ގޫގަލް މޯބައިލް ސަރޗަށް ކޮންޓިނިއުސް ސްކްރޯލްއާއިއެކު ބޮޑު ކުރިއެރުމެއް!

ޢާއިޝަތު ޝައިހާ 18 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ގޫގުލްގެ މޮބައިލް ސާޗްއަށް އެންމެ ފަހުން ގެނެވުނު އެންމެ ބޮޑު ބަދަލެއްގެ ގޮތުގައި ފާހަގަވެގެން ގޮސްފައިވަނީ، ކޮންޓިނިއުއަސް ސްކްރޮލިންގ ކިޔާ އާ ފީޗާރ އެއް ތައާރަފު ވެގެން ދިޔުމެވެ.

ކުރިން ތިމާ ހޯދަން ބޭނުންވާ މަޢުލޫމާތަކާއި ގުޅޭ 10 ލިންކުތަކުން ކޮންމެ ލިންކަކަށް ވަކި ވަކިން ފިއްތުމުގެ ބަދަލުގައި، މިހާރު ގޫގުލްއިން ޖެހިގެން އިންނަ ވެބްޕޭޖް ވަގުތުން އަމިއްލައަށް ލޯޑުކޮށްދެއެވެ.

މި ކުންފުނިން އުއްމީދުކުރަނީ، މި ފީޗާގެ ސަބަބުން މީހުންނަށް ގިނަ ސާޗް ނަތީޖާތައް ބަލައިލުމުގެ ފުރުޞަތު ލިބޭނެކަމަށެވެ. އަދި މީގެ އިތުރުން ބޮޑެތި މައުޟޫއުތަކާއި ގުޅޭ ސުވާލުތަކަށް ދިގު ލިސްޓެއްގެ ނަތީޖާއެއް ލިބޭނެކަމަށްވެސް ގޫގުލްއިން އުއްމީދުކުރެއެވެ. ބްލޮގް ޕޯސްޓެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އިތުރު މައުލޫމާތު ބޭނުންވާ ގިނަ ފަރާތްތަކުން އާންމުގޮތުގައި 4 ސަފްހާގެ ސާޗް ރިޒަލްޓްތައް ބަލައެވެ. މި އާ ފީޗާއާއި އެކީ، އެންމެންވެސް ދަންނަ 'ޝޯ މޯ' ލިންކު ދެން ފެނިގެން ދާނީ ސީދާ 4 ސަފްޙާއަށް ފަހުގައެވެ. އަނެއް ޞަފްޙާ އަމިއްލައަށް ލޯޑުވަމުން ދާ ވަގުތުގައި ކުޑަކުޑަ އިސްތިހާރެއްވެސް ފެނިގެން ދާނެއެވެ.

ގޫގުލްއިން ބުނާ ގޮތުގައި ފޯނުތަކުން ކުރެވޭ ގިނަ އިނގިރޭސި ހޯދުންތަކުގައި މި އާ ހޯދުމުގެ ތަޖުރިބާ މަގުބޫލު ވަމުން ދާ ކަމަށާއި، ގޫގްލް ސާޗް އެޕާއި ވެބްސައިޓުގައިވެސް މި ކޮންޓިނިއުއަސް ސްކްރޮލިންގ މަސައްކަތް ކުރާ ކަމުގައި ބުނެފައި ވެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.