ސްރީން ފޮހޭ ފޮތިގަނޑަކުން އެޕަލްއަށް ކުރިއެރުމެއް؟

ޢާއިޝަތު ޝައިހާ 19 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޝައްކެއްވެސް ނެތް ގޮތުގައި، އެޕަލްގެ އެންމެ ބޮޑު 'ފުރަތަމަ ފެނިލުމަކީ'، ހޯމަ ދުވަހު މެކްބުކް ޕްރޯ އޯވާހައުލް ވެގެން ދިޔުމެވެ. ހަމަ މިއާއިއެކު، މި ކުންފުނިން ވަނީ، އޭގެ ލޯގޯ އެއް ކަނެއްގައި ފެންނާނެހެން ފަރުމާ ކޮށްފައިވާ ސްކްރީން-ކްލީނިންގ ކްލޯތެއް ތަޢާރަފުކޮށްދީފައެވެ. މީގެ އަގެއްގެ ގޮތުގައި ކަނޑައެޅިފައި ވަނީ 19 ޑޮލަރެވެ.

މި ފޮހޭ ފޮތިގަނޑު، 2012 ވަނަ އަހަރުގެ މެކްތަކާއި އައިފޯނު 6 އަށްވެސް ބޭނުންކުރެވޭ އިރު، މިފޮތިގަނޑު ފަރުމާ ކުރެވިފައިވަނީ ވަރަށް އޮމާން ފޮއްޗެއް ބޭނުންކޮށްގެންނެވެ. މިހާރުވެސް މީގެ އަދަދު މަދުވަމުން ދާއިރު، އެހެން ޤައުމުތަކަށް ނުވަތަ ތަންތަނަށް ފޮނުވުމަށްޓަކައި ގާތްގަނޑަކަށް 3 ހަފްތާއާއި 4 ހަފްތާ ހޭދަވާނެއެވެ. އެމޭޒަންގައި، އެއް ޕްރިމިއަމް މައިކްރޯފައިބަރ ކްލޯތެއް 1.50 ޑޮލަރަށް ލިބެން ހުންނައިރު، މީގެ ސަބަބުން އެޕަލްގެ އާ ފޮހޭ ފޮތިގަނޑު ވެގެންދަނީ އެންމެ މަތީ މާރޖިން ފިޒިކަލް އުފެއްދުމަށެވެ.

އެޕަލް ކުންފުންޏަކީ އެސެސަރީތަކުގެ ބޭނުން ކޮށްގެން އަގުގެ މިންގަނޑުތައް މައްޗަށް ނުވަތަ ތިރިއަށް ޖައްސާލުމުގެ ތާރީޚެއް އޮތް ކުންފުންޏެކެވެ. އެގޮތުން، އައިފޯނަކީ އެންމެ ފުރަތަމަ 1000 ޑޮލަރުގެ ފާހަގައާއި ގާތްވެ އެ އަގު ފަހަނައަޅައިދިޔަ ފުރަތަމަ ސްމާޓްފޯނެވެ. އޭގެ ފަހުން މިއަދާއި ހަމައަށްވެސް އޭގެ މަގްބޫލުކަން އިތުރުވެ، މުޅި މޯބައިލްފޯނުގެ އިންޑަސްޓްރީވެސް އެއާއެކު ދަނީ ކުރިއަރަމުންނެވެ. 2019 ވަނަ އަހަރު އެޕަލްއިން ހެޔޮ ބަދަލުތަކަކާއި އެކީ މެކްބުކް ޕްރޯއެއް ތަޢާރަފުކޮށްފައި ވާއިރު، 50،000 ޑޮލަރުގެ މަތީ ފެންވަރުގެ ކޮންފިގަރޭޝަން އޮޕްޝަންއެއްވެސް އޭގައި ހިމެނިފައި ވިއެވެ. އެއާއެކު އައި ޕްރޯ ޑިސްޕްލޭ އެސްޑީއާރް މޮނީޓަރ 4999 ޑޮލަރަށް، އިތުރު އެއްވެސް ސްޓޭންޑަކާއި ނުލައި ވިކެމުން ދާއިރު، އެޕަލްއިން ވިއްކާ ޕްރޯ ސްޓޭންޑްގެ އަގަކީ އިތުރު 999 ޑޮލަރެވެ.

އެމް-1 މެކްސް ޕްރޮސެސަރއަކާއި، 8 ޓީބީގެ ސްޓޯރޭޖްގެ އިތުރުން ވަރަށް ބޮޑު މެމޮރީއެއްގެ 16 އިންޗީގެ އާ މެކްބުކް ޕްރޯއެއް ގަންނަ ފަރާތްތަކަށް 6000 ޑޮލަރުގެ ސެޓްބެކް އެއް އަތުވުމަކީ އެކަށީގެންވާކަމެކެވެ. ޕޮލިޝިންގ ކްލޯތެކޭ އެއްފަދަ މެޝިނެއް އެއްޤައުމުން އަނެއް ޤައުމަށް ގެންދިޔުމަށް 4 ހަފްތާ ހޭދަވެއެވެ. މި ފޮއްޗާއި ޚިލާފަށް، ލެޕްޓޮޕްގައިވާ 'ކަޓިންގ-އެޖް' ސިފަތަކަކާއި ގާބިލުކަމަށް، އޮންލައިންކޮށް އެތައް ބައެއްގެ ފަރާތުން ހިތްހަމަޖެހޭ ޖަވާބުތަކެއް ލިބިފައި ވެއެވެ.

ކަން މިހެން އޮތް ނަމަވެސް، އެޕަލްގެ މިއަގުކުރުން ބައެއް ފަހަރު އޭގެ ރަނގަޅުގޮތުގައި މަސައްކަތް ނުކުރާތަން ފެނެއެވެ. އެގޮތުން 2015 ވަނަ އަހަރު އެޕަލް ވޮޗް އެޑިޝަންގެ ،18 ކެރެޓު ރަން ކޭސިންގ ގެ ވެއަރަބަލްއެއް ތަޢާރަފުކުރިއެވެ. މީގެ އަގަކީ 17،000 ޑޮލަރެވެ. ނަމަވެސް، ކަސްޓަމަރުން މި އުފެއްދުން ބަލައިގަނެފައި ނުވެއެވެ. އޭގެ ސަބަބެއް ކަމުގައި ވެގެން ދިޔައީ، އަވަހަށް އައުޓްޑޭޓްވެގެންދާނެ އުފެއްދުމަކަށް އެހާ ގިނަ ފައިސާ ޚަރަދުކުރުމުގެ ބޭނުމެއް ނެތް ކަމަށް ދެކުމެވެ.

ފަހުން އެޕަލްއިން އެމީހުންގެ އަތުކުރި ގަޑިތަކުގައި، 'ލަގްޒަރީ' އާއި 'ޕްރެކްޓިކަލިޓީ' އާއި ދެމެދުގައި މެދުމިންގަނޑެއް ހިފެހެއްޓިއެވެ. މިހާރު އެޕަލްގެ ވޮޗް ބޭންޑުތައް 49 ޑޮލަރަށް ލިބެން ހުރިއިރު، އޭގެ އާރމެސް ފޯވް ބަރެނިޔާ ގޯމޭ ޑަބަލް ޓުއާރ ވާރޝަންގެ އަގަކީ 849 ޑޮލަރެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.