ކިޔަވާކުދިންނަށް އެންމެ ރަނގަޅު ލެޕްޓޮޕްތައް

ޝުޖާޢަތު ރަޝީދު 07 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މީގެ 20 އަހަރު ކުރިން ތަޢުލީމު އުނގެނެން ބޭނުންކުރި ތަކެއްޗާއި މިހާރު ބޭނުންކުރާ ތަކެތި މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.

އިންޓަނެޓާއި ޓެކްނޮލޮޖީގެ އެހީގައި ދިރާސާތައްކޮށް ތަފާތު ވައްތަރުގެ ޑިވައިސް ބޭނުންކުރުންވެސް މިހާރު ކިޔަވާކުދިންނަށް މިވަނީ އާންމު އަދި މުހިންމު ކަމަކަށްވެސް ވެފައެވެ.

މި އާޓިކަލްގައި މިގެނެސްދެނީ ކިޔަވާކުދިންނަށް އެންމެ އެކަށީގެންވާކަމަށް ގިނަމީހުން ބުނާ ލެޕްޓޮޕްތަކެވެ.

1. އެޕަލް މެކްބުކް އެއާ

މި ލެޕްޓޮޕް އެންމެ އެކަށީގެންވަނީ މަތީ ސާނަވީ ތަޢުލީމް ޚާސިލްކުރަމުންދާ ދަރިވަރުންނަށްކަން ފާހަގަ ކުރެވެއެވެ.

ފާހަގަކުރެވޭ ކަންތައްތައް:

އެއްފަހަރާ ބައިވަރު މަސައްކަތް ކުރިކަމުގައި ވިޔަސް މި ލެޕްޓޮޕް މައްސަލަ ނުޖެހި، ގިނަ އިރަށް ބޭނުންކުރެވޭނެ ކަމަށް ގިނަ ބަޔަކު ބުނެއެވެ. މީގެ އިތުރުން ރަނގަޅު އެސް.އެސް.ޑީ ވެސް މި ލެޕްޓޮޕްގައި ވެއެވެ. މި ލެޕްޓޮޕްގައި އެޕްލް ޓަޗްއައިޑީ ފަސޭހަ ކަމާއެކު ބޭނުންކޮށްލެވޭނެއެވެ.

ކަމުނުދާ ބައެއް ކަންތައްތައް:

ބައެއް އެންޓި ވައިރަސް އަދި ޕޭރަންޓަލް ކޮންޓްރޯލް ސޮފްޓްވެއާ މި ލެޕްޓޮޕްގައި ބޭނުން ނުކުރެވެއެވެ. އަދި ވިންޑޯޒް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރާ ކުއްޖެއްނަމަ އެޕަލް އޮޕަރޭޓިން ސިސްޓަމަށް ހޭނެން ވަގުތު ނަގާނެއެވެ.

ގަންނަން ލިބޭ އަގު: އެމޭޒަން އިން $999.00 އަށް

2. މައިކްރޮސޮފްޓް ސާފޭސް ގޯ 2

މިއީ ޓޫ-އިން-ވަން އެންމެ ރަނގަޅު ސްޓައިލަސްއާއި އެކު މިވަގުތު މާކެޓުގައި ހުރި އެއް ލެޕްޓޮޕެވެ.

ފާހަގަކުރެވޭ ކަންތައްތައް:

މި ލެޕްޓޮޕާއި އެކީ ސާފޭސް ގަލަމެއް ލިބޭނެއެވެ. އަދި ޕޭރަންޓަލް ކޮންޓްރޯލްވެސް ހިމަނާފައިވެއެވެ. މީގެ އިތުރަށް މި ލެޕްޓޮޕްގެ ކެމެރާއިން ލިޔެކިއުންތަކާއި ވައިޓް ބޯޑްވެސް ސްކޭންކޮށްލެވޭނެއެވެ. މި ލެޕްޓޮޕްގެ ސެކިއުރިޓީގެ ގޮތުގައި ފަސޭހަކަމާއެކު މައިކްރޮސޮފްޓް ހޭލޯ ބޭނުންކުރެވޭނެއެވެ. މިއީ ކުޑަ އަދި ގެންގުޅެން ވަރަށް ފަސޭހަ ލެޕްޓޮޕެއް ކަމުގައި ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ކަމުނުދާ ބައެއް ކަންތައްތައް:

ސާފޭސް ގޯ 2 އެއްގެ ކީބޯޑަކީ ވަރަށް ގެންގުޅެން އުނދަގޫވާ ކީބޯޑެއް ކަމުގައި ބައެއް މީހުން ފާހަގަ ކުރެއެވެ. މި ލެޕްޓޮޕްގެ އިސްކްރީންގެ ޑިސްޕްލޭ އަކި އެހާ އަލިގަދަ އަޅައިގަންނަ ކަހަލަ ޑިސްޕްލޭއެއް ނޫނެވެ. އަދި މިއީ ލެޕްޓޮޕެއް އާކޮށްލުމަށްޓަކައި ގަންނަން އެހާ ރަނގަޅު ލެޕްޓޮޕެއް ނޫނެވެ.

ގަންނަން ލިބޭ އަގު: އެމޭޒަންއިން $399.99 އަށް

3. ލެނޯވޯ ކްރޯމްބުކް ޑުއޭ

ލެނޯވޯގެ މި ލެޕްޓޮޕަކީ ކީބޯޑާއި ވަކިކޮށްލެވޭގޮތައް ތައްޔާރުކޮށްފައިވާ ކްރޯމްބުކް ލެޕްޓޮޕެކެވެ.


ފާހަގަކުރެވޭ ކަންތައްތައް:

އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ މި ލެޕްޓޮޕް ބޫޓްކުރަން ނަގާ ވަގުތަކީ 10 ސިކުންތައްވުރެން ލަސްނުވާ ވަގުތެއްކަމެވެ. އަދި މިއީ ކިޔަވާކުދިން، ކުޑަކުދިން ގެންގުޅެން އެންމެ އަގުހެޔޮ އެއް ލެޕްޓޮޕެވެ. މި ލެޕްޓޮޕާއި އެކީ ހިލޭ ގޫގަލް ވަން ލިބެއެވެ. ގޫގަލް ވަންއަކީ ގޫގަލްގެ ކްލައުޑް ސްޓޯރޭޖަށް ހާއްސަކުރެވިފައިވާ ސަބްސްކްރިޕްޝަނެކެވެ.

ކަމުނުދާ ބައެއް ކަންތައްތައް:

މި ލެޕްޓޮޕުގައި ހެޑްފޯން ޖެކެއް ނީނދެއެވެ. އަދި ހިމެނެނީ އެންމެ ޔޫ.އެސްބީ ސީ ޕޯޓެކެވެ.

ގަންނަން ލިބޭ އަގު: އެމޭޒަންއިން $256.00 އަށް

4. ގޫގަލް ޕިކްސެލްބުކް ގޯ

ގޫގަލްއިން ނެރެފައިވާ މި ލެޕްޓޮޕަކީ ގޫގަލް ކްރޯމްބުކް ރޭންޖުގެ އަގުހެޔޮ ލެޕްޓޮޕެކެވެ. މިއީ އަތަށް ލުއި ގެންގުޅެލަން ފަސޭހަ ވަރަށް ރަނގަޅު ޕްރޮސެސާއެއް އެކުލަވާލައިފައިވާ ލެޕްޓޮޕެކެވެ.


ފާހަގަކުރެވޭ ކަންތައްތައް:

މިލެޕްޓޮޕަކީ އިންޓެލްގެ ވަރުގަދަ ޕްރޮސެސާއެއް އެކުލެވިއިވާ ލެޕްޓޮޕެކެވެ. މި ލެޕްޓޮޕްގެ ބެޓަރީގެ ޕާފޮމަންސް ރަނގަޅުކަމަށް ގިނަ ބަޔަކު ބުނެފައިވެއެވެ. ބަޖެޓެއްގައި އުޅޭ ބަޔަކަށް ވިއްކަން ހާއްސަކޮށްފައިވީނަމަވެސް މި ލެޕްޓޮޕުގައި 1080ޕ ގެ ވެބްކެމެއްވެސް ހިމެނޭކަން ފާހަގަކުރެވެއެވެ.

މީގެއިތުރަށް މިލެޕްޓޮޕްގެ ކީބޯޑަކީ ފަސޭހަ ހަޝް ކީބޯޑެކެވެ.

ކަމުނުދާ ބައެއް ކަންތައްތައް:

މިލެޕްޓޮޕަށް ބައޮމެޓްރިކް އެއްވެސް ޒަރިއްޔާއަކުން ލޮގިންއެއް ނުވެވޭނެއެވެ.

ގަންނަން ލިބޭ އަގު: އެމޭޒަންއިން $648.00 އަށް

5. އޭސާ ކްރޯމްބުކް ސްޕިން 311

މިއީ ކިޔަވާކުދިންނަށާއި ކުޑަކުދިންނަށް ހާއްސަކޮށް އުފައްދާފައިވާ ކްރޯމްބުކް ލެޕްޓޮޕެކެވެ. ޓަޗްކުރެވޭ އަދި ފްލިޕްކުރެވޭ ސްކްރީނަކާއެކު ހެދިފައިވާ މި ލެޕްޓޮޕުގެ ބެޓަރީ ޕާފޮމަންސްވެސް ރަނގަޅުކަމަށް ބޭނުންކުރާ ގިނަމީހުން ބުނެއެވެ.

ލިބެންހުރި އަގަށް ބަލާފައި މިލެޕްޓޮޕަކީ ވަރަށް ފުރިހަމަ ލެޕްޓޮޕެއްކަން ފާހަގަކުރެވެއެވެ.

ފާހަގަކުރެވޭ ކަންތައްތައް:

މިއީ ފާހަގަކޮށްލެވޭ ފަދަ ޑިޒައިނެއްގެ ލެޕްޓޮޕެއް، ހަމައެއާއިއެކު ރަނގަޅު ސައިޒެއްގައި ޓަޗްކުރެވޭ ފްލިޕް ސްކްރީނެއް އެކުލެވިގެންވެއެވެ.

ކަމުނުދާ ބައެއްކަންތައްތައް:

އަލިމަޑު ސްކްރީނެއް، އަދި ސްކްރީންގެ ކައިރިފަށް ބޮޑުކަމުން އަސްލު ސްކްރީނުން ފެންނަ ތަކެތި ކުޑަކަމަށްވެސް ދައްކައެވެ.

ގަންނަން ލިބޭ އަގު: އެމޭޒަންއިން $195.95 އަށް

ތަފްސީލުކޮށް މި ގެނެސްދެވުނު ލެޕްޓޮޕްތަކުގެ އިތުރަށް އަދިވެސް ފާހަގަކުރެވޭ ބައެއް ލެޕްޓޮޕް އެބަހުއްޓެވެ. މީގެ ތެރޭގައި ހިމެނެނީ:

6. އޭސާ ސްޕިން 5 2020 (ރަނގަޅު ބެޓަރީ ޕާފޮމަންސް، ނޯޓް ނެގުމަށް ފަސޭހަ ސްކްރީނެއް ލާފައި ސްޓައިލެސްއާއިއެކު. ނަމަވެސް ޑެސްކްޓޮޕް ޕޮޕްއަޕް އެޑްސް ހިމެނޭގޮތަށް ބްލޯޓްވެއާ އިނދޭ)

7. ލެނޯވޯ ތިންކްޕެޑް ސީ-13 ޔޯގާ ކްރޯމްބުކް (ވަރުގަދަ އޭ.އެމް.ޑީ ޕްރޮސެސާއާއިއެކު އިތުރު ސެކިއުރިޓީ ފީޗާސް އެކުލެވިގެންވޭ. ބެޓަރީ ހިފަހައްޓަނީ 10 ގަޑިއިރަށްވުރެން މަދުއިރަކަށް)

8. އެޗުޕީ އެންވީ އެކްސް-360 15 (2021) (ވަރަށް ރަނގަޅު ލެޕްޓޮޕެއްގޮތުގައި ފާހަގަވެ، ބެޓަރީ ލައިފްވެސް ރަނގަޅުވެފައި މިވަރުގެ ލެޕްޓޮޕްގެ ރޭންޖުގައި އަގުވެސް ހެޔޮ. ޓެބްލެޓް މޯޑް އެހާ ރަނގަޅު ނުވެފައި ޑޮކް ކުރެވޭ ގޮތެއް ނީންނަކަން ފާހަގަކުރެވޭ)

9. ލެނޯވޯ ތިންކްޕެޑް އެކްސް-1 ޔޯގާ ޖެން-6 (އެންމެ ރަނގަޅު ޓޫ-އިން-ވަން ލެޕްޓޮޕް، ރަނގަޅު ބެޓަރީއަކާއެކު، ވަރަށް އަނގުބޮޑު ލެޕްޓޮޕްގެ ޑިޒައިނަށް ބަލާފައި)

10. މެކްބުކް ޕްރޯ 13-އިންޗި އެމް-1 2020 (އައި އޯއެސްގެ އެޕްތަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައި، ވަރަށް ރަނގަޅު ބެޓަރީ ލައިފެއް ރަނގަޅު ޕާފޮމަންސަކާއެކީ. ޕޯޓުތަށް މަދުކަން ފާހަގަކުރެވޭ އަދިވެސް، އަގުބޮޑު)


ޝުޖާޢަތު ރަޝީދު

ޝުޖާޢަތު ރަޝީދު

ޓެކްނޮލޮޖީގެ ދާއިރާގައި 10 ވަރަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވޭ. ޓެކްނޮލޮޖީއާއި ގުޅޭ ގޮތުން ލިޔުމަކީ އަމިއްލަ ހުނަރު އިތުރުކުރުމަށާއި ދާއިރާ ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.