ޓްވިޓާ މެދުވެރިކޮށް ބިޓްކޮއިންގެ މުއާމަލާތް ކުރެވޭނެ އިންތިޒާމު އެކުންފުނިން ހަމަޖައްސައިފިއެވެ. އެގޮތުން އެކުންފުނިން ބުރާސްފަތި ދުވަހު ހާމަކޮށްފައިވާ ގޮތުގައި ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ދިރިއުޅޭ އެކުންފުނީގެ ކަސްޓަމަރުންނަށް މިހާރު އެފަރާތްތަކުގެ ބިޓްކޮއިން ވޮލެޓް ޓްވިޓާ ޕްރޮފައިލްއަށް ޕޯސްޓްކޮށްލެވޭނެއެވެ. މީގެ އިތުރުން ބައެއް ކަސްޓަމަރުންނަށް އެކުންފުނިން ވަނީ ބިޓްކޮއިން ޕޭމަންޓް އެޕްލިކޭޝަނެއް ޓްވިޓާއަށް އިންޓަގްރޭޓް ކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައިއެވެ.
ޓްވިޓާގައި ބިޓްކޮއިންގެ މުއާމަލާތް ކުރެވޭނީ ޓިޕްސް މެދުވެރިކޮށެވެ. އެކުންފުނިން މި ނިންމުން ނިންމާފައި ވަނީ އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް ޓިޕްސް ހުޅުވާލައި މުސްތަގްބަލުގައި އެންޑްރޮއިޑަށްވެސް މި ހިދުމަތް ލިބޭނެކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގައިއެވެ.
ޓްވިޓާއިން ހާމަކޮށްފައިވާ ގޮތުގައި އެކުންފުނީގެ ކަސްޓަމަރުންނަށް މިހާރު އެފަރާތްތަކުގެ ބިޓްކޮއިން ލައިޓްނިންގ ވޮލެޓެ ނުވަތަ ބިޓްކޮއިން އެޑްރެސް މެދުވެރިކޮށް ބިޓްކޮއިން ޓިޕްސްގެ މުއާމަލާތްތައް ކުރެވޭނެއެވެ. މީގެ އިތުރުން އެމެރިކާ އަދި އެލް ސަލްވަޑޯގައި ދިރިއުޅޭ ފަރާތްތަކަށް ސްޓްރައިކް އެޕްލިކޭޝަން މެދުވެރިކޮށްވެސް ބިޓްކޮއިންގެ މުއާމަލާތް ކުރެވޭނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ. މީގެ އިތުރުން ޓްވިޓާ ޕްރޮފައިލްތަކަށް ބިޓްކޮއިން އެޑްރެސްވެސް ޕޯސްޓްކޮށްލެވޭނެއެވެ.
މިފަދަ ހިދުމަތްތަކެއް އެކުންފުނިން ތައާރަފްކޮށްފައި ވީނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ ޓްވިޓާއިން ސީދާ ބިޓްކޮއިން މުއާމަލާތްކުރުމުގެ ވިޔަފާރިއަށް ނުވަންނަކަމެވެ. މީގެ ބަދަލުގައި އެކުންފުނިން ވަނީ މި މަސައްކަތް ކުރުމަށް އެހެން ކުންފުނިތަކަށް ޓްވިޓާ ހުޅުވާލާފައިއެވެ. މީގެ އިތުރުން ޓްވިޓާއިން އެކުންފުނީގެ މަންސާގައި ބިޓްކޮއިން މުއާމަލާތްތައް ތައާރަފްކޮށްފައިވާ އިރު އެކުންފުނީގެ ސީއީއޯ ޖެކް ޑޯސީ އުފައްދާފައިވާ ސްކުއެއާ ކޭޝް އެޕްއަކީވެސް ބިޓްކޮއިން މުއާމަލާތްކުރެވޭ އެޕްލިކޭޝަނެކެވެ.
ބިޓްކޮއިން ޓިޕްސްގެ އިތުރުން ޓްވިޓާއިން ވަނީ އެންއެފްޓީ އޯތެންޓިކޭޝަން އާއި ގުޅޭ މަސައްކަތްތަކެއްވެސް ކުރުމަށް ނިންމާފައިއެވެ. އެގޮތުން މިހާރަށްވުރެ ރަސްމީ ގޮތެއްގައި އެންއެފްޓީ ޓްވިޓާގައި ބޭނުންކުރެވޭނެގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އެކުންފުނިން ވަނީ ހާމަކޮށްފައިއެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް