ޑީޖޭއައިގެ އައު ރޮނިން 4ޑީ ސިނެމާކެމެރާ

ޙުސައިން ދީމް މުޙައްމަދު 22 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޑީޖޭއައި އިން ހާމަކޮށްފައިވާ ގޮތުގައި އަލަށް ބާޒާރަށް މިނެރޭ 4ޑީ ސިނެމާކެމެރާއަކީ އިތުރަށް ތޫނުފިލި، ހަލުވި އަދި އިތުބާރު ހިފޭ ފޯކަސް ދޭނެ ކަމުގެ ވައުދާ އެކު ބިލްޓް-އިން 4-އެކްސިސް ގިމްބަލް، 8ކޭ ރިޒޮލިއުޝަން އަދި ލައިޑާރ ރޭންޖްފައިންޑަރެއް ހިމެނޭ ސިނަމާ ކެމެރާ ސިސްޓަމެކެވެ. 7199 ޑޮލަރުން އަގުފެށޭ މިކެމެރާ، މިއީ ޕްރޮފެޝަނަލް ފަރާތްތަކަށް އަމާޒުކޮށްގެން ނެރިފައިވާ ޕްރޮޑަކްޓެކެވެ. މިކެމެރާއަކީ ގިމްބަލްސް އާއި ކެމެރާ ޓެކްނޮލޮޖީގައި ޑީޖޭއައިގެ ޓެކްނޮލޮޖިކަލް ކުޅަދާނަކަން ދައްކުވައިދޭ އުފެއްދުމެކެވެ.

"ޒެންމުސް އެކްސް 9" ކެމެރާ އަކީ ހަމައެކަނި ރޮއިން 4ޑީ އަށް ހާއްސަ ކެމެރާއަކަށް ވާއިރު، ކެމެރާ އުފައްދާ ފަރާތްތަކަށް މިއުފެއްދުމުން "ހުއްޓުމެއް" އަތުވެދާނެއެވެ. މިކެމެރާއަކީ ޑީޖޭއައިގެ ޑީއެލް ނުވަތަ ލެއިކާ އެމް ލެންސް (އެޑަޕްޓަރ މެދުވެރިކޮށް އެހެން މިރަލެސް ލެންސްތަކާއެކު) ބޭނުން ކުރެވޭނެ ފުލްފްރޭމް އިންޓަޗޭންޖަބަލް މޮޑެލްއެކެވެ. އަދި އެކްސްޕޮޝަރ ކޮންޓްރޯލް ކުރުމަށް ނުވައަށް ވުރެ މަދު ނޫން އަދަދެއްގެ ބިލްޓް-އިން ނިއުޓްރަލް-ޑެންސިޓީ (އެންޑީ) ފިލްޓަރު ވެސް ހިމެނޭ މޮޑެލް އެކެވެ.

މިކެމެރާ ލިބެން ހުންނާނީ 6ކޭ ނުވަތަ 4ކޭ މޮޑެލްއެއްގެ ގޮތުގައެވެ. 6ކޭ މޮޑެލްގައި 60fps ހޭންޑްލް ކުރެވޭއިރު، 4ކޭ މޮޑެލްގައި 120fps ހޭންޑްލް ކުރެވޭނެއެވެ. މީގެ އިތިރުން 75 އެފްޕީއެސް ޕްރޮޑަކްޝަންގައި އެންމެ ގިނަ ފްލެކްސިބިލިޓީ އަށް ފުރުސަތު ދެވޭ RAW، ޕްރޯރެސް ނުވަތަ H.264 އިން ފައިލްތައް ކެޕްޗާ ކުރެވޭ ފީޗަރ ހިމެނޭ މޮޑެލްއެއްމެއެވެ. ޑީޖޭއައިއިން ބުނާ ގޮތުގައި މިކެެމެރާގެ ޑައިނަމިކް ރޭންޖުގެ 14 ސްޓޮޕެއް ހުންނަ އިރު، މިކެމެރާގައި ހިމެނޭ ޑުއަލް-ނޭޓިވް 800/5000 އައިއެސްއޯގެ ސަބަބުން ލޯ-ލައިޓްގައި މިކެމެރާ މަސައްކަތްކުރާލެއް ރަނގަޅުވާނެއެވެ.

މިކެމެރާގައި ހިމެނޭ ޖިމްބާލް އަކީ ހަމަ އެކަނި ޒެޑް-އެކްސިސް ސްޓެބިލައިޒޭޝަން އެންމެ ފުރަތަމަ ދޭ އެއް ގިމްބަލް ކަމަށް ޑީޖޭއައި އިން ބުނެ އެވެ. މީގެ ބޭނުމަކީ ކެމެރާ އޮޕަރޭޓަރަކު ހިނގާފައި ނުވަތަ ދުވެފައި ދާއިރު، ވާޓިކަލް ޖާރިންގް މަދުކުރުމެވެ. ކުރީގެ ކެމެރާތަކުން ވާޓިކަލް ޖާރިންގް މަދުކުރުން މިއީ ފުދޭވަރެއްގެ ހުނަރުވެރިކަމެއް ބޭނުންވާ ކަމެކެވެ. މިގޮތުން ވާޓިކަލް ޖާރިންގް މަދުކުރުމަށް އެހީވެދޭ ރޮނިން 4ޑީގެ ސިފަތަކަކީ، އެކެމެރާގެ ނިސްބަތުން ކުޑަ ސައިޒާއި، ލެންސާއި ސްޓޯރޭޖް ކާޑު ނުހިމަނައި 4.67 ކިލޯ ގެ ބަރުދަނެވެ.

ރޮނިން 4ޑީގެ ޑާޓާއަށް ބޭނުންކުރަނީ ޑައުންވާޑް ޓައިމް އޮފް ފްލައިޓް (ޓީއޯއެފް) ސެންސަރާއި، ފޯވާޑް އަދި ޑައުންވާރޑް ޑުއަލް ވިޝުއަލް ސެންސަރުގެ އިތުރުންް ބިލްޓް އިން އައިއެމްޔޫ އަދި ބެރޯމީޓަރެކެވެ. އަދި ޑީޖޭއައިގެ ކޮންޒިއުމާ ގިމްބަލްސް އާއި ޑްރޯންތަކުން ފެނުނު ފަދަ އެކްޓިވްޓްރެކް ޕްރޯ ރޮނަން 4ޑީގައި ބޭނުންކުރުވެއެވެ. މިއީ އޭއައި ފްރޭމިންގް އަދި ޓްރެކިންގް ބޭނުންކުރާ ކޮމްޕޯނެންޓެކެވެ.

ރޮނަން 4ޑީގެ ލައިޑާރ ފޯކަސްކުރާ ނިޒާމަށް ބަލާއިރު، މިނިޒާމުން "43،200 ރޭންޖިންގް ޕޮއިންޓުން 10 މީޓަރާއި ހަމައަށް ވާސިލްވުމުގެ ކުޅަދާނަކަން ލިބެއެވެ. މީގެ ސަބަބުން ލޯ-ލައިޓް މާހައުލުތަކުގައިވެސް، ސަބްޖެކްޓުތައް އަވަހަށް އަދި ރީއްޗަށް ލޮކޭޓްކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ޑީޖޭއައިއިން ނެރުނު ޕްރެސް ރިލީޒެއްގައި ބުނެފައިވާގޮތުގައި، ކެމެރާއިން ބޭނުންކުރާ އެހެން އޮޓޯފޯކަސް ޓެކްނޮލޮޖީއެއްގެ ވާހަކަ ހިމަނާފައި ނުވިއަސް ރޮނިން 4ޑީއަކީ އިންސާނުންގެ މޫނާއި ބޮޑީ ރިކޮގްނައިޒްކުރާށާއި ސަބްޖެކްޓެއްގެ ފްރޭމްކުރަންޖެހިއްޖެނަމަ އެކަމަށް އެހީތެރިވެދޭ ޓެކްނޮލޮޖީއެކެވެ. އަދި މި ނިޒާމުގެ ސަބަބުން ސާފޭސް ޓެކްސްޗާސް އަށް ބަރޯސާވުމެއް ނެތި ނުވަތަ ހަވާސާތައް ހޯދުމުގެ މައްޗަށް ބަރޯސާނުވެ، ދުރުމިން މިންކުރުވޭނެއެވެ. އޭގެ މާނައަކީ ކޮންޓްރާސްޓް ޑިޓެކްޓް އޭއެފް ބޭނުން ނުކުރާ ކަން ވެސް ފާހަގަކޮށްފައިވެ އެވެ.

މިސިސްޓަމްއިން ސަޕޯޓުކުރާ އެކި ފޯކަސްތަކުގެ ތެރޭގައި، ފުލްއޮޓޯ ފޯކަސް، މެނުއަލް ފޯކަސް އަދި އޮޓޮމޭޓަޑް މެނުއަލް ފޯކަސް ހިމެނެއެވެ. ފަހުން މިދެންނެވުނު އޮޓޮމޭޓަޑް މެނުއަލް ފޯކަސްއަކީ، އޭގެ އަލީގައި ވަރަށް ސީދާކޮށް ފޯކަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ ފީޗާއެކެވެ. އޮޓޮމޭޓަޑް މެނުއަލް ފޯކަސް ބޭނުންކުރާއިރު އޮޕަރޭޓަރު މާބޮޑުކަމެއް ކުރާކަށް ނުޖެހޭނެއެވެ. ކެމެރާއިން ފޯކަސް ކޮށްދޭނެއެވެ. އެކަމަކު އެއްވެސް ދަނޑިވަޅެއްގައި ބަދަލެއް ނުވަތަ އެޖަސްޓްމަންޓެއް ގެންނަން ޖެހިއްޖެނަމަ، ސިސްޓަމްއަށް ގޮތެއްނުވެ އޮޕަރޭޓަރަށް އޭތި ބަދަލުކުރެވިދާނެއެވެ.

ރޮނިން 4ޑީގައި ހިމެނޭ އިތުރު ފީޗާތަކުގެ ތެރޭގައި 20،000ހަށް ވުރެ ގިނަ ފޫޓުގެ ދިގުދުރުމިންތަކުގައިވާ ރިމޯޓް މޮނިޓަރތަކަށް 1080/60pގެ ފީޑް ފޮނުވޭނެއެވެ. އަދި މިކެމެރާގައި ތިން ސްޓޯރޭޖް މެތަޑެއް ހިމެެނެއެވެ. އެއީ ޔޫއެސްބީ އެސްއެސްޑީ، ސީއެފްއެކްސްޕްރެސް ޓައިޕް-ބީ އަދި ޑީޖީއައިގެ ޕްރޮޕަޓީ ޕްރޮއެސްޑީ 1ޓީބީއެވެ. މިކެމެރާގެ އިންބިލްޓް މައިކްރޮފޯނާއެކު 3.5 މިލިމީޓަރުގެ މައިކް ޕޯޓް އަދި އެކްސްއެލްއާރް ޕޯޓްމެދުވެރިކޮށް އެކްސްޕެންޝަން ޕްލޭޓެއްފޯރުކޮށްދެވޭނެެއެވެ. އަދި 2.5 ގަޑިއިރުގެ ޝޫޓިންގް ހިމެނޭ ބެޓެރީއެއް ހިމެނެއެވެ.

6ކޭ ކެމެރާއަކާއެކު ރޮނިން 4ޑީ ގެ އަގަކީ 7199 ޑޮލަރަށް ވާއިރު، 8ކޭ މޮޑެލްގެ އަގަކީ 11499 ޑޮލަރެވެ. މި ދެ މޮޑެލްވެސް އެކުލެވިގެންވަނީ ގިމްބަލް، ކެމެރާ، ލައިޑާރ ރޭންޖް ފައިންޑަރ، މޮނިޓަރ، ހޭންޑް ގްރިޕްސް، ޓޮޕް ހޭންޑްލް، އުފުލާ ކޭސް އަދި ބެޓެރީ ހިމެނޭގޮތަށެވެ. މިއީ އަގުބޮޑު އުފެއްދުމެއްކަމުގައި ވީނަމަވެސް، ބައެއް އެހެން ސިނަމާ ކެމެރާ ސިސްޓަމްތަކަށް ވުރެ އަގުހެޔޮއެވެ. 8000 ޑޮލަރަށްވުރެ ބޮޑުކޮށް ވިއްކޭ ޑީޖޭއައިގެ ރޮނިން 2 ސިނަމާ ސްޓެބިލައިޒަރ އަކީ އެއްވެސް ކެމެރާއެއް ނެތި ހިންގޭ މޮޑެލްއެކެވެ.


ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.