ޓްވިޓަރ އިން އެންމެނަށްވެސް ސްޕޭސް ބޭނުންކުރެވޭ ގޮތް ހަދަނީ!

ޢާއިޝަތު ޝައިހާ 23 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

ޓްވިޓާއިން އެންމެ ފުރަތަމަ ސްޕޭސް ލޯންޗުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކްލަބްހައުސްގެ ކާމިޔާބީ ގެ މައްޗަށް އޯޑިއޯ-ސެންޓްރިކް ޗެޓްރޫމްތަކުގެ އަމިއްލަ ވާޝަންއަކާއެކު ކުރި ހޯދުމުގެ މަގުސަދުގައެވެ. ނަމަވެސް ހަޤީޤަތުގައި ސްޕޭސް ހޯސްޓް ކުރުމުގެ ގާބިލްކަން ޓްވިޓާ ބޭނުންކުރާ ފަރާތްތަކަށް ލިމިޓްކުރީ 600 ފޮލޯވަރުން ނުވަތަ އެއަށް ވުރެ ގިނަ ފޮލޯވަރުން ތިބި ޓްވިޓާ ޔޫޒަރުންނަށެވެ. މިހާރު، ގާތްގަނޑަކަށް އެއް އަހަރު ފަހުން، ޓްވިޓާ އިން އެންމެ ފަހުން ޓްވިޓަރ ބޭނުންކުރާ ހުރިހާ އެންމެނަށް ސްޕޭސް ހޯސްޓް ކުރުމުގެ ގާބިލްކަން ދޭން ވަނީ ނިންމާފައެވެ.

ކޮންމެއަކަސް އޭޕްރީލް މަހު އަލުން ސްޕޭސް އެއް ފަށާނެ ކަމަށް ވައުދުވި ނަމަވެސް ޓްވިޓާ އޮތީ އަމިއްލަ ޝެޑިއުލްގައި ތަންކޮޅެއް ފަހަތުގަ އެވެ. ސްޕޭސް ޓީމުން މި ބަދަލު އިއުލާނު ކުރުމަށް ޓުވީޓެއް ފޮނުވާފައިވާއިރު، އެންޑްރޮއިޑް އަދި އައިއޯއެސް ގައި ބޭނުންކުރާ ފަރާތްތަކަށް މިހާރު ސްޕޭސް ހޯސްޓް ކުރެވޭނެކަން ވަނީ ފާހަގަކޮށްފައެވެ.

މުޅި އަހަރު ތެރޭގައި ޓްވިޓާ އިން ދަނީ ސްޕޭސްއަށް އާ ގިނަ ފީޗާސްތަކެއް ދޫކޮށްލައި، ކޯ-ހޯސްޓުންނާއި 10 ސްޕީކަރު އިތުރު ކުރުމުގެ ގާބިލްކަން ވެސް ދެމުންނެވެ. އެއީ ސްޕާކް ޕްރޮގްރާމް ނަމަކަށް ކިޔާ ސްޕޭސް ކްރިއޭޓަރުންނަށް ފަންޑެއް ހަދައި، ޓިކެޓު ދިން ސްޕޭސް ވެސް ޕައިލެޓްކޮށް، އެހެން ގޮތަކަށް ބުނާނަމަ އޯޑިއޯ ރޫމްތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ، އެތެރެވުމަށް ފައިސާ ދައްކަން ޖެހޭ ގޮތަށް ހަދާފައިވާ ފަންޑެކެވެ. މި ހިދުމަތް ބޭނުންކުރާ ފަރާތްތަކަށްވެސް ނުދެވި ހުރީ އެއް ކަމެކެވެ. އެއީ އަމިއްލަ ރޫމްއެއް ބޭއްވުމުގެ އިހްތިޔާރެވެ.

ކްލަބްހައުސް އިން މިދިޔަ ޖުލައި މަހު އިންވައިޓް-އޮންލީ ސްޓޭޓަކުން ނުކުތް އިރު، އެ ދުވަހުން ފެށިގެން މޯބައިލް ޔޫޒަރުންނަށް އެޕް އެކި ގޮތްގޮތަށް ބޭނުންކުރެވޭނެ ގޮތް ވަނީ ވެފަ އެވެ. ޓްވިޓާއިން މިހާރު ހަމައެކަނި އިމްތިޔާޒުތައް ބޭއްވުމުގައި އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއެކު، މި ފީޗާ ބޭނުން ކުރަން ޝައުގުވެރިވާ މީހުން ހޯދުމަށް މުހިންމު ދޮރެއް ގެއްލިދާނެއެވެ. ސްޕޭސް ބޮޑުވަމުން އަންނަ އިރު، ކްލަބްހައުސްގެ މަރު އަވަސްވާނެ ހެއްޔެވެ؟ ނުވަތަ ސްޓޯރީސް ކަހަލަ ފްލީޓްތައް ފަދަ ފަޅު ފީޗާއެއްގެ ގޮތުގައި އެކަން ނިމުމަކަށް އަންނާނެ ހެއްޔެވެ؟ މިކަން ކަމުގެ ޖަވާބު ބިނާވެފައި އޮތީ މި ހިދުމަތް މަޤްބޫލުވެގެންދާ މިންވަރަކަށެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.