އެޕަލްގެ އައު މެކްބުކް ވަރެއް ނެތް!

ހަސަން ޒަޔާން 21 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕަލްގެ އޮކްޓޯރބާރ އިވެންޓްއިން ބެލުންތެރިން ސިއްސުވާލި އައު މެކްބުކް މިހާރު މި ވަނީ މީސް މީޑީއާގެ ޓްރެންޑަކަށް ވެފައެވެ.

މުޅިން އައު އެމް ވަން ޕްރޯ އަދި އެމް 1 މެކްސް ޗިޕް އާއިއެކު އާ ނޮޗެއެއް ލީ ޑިސްޕްލޭ އަކާއި، 2016 ވަނަ އަހަރުގެ މެކްބުކްގައި ހިމެނޭ ޕޯރޓްސްތައް އަބުރާ ގެނައުމާއި، މިދިޔަ އަހަރު މެކްބުކްގައި ހިމެނޭ ޓަޗް ބަރ މިއަހަރު އުނިކުރުމާއި، މިއަހަރު ނެރުނު އައު ޗިޕް ތަކުގެ ބާރުގަދަކަމުގެ ވާހަކަ ދަނީ ވަރަށް ބޮޑަށް މީސްމީޑިއާގައި ދެކެވެމުންނެވެ.

އައު ޑިސްޕްލޭ

މިއަހަރުގެ މެކްބުކްގައި ޑިސްޕްލޭގެ ބެޒެލް ތުނި ވެފައި އައިފޯނުގައި ހިމެނިފައިވާކަހަލަ ނޮޗްއެއް އިދެއެވެ. ނަމަވެސް މި ބެޒެލްގައި ފޭސްއައިޑީ ހިމެނޭ ކަމަކަށް އެޕަލް އަކުން އަދި ހާމަކޮށްފައި ނުވެއެވެ. މި ނޮަޗްގައި ހަމައެކަނި ހިމެނެނީ 1080 ޕީ އެޗްޑީއަރ ކެމެރާއެކެވެ.

ޑިސްޕްލޭ ތަކުގައި 120 ހާރޓްޒް އާއި ހަމައަށް ޕްރޯމޯޝަން އެޑެޕްޓިވް ރިފްރެޝް ރޭޓަކާއެކު އެކްސްޑީއާރ މިނީ-ލެޑް ޑިސްޕްލޭ އަކާ އަދި، 21 ގަޑިއިރުގެ ބެޓެރީ ލައިފް، 8 ކޭ ސްޓްރީމް ޕްލޭބެކް އަދި އިތުރު އެތައް ކަމެއް ހިމެނެއެވެ.

ޕޯރޓްތައް

ޕޯޓްތައް ނެތުމުގެ ޝަކުވާ އެތައް އަހަރެއް ވަންދެން ކުރުމަށްފަހު، އާ އެމް 1 ޕްރޯ އަދި އެމް 1 މެކްސް ޗިޕް ހިމެނޭ މެކް ޕްރޯ މޮޑެލް ތަކުގައި 2016 ވަނަ އަހަރު އެޕަލް އިން އުނިކުރި ގިނަ ޕޯޓްތަކެއް ހިމަނައިފައި ވެއެވެ.

އޭގެ ތެރޭގައި އެޗްޑީއެމްއައި ޕޯޓަކާއި އެސްޑީ ކާޑް ސްލޮޓަކާއި މެގްސޭފް ހިމެނެ އެވެ. މި ދެ މޮޑެލްގައި ވެސް ތިން ތަންޑަރބޯލްޓް 4 ޕޯޓް ހިމެނެއެވެ.

މި ތަންޑާރބޮލްޓް 4 ޕޯޓްތަކުން އެމް ވަން ޕްރޯ އަދި އެމް ވަން މެކްސް ޗިޕާއެކު އެކްސްޓާނަލް 2 ޑިސްޕްލޭ ކަނެކްޓް ކުރާއިރު 6K ރިޒޮލިއުޝަނާ ހަމައަށް ހެޗްޑީއާރ ސަޕޯޓް ކުރުމުގެ ބާރު މި މޮޑެލްތަކަށް ލިބިގެންދާނެ އެވެ.

އެޕަލްގެ ޓެކް ސްޕެކްސް އިން ކަށަވަރުކޮށްދޭ ގޮތުގައި އެޗްޑީއެމްއައި ޕޯޓަކީ އެޗްޑީއެމްއައި 2.1 ގެ ބަދަލުގައި އެޗްޑީއެމްއައި 2.0 އެވެ.

އެޕަލް އިން ޔޫއެސްބީ ޓައިޕް ސީ ޗާޖާރ ރިމޫވް ކޮށްލައި 2016 ވަނަ އަހަރުގެ މެކްބުކްގައި ހިމެނޭ މެގްސޭފްގެ އާ ވާޝަން އެއްވަނީ މިއަހަރުގެ މެކްބުކް ގައި ތަޢާރަފްކޮށްފައެވެ.

ކީބޯރޑް

މެކްބުކްގެ އައު ކީބޯރޑްގައި މެކްބުކްގައި ޓަޗްބަރ ރިމޫވްކޮށް އެޕަލްއިން ވަނީ 2016 ވަނަ އަހަރުގައި ހިމަނާފައިވާ ފަންކްޝަންކީސްތައް އަލުން މިއަހަރުގެ މެކްބުކްއަށް ގެނެސްފައެވެ. އަދި މި ކީބޯރޑް ގަ ޓަޗް އައިޑީވެސް ހިމެނިގެން ދެއެވެ. (ފިންގަރޕްރިންޓް)

ޓަޗްބަރ އެޕަލް އިން ރިމޫވްކުރީ ގިނަ މެކް ޔޫޒަރސްގެ ފީޑްބެކާއި ގުޅިގެންނެވެ. އެއީ ޓަޗްބަރ މެކް ޔޫޒް ކުރާއިރު އެހާ ޔޫޒް ފުލް ނުވުމުންނެވެ. އަދި 2020 ވަނަ އަހަރު ޓަޗްބަރ ތައާރަފު ކުރުމުން ގިނަ ފަރާތްތަކުން ޓެސްޓް ކޮށް ވަރަށް ނެގެޓިވް ކޮމެންޓްތައް އެޕަލްއަށް ވަނީ ލިބިފައެވެ.

އެމް 1 ޕްރޯ އަދި މެކްސް ޗިޕް

އެޕަލްގެ އެމް 1 ޕްރޯ ޗިޕް އަދި މެކްސް ޗިޕް އަށް ބަލާލާއިރު، 2020 ވަނަ އަހަރު ނެރުނު އެމް ވަން ޗިޕް އެންމެ ރަނގަޅު ޗިޕް އަށް ގިނަ ޓެކް ޔޫޓިއުބަރސް އަދި ޓެކްރިސާރޗާސް ބަލާފައިވާ އިރު، މިއަހަރު ނެރުނު މި ޗިޕްއަކީ މިހާތަނަށް އެޑިޓިންގ އަށާއި ހުރިހާ މަސަައްކަތަކަށް ނެރުނު އެންމެ ވަރުގަދަ ޗިޕްކަމަށާއި މި އެމް ވަން ޕްރޯ އަދި އެމް ވަން މެކްސް ޗިޕްއަކީ އިންޓެލްގެ ގިނަ ސީޕީޔޫ ކޯރސްތަކެއް ވެސް ބީޓް ކުރާނެ ޗިޕް އެއްކަމަށް ޓެކް ރިސާރޗާސް އަދި ގިނަ ޔޫޓިއުބަރސް ދެކެއެވެ.

މެކްބުކް ޕްރޯގެ އާ މޮޑެލްތަކަށް މިހާރު އޯޑަރު ކުރެވޭނެ އެވެ. 14 އިންޗީގެ މޮޑެލްއަކަށް 1999 ޑޮލަރަށް އަދި 16 އިންޗީގެ މޮޑެލްއަކަށް 2499 ޑޮލަރަށް އަގުގައެވެ. މި ވަރުގަދަ މެކްބުކްތައް ކަސްޓަމަރުންނާ ހަމައަށް ޑެލިވަރ ކުރަން ފަށާނީ އޮކްޓޯބަރު 26 ވާ އަންގާރަ ދުވަހުއެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.