލިކޭޝަން ފަރުމާކުރެވިގެންދާނީ އެކުންފުނީގެ ޑިވައިސްތައް ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ގޮތުން އަޅަންޖޭހޭ ފިޔަވަޅުތަކާއިއެކު ކަމަށްވެސް އެޕަލްއިން ހާމަކުރެެއެވެ.
މުނިފޫހި ފިލުވުމަށްވެސް ޓެކްނޮލޮޖީ ހަބަރު ވަރަށް ސަޅި