އައިފޯނު 13 އަދި ރަނގަޅަށް ބާޒާރުގައި ހިނގައިނުގަނެގެން އުޅެނިކޮށް އައިފޯނު 14 ތައާރަފްވެގެންދާނީ މުޅިން އައު ޑިޒައިނަކާއި އެކުކަން ހާމަވެއްޖެއެވެ. 2017 ވަނަ އަހަރު އައިފޯން އެކްސް އައު ޑިޒައިނަކާއިއެކު ބާޒާރަށް ނެރުނުފަހުން މިއިއީ އެޕަލްގެ ފްލެގްޝިޕް ފޯނުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެވޭ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން އައިފޯނު 13 ތައާރަފްކުރިއިރު އެފޯނަށް ބޮޑެތި ބަދަލުތަކެއް އެޕަލްއިން ގެނެސްފައިނުވުމަކީ އައު ކަންތައްތަކެއް ފެނުމުގެ މަލަމަތިކަމަށް ބްލޫމްބާގްގެ އެނަލިސްޓަކު ވަނީ ހާމަކޮށްފައިއެވެ.
ބައެއް ފަރާތްތަކުން ހާމަކުރާ ގޮތުގައި 2022 ވަނަ އަހަރު އައިފޯނު 14 ޕްރޯ ބާޒާރަށް ނެރޭއިރު އެފޯނުގައި ހުންނާނީ އެންޑްރޮއިޑް ފޯނުތަކާއި އެއްގޮތް ފްރަންޓް ކެމެރާއެކެވެ. މީގެ އިތުރުން ޔޫޓިއުބާ ޖޮން ޕްރޮސާ ހާމަކޮށްފައިވާ ގޮތުގައި އޭނާއަށް ވަނީ މިފޯނުގެ ޑިޒައިންތަކެއްގެ ފޮޓޯ ލިބިފައިއެވެ. އެގޮތުން މި އައު މޮޑެލްގެ ފޯނު ވައްތަރުވާނީ އައިފޯނު 4 ކާއިކަމަށްވެސް ރިޕޯޓްތަކުން ބުނެއެވެ.
މީގެ އިތުރުން ބައެއް ރިޕޯޓްތަކުން ބުނާގޮތުގައި އެޕަލްއިން އައިފޯނުގެ އައު ވާޝަންގައި މިނީ އައިފޯނެއް ނުހިމަނާފާނެއެވެ. އޭގެ ބަދަލުގައި އާންމުކޮށް ގެންގުޅޭ ސައިޒުގެ ފޯނަކާއި ޕްރޯ ފޯނެއް އުފައްދަފާނެކަމަށް މިރިޕޯޓްތަކުގައި ބުނެފައިވެއެވެ. މީގެ އިތުރުން ޑިސްޕްލޭގެ އަޑީގައި ޓަޗް އައިޑީ ހިމެނުމަށް އެޕަލްއިން މަސައްކަތްކުރަމުންދާ ކަމަށްވެސް ވަނީ އަޑުފެތުރިފައިއެވެ. ނަމަވެސް 2022 ވަނަ އަހަރަށް މިކަން ކާމިޔާބުވާނެކަން އަދި ޔަގީނެއް ނުކުރެވެއެވެ.
އައު އައިފޯނެއް އެޕަލްއިން ތައާރަފް ކުރާނީ އަދި ގާތްގަނޑަކަށް އަހަރެއްހައި ދުވަސް ފަހުންނެވެ. އެހެން ކަމުން އެޕަލްއިން އެފޯނު އުފެއްދުމުގެ މަސައްކަތް ފެށުމުގެ ކުރިން އަދިވެސް އޭގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް ކޮންމެ ކަހަލަ ބަދަލެއް އައު އައިފޯނަށް ގެނަޔަސް މިހާރު ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާލުމުން އެނގެނީ އައިފޯން 14 އަށް ބޮޑެތި މުހިންމު ބަދަލުތަކެއް އަންނާނެކަމެވެ.
2016 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ތެރޭގައި ހަރަކާތްތެރިވެ ތަފާތު ލިޔުން ލިޔެވިފައިވޭ. ޓެކްނޮލޮޖީގެ ހަބަރުތަކަށް މުޅިން އައު ވިޔަސް މި މަސައްކަތް މި ފެށީ ރައްޔިތުންނާއި ހަމަަޔަށް ޓެކްނޮލޮޖީ ހަބަރު ވީ އެންމެ ތާޒާކަމާއިއެކު ގެނެސްދިނުމަށް