ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިން ހުޅުމާލެ ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ޕްލޭންތައް ދަނީ ކުރަމުންނެވެ. އެޗްޑީސީއިން މަޢުލޫމާތު ދެއްވާ ގޮތުގައި މިހާރުވެސް ހުޅުމާލެގައި ސްމާޓް ސިޓީގެ ބައެއް އެޕްލިކޭޝަންތައް ބޭނުންކުރަން ފެއްޓުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ.
ސްމާޓް ސިޓީ ތަރައްގީ ކުރުމުގެ މަޝްރޫއުގައި ކުރިއަށް ހުރި ކަންތައްތަކުގައި ބައިވެރިވާނޭ ފަރާތްތައް ހޯދުމަށް އެޗްޑީސީ އިން ވަނީ މިދިޔަ ހަފްތާގައި ހުޅުވާލާފައެވެ.
އެޗްޑީސީއިން މަޢުލޫމާތު ދެއްވި ގޮތުގައި ސްމާޓް ސިޓީއަކަށް ބޭނުންވާނެ ޑިޖިޓަލް ޕްރޮޑަކްޓެއް ނުވަތަ ޚިދުމަތެއް ތަޢާރަފު ކުރަން ވިސްނާ އަމިއްލަ ފަރުދުންނަށް، ކުދި މެދު ފަންތީގެ ވިޔަފާރިތަކަށް ނުވަތަ ބޮޑެތި ކުންފުނިތަކަށްވެސް ޕާރޓްނަރވުމުގެ ފުރުސަތު އެބައޮތެވެ. މީގެ ތެރޭގައި ޕައިލޮޓް ޕްރޮޖެކްތެއްގެ ގޮތުގައި ފައްޓާ، އެތަކެތީގެ ބޭނުންތެރިކަމާއި ކާމިޔާބަށް ބަލާފައި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ތަކެއްޗާއި މިހާރުވެސް އުފައްދާފައިވާ އިތުރަށް ޓެސްޓުކުރުމަށް ބޭނުންވާ ތަކެތިވެސް ހިމެނެއެވެ.
އެފަދަ ޕްރޮޑަކްޓަތައް އުފައްދާ ފަރާތްތަކުން ބޭނުން ލެވެލްއެއްގައި؛ ކުޑަކޮށް ނުވަތަ ބޮޑު ސްކޭލެއްގައި ވެސް ފެށުމުގެ ފުރުސަތު ލިބޭނެކަމަށް އެފަރާތުން މަޢުލޫމާތު ދެއްވައެވެ. އުފައްދަން ޚިޔާލު ކުރާ ޕްރޮޑަކްޓަކާއި ގުޅިގެން އެއްކަހަލަ މަސައްކަތްތަކެއް ކުރާ ގިނަ ފަރާތްތަކެއް ތިބިނަމަ އެކުގައި ކުރަން ބޭނުންވާ ރިސާރޗްކޮށް ޕްރޮޑަކްޓް އުފެއްދުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
މި ޕްރޮގްރާމްގެ ދަށުން ހެދޭ ޕާރޓްނަޝިޕްތަކުގެ ސަބަބުން، އިޖުތިމާއީ ގޮތުން އެންމެންގެ ބައިވެރިވުން ހިމެނޭ އަދި މުސްތަގްބަލުގައި އިނޮވޭޓިވް ޓެކްނޮލޮޖީ ބޭނުންކުރާ ސިޓީއަކަށް ހުޅުމާލެ ވެގެން ދާނެކަމަށާއި، މިޕަރޓްނަޝިޕްވެގެން ދާނީ ސްމާޓް ސިޓީ އުފެއްދުމުގެ މަސައްކަތުގައި ކުރިއަށް އެޅޭ ފިޔަޅަކަށް ކަމުގައި އެޗްޑީސީން އުންމީދު ކުރެއެވެ.
މި އިނީޝިއޭޓިވްގައި ސްމާޓް ސިޓީގެ އެކި އެކި ދާއިރާއަށް ޕާރޓްނަރުން ލިބޭނޭކަމަށް އުންމީދު ކުރައްވާކަމަށް އެއިދާރާއިން ހާމަކުރައްވައެވެ. އޭގެތެރޭގައި ދަތުރުފަތުރު ކުރުމާއި، ވެހިކަލް ޕާކިންގ އާއި ކުނި މެނޭޖުކުރުމުގެ މަސައްކަތާއި ފެނާއި ނަރުދަމާ ފަދަ ދާއިރާތަކާއި އަދި ވެސް އެތަށް ދާއިރާއަކުން އެޕްލިކޭޝަން އުފެއްދުމުގެ ފުރުސަތު އެބަހުއްޓެވެ. އެޗްޑީސީއާއި އެކު ސްމާޓް ސިޓީ ޕާރޓްނަރަކަށް ވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި ލިންކް ބޭނުންކުރައްވައިގެން ރަޖިސްޓަރީ ކުރުމަށް އެފަރާތުން އެދެއެވެ.
ޓެކްނޮލޮޖީގެ އިޖާދީ އުފެއްދުންތަކާއި ޓެކްނޮލޮޖީއާއި ގުޅިގެން ދިމާވާ އިޖުތިމާއި މައްސަލަތަކާއި އަބަދުވެސް ބަދަލުވަމުންދާ މިދާއިރާއާ ބެހޭ ގޮތުން ޝައުގުވެރިވާ ވާހަކަތައް ގެނެސްދިނުމަށް