ޔޫޓިބްއިން ވީޑިއޯ ޑައުންލޯޑްކުރެވޭގޮތް ހަދަނީ

ހަސަންވީ 23 ސެޕްޓެމްބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޔޫޓިއުބް އިން މިހާރު ވީޑިއޯ ޑައުންލޯޑް ކުރަން ބޭނުންނަމަ ކޮންމެވެސް ސޮވްޓްވެއަރ އެއް ނުވަތަ ބްރައުޒަރ ޕްލަގިން އެއް ނުވަތަ ވެބްސައިޓެއް ބޭނުންކުރަން ޖެހެއެވެ. ސީދާ ޔޫޓިބް އިން ޑައުންލޯޑް ކުރެވޭނަމަ ކިހާ ފަސޭހަވާނެހެއްޔެވެ. ޔޫޓިއުބް ބޭނުންކުރާ އެތަކެއް މިލިއަން މީހުން އެދި އެދި ތިބި މިފީޗަރ އެންމެފަހުން ޔޫޓިއުބް އިން ޓެސްޓްކުރަން ފަށައިފިއެވެ.

ޔޫޓިއުބް ޕްރިމިއަމް ޑެސްކްޓޮޕްގައި ބޭނުންކުރާ ފަރާތްތަކަށް މިހާރު ޔޫޓިއުބް ވީޑިއޯ ޑައުންލޯޑް ކުރެވޭ ފީޗަރ ޓެސްޓްކުރެވޭނެއެވެ. އަދި އޮކްޓޯބަރ މަހު 19 ވަނަ ދުވަހާއި ހަމައަށް ޔޫޓިއުބުން މިޓެސްޓް ތައް ކުރިޔަށް ގެންދާނެއެވެ. ވީޑިއޯތައް އެކި ކޮލިޓީތަކުގައި ޑައުންލޯޑް ކުރެވުނު ކަމުގައި ވީނަމަވެސް އެންމެ ކޮލިޓީ ހައިކޮށް މިހާރު ޑައުންލޯޑް ކުރެވެނީ ފުލް އެޗްޑީ ކޮށެވެ (1080ޕީ).

މި ފީޗަރ އަޖުމަބަލާލުމަށް ބޭނުން ނަމަ މި ލިންކް އަށް ކްލިކް ކޮށްލާށެވެ.



ހަސަންވީ

ހަސަންވީ

ޓެކްނޮލޮޖީގެ ފޭންއެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.