ވިންޑޯސް11ގެ ކަލްކިޔުލޭޓަރ އަށް ވަރުގަދަ ފީޗަރ ތަކެއް

ހަސަން ޒަޔާން 13 އޯގަސްޓު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މައިކްރޮސޮފްޓުން އިއްޔެ ވިންޑޯސް 11ގެ އައު ޕްރިވިވް ބިލްޑް އެއް ނެރިފައިވާއިރު، އައު ފީޗަރ ތަކަކާއި ޑިޒައިން ތަކެއް މިވަނީ އިތުރުވެފައެވެ. އޭގެ ތެރޭގައި ކަލްކިއުލޭޓަރ އެޕް ސްނިޕިންގ ޓޫލް، މެއިލް އެޕް އަދި ކަލަންޑަރ އެޕް ހިމެނެއެވެ.

މައިކްރޮސޮފްޓް ގެ އައު ކަލްކިޔުލޭޓަރ އެޕް:

މައިކްރޮސޮފްޓުން ވިންޑޯސް 11ގެ ކަލްކިޔުލޭޓަރ އެޕްލިކޭޝަނަށް އިތުރު ކުރި މި ފީޗަރ ތަކަށް ބަލާލާއިރު، މިފަހަރު މި އިތުރުކޮށްފައިވާ ފީޗަރ ތައް ވަރަށް ވަރުގަދައެވެ.

ފުރަތަމަ ކަލްކިޔުލޭޓަރ އެޕްލިކޭޝަންގެ ފަރުމާއަށް ބަލާލާއިރު ކުރީގެ ވިންޑޯސް 10ގެ ކަލްކިޔުލޭޓަރ އާއި ދާދި އެއް ގޮތެވެ، ނަމަވެސް ވިންޑޯސް 11ގެ ހުރިހާ އެޕްލިކޭޝަނެއްގެ ފަރުމާއާއި އެއްގޮތައް ކަލްކިޔުލޭޓަރ އެޕްލިކޭޝަންގެ އެޖްތައް ހުންނަނީ ކާރވްޑްކޮށެވެ.

ފީޗަރސް

އައު ކަލްކިޔުލޭޓަރ ފީޗަރ ތަކަށް ބަލާލާއިރު ކޮމްޕްލެކްސް މެތް ސޯލވިންގ އަށް ފީޗަރ-ޕެކްޑް ސައިންޓިފިކް ކަލްކިޔުލޭޓަރ އޮޕްޝަން ވެސް ހިމެނެއެވެ.

އެންމެ ބޮޑަށް ޝައުގުވެރިކަން އުފެދޭ ފީޗަރ އަކީ މެނޫ ބަރގައި ހިމެނިފައިވާ އައު ޕްރޮގްރާމަރ އޮޕްޝަން އެވެ. އެއީ މި އޮޕްޝަންއަކީ ޕްރޮގްރާމިންގ އާއި އިންޖިނައަރިންގ އާ ގުޅޭ ހާއްސަ ޓާސްކުތައް ކުރިއަށް ގެންދިއުމަށް ހާއްސަ ކުރެވިފައިވާ އައު އޮޕްޝަނެކެވެ.

މި އައު ކަލްކިޔުލޭޓަރގައި ފުލް ގްރާފިންގ ފީޗަރ އެއްވެސް ހިމެނެއެވެ. މި ފީޗަރ ގައި ގްރާފް އެނަލައިޒް ކޮށް ކީ ފީޗަރސް ތައް އައިޑެންޓިފައި ކުރެވެއެވެ.

އައު ކަލްކިޔުލޭޓަރ އެޕްލިކޭޝަންގައި ހިމެނޭ އެންމެ ފަހު ފީޗަރ އަށް ބަލާލާއިރު ވަރަށް ޕަވަރފުލް ކަރެންސީ ކޮންވަރޓަރ އެއްވެސް ހިމެނެއެވެ.

އެއީ 100 އަށް ތުރެ ގިނަ ޔުނިޓާއި އަދި ކަރެންސީ ކޮންވަރޓް ކުރެވޭނެ ފީޗަރ އެކެވެ.

ވިންޑޯސް 11ގެ ސްނިޕިންގ ޓޫލް އެޕްލިކޭޝަން

މައިކްރޮސޮފްޓުން ވިންޑޯސް 11ގެ ސްނިޕިންގ ޓޫލް ފީޗަރ އިއްޔެ ނެރުނު ޕްރިވިއު ބިލްޑްގައި ނެރިފައިވާއިރު، މި ސްނިޕިންގ ޓޫލް އަކީ ކުރީގެ ސްނިޕިންގ ޓުލް އާއި ސްނިޕް އެންޑް ސްކެޗް ގެ ކޮމްބައިން އެކެވެ.


ވިންޑޯސް މެއިލް އެޕްލިކޭޝަން

ޕްރިވިއު ބިލްޑްގައި ތަޢާރަފް ކޮށްފައިވާ ފަދައިން މެއިލް އެޕްލިކޭޝަނަށް ވެސް ފީޗަރ އެއް އިތުރުވެފައި އެބަވެއެވެ. އެއީ ޑާރކް މޯޑް އަދި މޮޑާރން ޑިޒައިން ލުކްސް ތަކެވެ.

މައިކްރޮސޮފްޓުން އަންނަނީ ވިންޑޯސް 11 ރިލީޒް ކުުރުމުގެ ކުރިން ވީހާވެސް ގިނަ ފީޗަރތައް އޯއެސް އަށް އިތުރުކުރަމުންނެވެ. ލަފާ ކުރެވޭ ގޮތުގައި ވިންޑޯސް 11 ރިލީޒް ވުމުގެ ކުރިން ވަރަށް ބޮޑެތި ބަދަލު ތަކެއް ކުރިއަށް ރިލީޒް ކުރާ ޕްރިވިވް ބިލްޑް ގައި އަންނާނެއެވެ.


ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.