އެޕަލް އެޕް ސްޓޯރ އިން 2 ގައިޑްލައިން އެއް އަޕްޑޭޓް ކޮށްފި

ހަސަން ޒަޔާން 24 އޮކްޓޯބަރު 2021

ޓެކްކްރަންޗް އިން ބުނާ ގޮތުގައި ހުކުރު ދުވަހު އެޕަލް އިން ވަނީ އެޕްސްޓޯރ ގެ 2 ގައިޑްލައިން އަކަށް އަޕްޑޭތް ގެނެސްފައެވެ.

ފުރަތަމަ އަޕްޑޭޓް އަކީ ޑިވެލޮޕަރުންނަށް ސީދާ ކަސްޓަމަރުންނާ އޯލްޓަރނޭޓިވް ޕޭމަންޓް މެތަޑްސް ލުމުގެ ފުރުސަތު ދިނުމެވެ.

ދެވަނަ އަޕްޑޭޓް އަކީ ޑިވެލޮޕަރުންނަށް އެ ޑިވެލޮޕާރގެ އެޕް ބޭނުންކުރާ ފަރާތްތަކުގެ ނަމާއި އީމެއިލް ފަދަ މައުލޫމާތު ހޯދުމަށް އެދުމުގެ ހުއްދަ ދިނުމެވެ، މި ރިކުއެސްޓް ފޮނުވުމުން އެ ރިކުއެސްޓް ފުރިހަމަކުރާ ޔޫޒަރުންގެ ޑީޓެއިލްސް އެ އެޕެއްގެ ޑިވެލޮޕާރ އަށް ލިބި ކޮންޓެކްޓް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މިގޮތަށް އޯލްޓަރނޭޓިވް ޕޭމެންޓް ޔޫޒް ކުރިޔަސް އެޕަލް އިން އެ ޑިވެލޮޕަރަކު އަތަކުންނެއް ކޮމިޝަން އެއް ނުނަގާނެއެވެ.

މިހެން އެޕަލް އިން މި ގައިޑްލައިންސް ތައް އަޕްޑޭޓް ކުރަން ޖެހުނީ 2019 ވަނަ އަހަރު އެމެރިކާގެ ޑިވެލޮޕަރުންގެ ބޭންޑަކުން އެޕަލްއާ ދެކޮޅަށް ކްލާސް-އެކްޝަން ދައުވާއެއް މިކަމާ ގުޅިގެން ކުރުމުގެ ސަބަބުންނެވެ.

މި ބަދަލުތަކަކީ އެޕްސް ތަކުގެ ޑިވެލޮޕަރސް އަށް ވަރަށް މުހިއްމު އަދި ފަސޭހަ ވާނެ ބަދަލުތަކެކެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.