އެޕަލްގެ އާ މެކްބުކްގެ އަންބޮކްސިންގ ވީޑިއޯ އެއް ލީކް ވެއްޖެ

ހަސަން ޒަޔާން 24 އޮކްޓޯބަރު 2021
ކޮމަންވޮއިސްގެ އެހީގައި މިލިޔުން ކިޔާލާ

އެޕަލް އިން 2021 ވަނަ އަހަރުގެ އާ މެކްބުކް ޕްރޯގެ މޮޑެލްތައް އޮކްޓޯބަރު 26 ވާ އަންގާރަ ދުވަހު ޑެލިވަރކުރުމަށް ތައްޔާރުވެއްޖެ އެވެ.

ނަމަވެސް ރަސްމީކޮށް ޑެލިވަރ ކުރަން ފެށުމުގެ ކުރިން ބައެއް ރީސެލަރުން ވަނީ ސޯޝަލްމީޑިއާގައި ވަރަށް ކުރީކޮޅު އަންބޮކްސިން ވީޑިއޯތައް ލީކުކޮށްފަ އެވެ.

ތިރީގައި މިވާ ވީޑިއޯއިން ފެންނަނީ 16 އިންޗީގެ އައު މެކްބުކް ޕްރޯ އަންބޮކްސް ކުރާ މަންޒަރެވެ.

އައު މެކްބުކް ޕްރޯ އަންބޮކްސިންގ ލީކް - އެނޮނީމަސް ގޭމަރ

14 އިންޗީގެ މެކްބުކް ޕްރޯގެ ކުރު އަންބޮކްސިން ވީޑިއޯއެއް ތިރީގައި އެވަނީއެވެ. އެޕަލް ރީސެލަރ ބުނަނީ ހީކުރި ގޮތާ ހިލާފަށް މި މެކްބުކް ކުރީ މެކްބުކް އާއި އަޅާކިޔާއިރު ވަރަށް ތަފާތުކަމަށެވެ.

ކުރު އަންބޮކްސިންގ އެއް - އޭ.އެސް ޗެނަލް

މި އަންބޮކްސިން ވީޑިއޯތައް ފެނުމަށްފަހު އިނގިގެން ގޮސްފައިވަނީ ޑިސްޕްލޭ ނޮޗް އަކީ ބޭނުން ކުރުމުގައި، ހާއްސަކޮށް ވެބް ބްރައުޒް ކުރާއިރު ފާހަގަކޮށްލެވޭ އެއްޗެއް ނޫނެވެ. އާ ޑިސްޕްލޭ 'ނޮޗް' ހިމެނިފައިވަނީ 120Hz ގެ އާ ޑިސްޕްލޭގެ ވަށައިގެން ތިނެސްކަން ބެޒެލްގެ ބޭނުމުގައެވެ.

ރަސްމީކޮށް ލޯންޗުކުރުމުގެ ކުރިން ވަގުތު ކުޑަތަންވެފައި ވާއިރު އެޕަލްގެ އާ މެކްބުކް ޕްރޯ ތަކުގެ އަންބޮކްސިންގ ވީޑިއޯތައް ސޯޝަލްމީޑިއާ ގައި އިތުރަށް ފެތުރޭނެ ކަމަށް ލަފާކުރެވެއެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.