ޕޭ ޕާލް އިން 45 ބިލިއަން ޕިންޓްރެސްޓް ގަތުމަށް ހުށަހަޅައިފި

ޢާއިޝަތު ޝައިހާ 21 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޕޭޕާލް ހޯލްޑިންގްސް އިން ޑިޖިޓަލް ޕިންބޯޑް ސައިޓް ޕިންޓްރެސްޓް 45 ބިލިއަން ޑޮލަރަށް ގަންނަން ހުށަހަޅާފައިވާ އިރު، މިކަމާ ބެހޭ މައުލޫމާތު އެނގޭ މީހުން ބުދަ ދުވަހު ބުނީ މިއީ އީ-ކޮމަރސްގައި އިތުރު ފައިނޭންޝަލް ޓެކްނޮލޮޖީ އާއި ސޯޝަލް މީޑިއާ ގުޅުވާލަދޭނެ ކޮމްބިނޭޝަނެއް ކަމަށެވެ.

މި މުއާމަލާތް މިއަގުގައި ކާމިޔާބު ކޮއްފިނަމަ މިއީ 2016 ވަނަ އަހަރު މައިކްރޯސޮފްޓް ކޯޕަރޭޝަން އިން ލިންކްޑްލިން 26.2 ބިލިއަން ޑޮލަރަށް ގަތުމަށްފަހު، ސޯޝަލް މީޑިއާ ކުންފުންޏެއް ގަތުމަށް ހޭދަކުރާނެ އެންމެ ބޮޑު އަދަދަށް ވެގެންދާނެއެވެ.

މި ޑީލްގެ މަޝްވަރާތައް މި ފެށިފައިމިވަނީ އިންޓަނެޓް މެދުވެރިކޮށް ތަކެތި ގަންނަ ފަރާތްތަކުން ސޯޝަލް މީޑިއާގައި ފެންނަ ތަކެތި ގަންނަ މިންވަރު އިތުރުވަމުން ދާ ދަނޑިވަޅެއްގައެވެ. ގިނަ ފަހަރަށް މިފަދަ މީހުން ދަނީ އިންސްޓަގްރާމް އަދި ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި "އިންފްލުއެންސަރުން" ފޮލޯކުރަމުންނެވެ. ޕިންޓްރެސްޓް އާއިއެެކު ފޭޕާލްއަށް އިޝްތިހާރުތަކުން ލިބޭ އާމްދަނީގެ ބޭނުންކޮށް އީ-ކޮމަރސް ފުޅާކޮށް ޑައިވާރސިފައި ކުރުމަށް މަގުފަހިވެގެން ދާނެއެވެ.

އެއް މަސްދަރުން ބުނި ގޮތުގައި ޕޭޕާލް ހިއްސާއަކަށް 70 ޑޮލަރު ޕިންޓްރެސްޓަށް ހުށަހަޅާފައިވާ އިރު، އޭގެ ތެރެއިން ގިނަ ހިއްސާތަކަކީ ސްޓޮކްގެ ގޮތުގައިވާ ހިއްސާތަކެކެވެ. އޮންލައިން ޕޭމަންޓް ޕްރޮވައިޑަރ އުންމީދު ކުރަނީ 8 ނޮވެމްބަރ ގައި ކުއާޓަރލީ އާމްދަނީ ރިޕޯޓް ކުރާ އިރު، ކާމިޔާބު ކަމާއެކު މަޝްވަރާކޮށް ޑީލެއް އިޢުލާން ކުރުމަށް ކަމަށް ވެސް އެ ފަރާތުން ބުންޏެވެ.

އަދި އެއްވެސް ޑީލެއް ގައި ވަކި ކަމެއް ޔަގީން ނުވާ ކަމަށާއި ޓާމްސް ބަދަލު ވެދާނެ ކަމަށް ވެސް މަސްދަރުން ވަނީ އިންޒާރު ދީފައެވެ. އެ މައްސަލަ އަކީ ސިއްރު މައްސަލައަކަށް ވާތީ އެ ބޭފުޅާގެ ވަނަވަރު ހާމަނުކުރުމަށް ވަނީ އެދިފައެވެ. ބްލޫމްބާގް ނިއުސް އިން އެންމެ ފުރަތަމަ އެ ކުންފުނިތަކުގެ މަޝްވަރާތަކާ ބެހޭ ގޮތުން ރިޕޯޓްކުރީ މިދިޔަ ބުދަ ދުވަހު އެވެ.

ޕޭޕާލް ހިއްސާތައް 4.9 އިންސައްތަ ދަށަށް ގޮސް 258.36 ޑޮލަރަށް ވެއްޓުނުއިރު ޕިންޓްރެސްޓްގެ ހިއްސާތައް ވަނީ 12.8 އިންސައްތަ މައްޗަށް ގޮސް 62.68 ޑޮލަރަށް އަރައިފަ އެވެ.

"(މި ކޮމްބިނޭޝަން) ވެގެންދާނީ، ޕޭޕާލް މަރޗަންޓް އަދި ކޮންޒިއުމަރ ޕްލެޓްފޯމްތަކުގެ ދެފަރާތުގައި ވަރަށް މުހިއްމު ކަމަކަށެވެ. ވަކިން ޚާއްޞަކޮށް، ޕިންޓްރެސްޓްގެ ސޯޝަލް ކޮމާރސް ޕްލެޓްފޯމް، ހަނީގެ އޭ.އައި އާއި ޕޭޕާލް ޑެސްޓިނޭޝަން އެޕްގައި އެއްކުރެވިއްޖެނަމަ، މަނިޓައިޒޭޝަން އިނީޝިއޭޓިވްސް ކުރިއަށް ގެންދިޔުމަށް ވަރަށް ބޮޑު ހެޔޮ ފާލަކަށް މިކަން ވެގެން ދާނެއެވެ." ވެޑްބުޝް އެނަލިސްޓް ނޯޓެއްގައި ލިޔެފައި ވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ގިނަ ބަޔަކު ބޭރަށް ނުނިކުމެ އޮންލައިންކޮށް ތަކެތި ގަނެ، ބިލްތައް ދެއްކަމުން ދިޔުމުން، މި ބޮޑު ޕޭމަންޓް ކުންފުނި ވަނީ ބޮޑު ކާމިޔާބީއެއް ހޯދި ކުންފުނިތަކުގެ ތެރޭގައި ހިމެނިފަ އެވެ. މިދިޔަ 12 މަސް ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ހިއްސާތައް ގާތްގަނޑަކަށް 36 އިންސައްތަ އުފުލިފައިވާއިރު، އެ ހިއްސާތަކަށް މާކެޓް ކެޕިޓަލައިޒޭޝަންގެ ގޮތުގައި 320 ބިލިއަން ޑޮލަރާ ގާތްކުރާ އަދަދަކަށް ވަނީ އަރާފަ އެވެ.

2019 ވަނަ އަހަރު ޕިންޓްރެސްޓް އާންމުންގެ ތެރޭގައި މަގްބޫލުވެން ދިޔައިރު، ޕިންޓްރެސްޓްގެ އަގު ގާތްގަނޑަކަށް 13 ބިލިއަން ޑޮލަރަށް އަރައެވެ. އަދި ލޮކްޑައުންގެ ސަބަބުން މީހުން ގޭގައި ތިބެން ޖެހުމުގެ ސަބަބުން، ކްރާފްޓް އަދި ޑީއައިވައި ޕްރޮޖެކްޓުތަކަށް ޚިޔާލު ހޯދަން ބޭނުންކުރާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ލޮކްޑައުންތަކަށް ލުއިތައް ދޭން ފަށާފައިވާއިރު، ޕިންޓްރެސްޓް ވަނީ، ހާއްސަކޮށް އޭގެ އެންމެ ބޮޑު މާކެޓު ކަމަށްވާ އެމެރިކާގައި، ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެގެންދިޔުން މަޑުޖެހެމުންދިއުމުގެ އިންޒާރު ދީފައެވެ. އަދި އާމްދަނީ ކުރިއަރާނެ ކަމަށް ލަފާކުރެވެނީ އާ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ބަދަލުގައި، މިހާރު ބޭނުންކުރާ ފަރާތްތަކާ އެކު އިތުރަށް ގުޅުން ބަދަހިކޮށްގެން ކަމަށް ވަނީ ބުނެފައެވެ.

ރިފިނިޓިވް އައިކޮން ވެލުއޭޝަން މެޓްރިކްސް އިން ބުނާ ގޮތުގައި ސްނެޕް ފަދަ ބައެއް ޒުވާން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ވުރެ ޕިންޓްރެސްޓްގެ ހިއްސާތައް މާކެޓްގައި މާ ރަނގަޅެވެ.

ޕޭޕާލްގެ އޮފަރ އަކީ އަންގާރަ ދުވަހު ޕިންޓްރެސްޓްގެ ނިމުނު އަގުގެ 26 އިންސައްތަ ޕްރިމިއަމް ރަމްޒުކޮށްދޭ އޮފަރއެއް ކަމަށާއި މިއީ ފާއިތުވި 12 މަސްދުވަހުގެ ތެރޭގައި އިންޓްރެސްޓް، ޓެކްސް، ޑިޕްރިޝިއޭޝަން އަދި އަމޯޓިލައިޒޭޝަންގެ ކުރިން މި ސޯޝަލް މީޑިއާ ކުންފުންޏަށް ލިބުނު އާމްދަނީގެ 62 ގުނަ އާ އެއްވަރު ގެ އޮފަރއެއް ކަމަށް އީކޮން އިން ބުނެއެވެ.

އީ-ކޮމާސް އޮފަރޭޝަންތައް ކުރިއެރުވުމަށް ޕޭޕާލް ދަނީ އަބަދުމެ މަސައްކަތް ކުރަމުންނެވެ. 2019 ވަނަ އަހަރު އޮންލައިން ކޫޕަން ފައިންޑަރ ހަނީ ސައިންސް 4 ބިލިއަން ޑޮލަރަށް ގަނެފައިވާއިރު، މިއަހަރުގެ ކުރީކޮޅު ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ "ބައި ނައު ޕޭ ލޭޓަރ" ކުންފުނި ޕެއިޑީ ވަނީ 2.7 ބިލިއަން ޑޮލަރަށް ގަނެފައެވެ. އަދި މިދިޔަ މެއި މަހު ރިޓާން ސާވިސް ޕްރޮވައިޑާ ހެޕީ ރިޓާންސްވެސް ވަނީ ޕޭޕަލް އިން އެކުއަޔަރ ކޮށްފައެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.