ޔޫޓިއުބާއި އަޅާ ބަލާއިރު ޓިކްޓޮކް މާކުރީގައި

ޝުޖާޢަތު ރަޝީދު 07 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޔޫޓިއުބާއި އަޅާ ބަލާއިރު އެވްރެޖްކޮށް އެންމެ ގިނަ މީހުން ބަލާ އެއްޗެއް ކަމުގައި ޓިކްޓޮކް ފާހަގަވެއްޖެއެވެ. އެޕްއެނީ އިން ނެރެފައިވާ ރިޕޯޓަކުން ހާމަވާ ގޮތުގައި އެމެރިކާގައި މިދިޔަ އަހަރު ތެރޭގައި ބައިޓް ޑާންސް (ޓިކްޓޮކްގެ ޕޭރަންޓް ކުންފުނި) އެޕް ޔޫޓިއުބަށް ވުރެން ކުރިއަށް ގޮސް، 2021 ޖޫންވަނަ މަހު 24 ގަޑިއިރު ތެރޭގައި އަބަދުވެސް އެ އެޕްލިކޭޝަން މެދުވެރިކޮށް ކޮންޓެންޓް މީހުން ބެލިއެވެ.

މިއީ ގޫގަލްގެ ވީޑިއޯ ޕްލެޓްފޯމާއި އަޅާ ބަލާއިރު ވަރަށް ބޮޑަށްވެސް އިތުރުވި ވަރެކެވެ. ޓިކްޓޮކްއިން ޔޫޓިއުބާއި ވާދަކޮށް، އެ އެޕްލިކޭޝަން ނެރުނު ފަހުން މިދިޔަ އަހަރުގެ މޭ މަހާއި އަޅާ ބަލާއިރު 26 ގަޑިއިރު އިތުރުކޮށް މީހުން ވީޑިއޯ ބަލައެވެ. ޔޫޓިއުބް މެދުވެރިކޮށް މީހުން ވީޑިއޯ ބަލާ މިންވަރު އެވްރެޖްކޮށް މިވަނީ 16 ގަޑިއިރަށް ބަދަލުވެފައެވެ.

މި ދިރާސާއިން ދައްކުވާފައިވަނީ ހަމަ އެކަނި އެންޑްރޮއިޑް ފޯނު ގެންގުޅޭ މީހުންގެ މިކަމާ ބެހޭ މަޢުލޫމާތެވެ. ނަމަވެސް، މިކަމުންވެސް ދޭހަކޮށްދެނީ ޓިކްޓޮކް އުފެދި އެ އެޕްލިކޭޝަން ބޭނުންކުރަން ފެށިފަހުން އެއީ ވަރަށް މަޝްހޫރު އެއްޗަކަށް މިވަނީ އެންމެނަށްވެސް ވެފައެވެ.

އެވްރެޖްކޮށް ޔޫޓިއުބާއި ޓިކްޓޮކް ބޭނުންކުރާ މިންވަރު - އެޕް އެނީ

ޓިކްޓޮކްގައި ކިތަންމެ ކުޑަ ވީޑިއޯއެއް އަޕްލޯޑް ކުރެވުނު ކަމުގައިވިޔަސް މިއީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އަދި ޚާއްސަކޮށް ޓިކްޓޮކް ބޭނުންކުރާ އެމެރިކާ މީހުން 2020 ވަނަ އަހަރުގެ ބޮޑުބައި ޓިކްޓޮކް މަނާކުރުމަށް އެމެރިކާގެ ސަރުކާރުން ފިޔަވަޅު އަޅާނެކަމަށް ބުނި ބުނުމަށް ހޭދަ ކުރިނަމަވެސް މިއަހަރު މިވަނީ މި އެޕްލިކޭޝަނަށް ވަރަށް ތާރީޚީ އަހަރަކަށެވެ.

ޔޫޓިއުބް ބޭނުންކުރާ މީހުންގެ އަދަދު އެކަމަކު އަދިވެސް 2 ބިލިއަނަށް އަރައެވެ. ޓިކްޓޮކް ބޭނުންކުރާ މީހުންގެ އަދަދަކީ ގާތްގަނޑަކަށް 700 މިލިއަނެވެ. ޓިކްޓޮކާއި ވާދަކުރުމަށްޓަކައި މިދިޔައަހަރާއި މިއަހަރު ތެރޭގައި ޔޫޓިއުބްގެ އިތުރަށް އެހެނިހެން ޕްލެޓްފޯމްތަކުންވެސް ކުރު ވީޑިއޯ ރެކޯޑްކޮށް އަޕްލޯޑްކުރުން ތަޢާރަފްކޮށްފައިވެއެވެ. ޔޫޓިއުބުން ޔޫޓިއުބް ޝޯޓްސްއަކީ ޓިކްޓޮކާއި ދާދި އެއްވައްތަރެއްގެ އެއްޗެކެވެ. އަދި ސްނެޕްޗެޓުން ސްޕޮޓްލައިޓްސްވެސް މިއީ ހަމަ އެއްވައްތަރެއްގެ ފީޗާއެކެވެ.

ޓިކްޓޮކް އުފެދުނު ގޮތާއި ބެހޭ ގޮތުން އިތުރަށް ކިޔާލުމަށް



ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.