އިންސާނީ ވަގުފާރީގެ ތުހުމަތުގައި އެޕްސްޓޯރުން ފޭސްބުކް ބޭރުކުރަންއުުޅުނު

ހުސެއިން އާރިފް 19 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

މެދުއިރުމައްޗަށް ނިސްބަތްވާ އިންސާނީ ވަގުފާރީ ހިންގާ ފަރާތްތަކެއްގެ ވިޔަފާރީ ފުޅާކުރުމަށް ފޭސްބުކް ގެ ހިދުމަތްތައް ބޭނުން ކުރި ކަމަށް ބީބީސީ ގެ ރިޕޯރޓެއްގައި 2019 ވަނަ އަހަރު އާއްމު ކުރުމާއި ގުޅިގެން އެޕަލް އެޕްސްޓޯރުން ފޭސްބުކް އެޕްލިކޭޝަން ފޮހެލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ހާމަވެއްޖެއެވެ. ވޯލްސްޓްރީޓް ޖާނަލް އަށް ލިބިފައިވާ ކަމަށް ބުނާ ފޭސްބުކް ގެ އިންޓާނަލް ލިޔުންތަކަކުން އިންގޭގޮތުގައި ބީބީސީ އިން މި ކަން އާއްމުކުރުމުގެ ކުރިން ފޭސްބުކްގެ ހިދުމަތްތައް ބޭނުންކޮށްގެން އިންސާނީ ވަގުފާރި އާއި އެހެނިހެން ޖަރީމާތައް ހިނގަމުން ގެންދާކަމަށް އެކުންފުންޏަށް އިނގިފައި ވެއެވެ. އެހެނަ ނަމަވެސް އޭރު އެކަމާއި މެދު ފޭސްބުކް އިން މާކަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވެއެވެ.

ވޯލް ސްޓްރީޓް ޖާނަލް ގެ ރިޕޯރޓުގައިވާ ގޮތުން އިންސާނީ ވަގުފާރީ ހިންގުމުގައި ހަރަކާތްތެރިވި ކުންފުނިތައް މަސައްކަތް ކުރަމުންގެންދިޔައީ ވަޒީފާ ދޭ އެޖެންސީތަކުގެ ނަމުގައި ފޮރުވިގެން ތިބެއެވެ. އެފަރާތްތަކުން ފޭސްބުކްގެ އިސްތިހާރު ކުރުމުގެ ޕްލެޓްފޯރމް މެދުވެރިކޮށް ފޭކް ވަޒީފާދޭ އެޖެންސީތައް ޕްރޮމޯޓް ކޮއްގެން އަޅު ވިޔަފާރި އާއި އެފަދަ އެހެން ޖަރީމާތައް ހިންގުމަށް ފުރުސަތު ހޯދާފައިވެއެވެ.

2019 ވަނަ އަހަރުގެ ބީބީސީ ރިޕޯރޓް ގައި ބުނެފައިވަނީ 1000 އަށްވުރެއް ގިނަ އަންހެނުން އިންސާނީ ވަގުފާރީގެ ނެޓްވޯރކް ތަކުގެ ތެރެއިން ވިއްކާފައި ވެއެވެ.

އެޕަލް ކުންފުނިން އިންސާނީ ވަގުފާރި އާއި ދެކޮޅަށް ކުރާމަސައްކަތުގެ ތެރެއިން ކޮންމެ އަހަރަކު ރިޕޯރޓެއް އާއްމުކުރަމުން ގެންދެއެވެ. މި ރިޕޯރޓް ގައި ވާގޮތުން، އިންސާނީ ވަގުފާރީގެ އެއްވެސް އަމަލެއް ހިނގުމުގެ ބައިވެރިވާ އަދި ފުރުސަތު ހުޅުވިފައިވާ އަދި އެފަދަ އެހެނިހެން ޖަރީމާތައް ހިންގުަމުންގެންދާ ނަމަ އެފަދަ އެޕްލިކޭޝަން އެއް އެޕަލް އެޕްސްޓޯރުން ބޭރުކުރެވޭނެއެވެ. އަދި ކަމާގުޅުންހުރި ތަންފީޒީ އިދާރާތަކަށް ރިޕޯރޓްކޮށް ފިޔަވަޅު އަޅަމުންގެންދާނެ ކަމަށް ވެއެވެ.

ހުސެއިން އާރިފް

ހުސެއިން އާރިފް

ރާއްޖޭގެ ޓެކްނޮލޮޖީ މަޝްރަޙް ޓެކްނޮލޮޖީގެ ދުނިޔޭގައި ފައި ހަމަ ކުރުމަށް ފައިކުރި އޮޅާލައިފިން. ވޭތުވެދިޔަ ތަނުގައި ތަފާތު ނޫސް މަޖައްލާ ގައި ލިޔުން ލިޔެފައިވަނީ ދާއިރާގެ ކުރިމަގަށް ކުރެވޭ ގިނަ އުންމީދު ތަކާއި އެކު.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.