ގޫގަލް ޕިކްސަލް 6 ގެ ކެމެރާ، އޭއައި ގެ ޖާދޫއިން ފުރިފައި

އާހިލް އާސިމް އަބްދުالله 24 އޮކްޓޯބަރު 2021

މިހަފްތާގައި ކުރިއަށް ދިއަ ޕިކްސަލް 6 އިފްތިތާހު ކުރުމުގެ އިވެންޓްގައި ގޫގަލް އިންވަނީ އާޓިފިޝަލް އިންޓެލިޖެންސް ޕަވާރޑް ކެމެރާތަކުގެ ޖާދޫ ދައްކާލާފައެވެ. އޭގެތެރޭގައި ފޮޓޯބޮމާރސް ފުހެލުމާއި، ބްލާރ ކުރުމާއި މީހާގެ ހަމުގެ ކުލަ އަސްލާއި ވީހާވެސް ވައްތަރުކުރުން ފަދަ ކަންކަން ހިމެނެއެވެ.

ބާޒާރުގައި $599 އަށް އުޅޭޭ ޕިކްސެލް 6 އާއި، 899$ އަށް އުޅޭ ޕިކްސެލް 6 ޕްރޯ ގެ ކެމެރާގައި މެޝިން ލެނގުއޭޖް(އެމްއެލް) ހިމަނާފައިވާއިރު މީގެ ސަބަބުން އެކްސްޕޯޝާ އިން ފެށިގެން ހުރިހާކަމެއްގައި ހެން އެމް.އެލް ގެ ދައުރެއް ވަނީ ހިމަނާފައެވެ.

އިމޭޖިން ހާރޑްވެއާ އެކޭ އެއްފަދައިން ޕިކްސަލް ކެމެރާއަކީޗެސް އޭއައި އިންޖީނުތަކެވެ. މިހުރިހާކަމެއް މަގުފަހިވެގެންދަނީ ގޫގަލްގެ އާ އަމިއްލަ ޗިޕް ކަމަށްވާ ގޫގަލް ޓެންސާރ ޕްރޮސެސާރގެ ސަބަބުންނެވެ. ގޫގަލް އިން ޗިޕް ޑިޒައިން ކޮށްފައިވަނީ ސީ.ޕީ.އޫ ކޯތަކާއި އޭ.އައި އެކްސެލެރޭޝަންއާއި އެކީ މަސްހުނިކޮށްގެނެވެ.

ގޫގަލް އޭ.އައި ކެމެރާއިން ފޭސް އެސްއެސްޑީ ހިމެނެއެވެ. މީގެއިން މޫނުތައް ކެމެރާއިންދެނެގަނެ ފޯންގެ ބްރައިޓްނެސް އެކަށީގެންވާ މިނަކަށް ބަދަލުކޮށްލައެވެ. މީގެ އިތުރުން ވީޑިއޯތަކުގައި ސަބްޖެކްޓް ޓްރެކިން އަށް ވެސް އޭއައި ބޭނުން ކުރެއެވެ. އަތް ތުރުތުރު އަޅާއިރު ހުންނަ ގުޑުންތައް އޭއައި އިން ރަނގަޅުވެސް ކޮށްދެއެވެ. އަދި މީގެ ކުރިން މީހަކު ފޮޓޯނަގައިފައިވާނަމަ އެމީހާ ދެނެގަނެއެވެ.

އަދި ގޫގަލްގެ އެޗްޑީއާރް ޓެކްނޮލޮޖީ އާއި އޭއައި ޓެކްނޮލޮޖީގެ ބޭނުން ސްޓިލް ފޮޓޯތަކަށް ބޭނުންކުރެއެވެ. އޭރުން ފޮޓޯއާއި ވީޑިއޯތަކުގެ ކޮލިޓީ ރަނގަޅުކޮށް އެކްސްޕޯޝަރވެސް ރަނގަޅުކޮށްދެއެވެ.

ރޭގަނޑު ފޮޓޯނަގާނަމަ ލޯލައިޓް ރިޒުލިއުޝަން ޓެކްނީކް ބޭނުންކޮށްގެން ފޮޓޯނެގެއެވެ. މީގެ ސަބަބުން ތަރިތަކުގެ ފޮޓޯތައްވެސް ވަރަށް ސާފުކޮށްނެގެއެވެ.

ޕިކްސަލް 6 ގައި ކެމެރަގެ ހާރޑްވެއާވެސް ވަރަށް ތަފާތެވެ. މީގެ ސަބަބުން ފޮޓޯ އިމޭޖް ކޮލިޓީ ކުރިއަށްވުރެ ރަނގަޅެވެ. ޕިކްސެލް 6 ޕްރޯގެ ކެމެރާގައި ×4 ޓެލެފޮޓޯ ލެންސް އެއްހުރެއެވެ. މީގެ ފޯކަލް ލެންތްއަކީ 16އެމްއެމް، 25އެމްއެމް އަދި 25އެމްއެމްއެވެ. އެއީ 0.7×،1.7× އަދި 4× ގެ ކެމެރާ އިންޓަފޭސްއެވެ.

ޕިކްސެލް 6ގައި ފޯން އިމޭޖިންގެ ވޯރްކްހޯސް ގެ ސެންސަރު ޕިކްސަލް 5ގެ ސެންސަރއަށް ވުރެ 2.5 އިންސައްތަ ބޮޑެވެ. މީގެ ސަބަބުން އަލި ކެމެރާއަށް ވަންނަ ވަރު އިތުރުކޮށްދެއެެވެ. މިސެންސާރ އަކީ 50 މެގަޕިކްސެލްގެ ސެންސާރއެކެވެ. މިސެންސަރުން 12 މެގަ ޕިކްސަލް ގެ އިމޭޖްތައް އުފައްދައެވެ. މީގެސަބަބުން ކުލަ ކޮލިޓީ ރަނގަޅުކޮށްދީ ޑައިނަމިކް ރޭންޖްވެސް އިތުރުކޮށްދެއެވެ.

ޕިކްސެލް 6 ޓެލެފޮޓޯ ޑިޒައިންކޮށްފައި ވަނީ ޕެރިސްކޯޕްއެއްހެނެވެ. މީގެ ސަބަބުން ފޯކަލް ލެންތް އިތުރުކޮށްދެއެވެ. ގޫގަލްގެ ޓްރެޑިޝަނަލް ހާރޑް ވެއާވެސް އަޕްގްރޭޑް ވެފައިވެއެވެ. އެގޮތުން ސުޕާރ ރެސް ޒޫމް ވެސް އަޕްްގްރޭޑް ވެފައި ވެއެވެ. ޕިކްސަލް 6ގައި ހިމެނޭ އެޗްޑީއާރް ޕްލަސް ގެސަބަބުން 12 ފްރޭމްއަށް ފޮޓޯތަަައް ނެގެެއެވެ.

ގޫގަލް މި ޕޯނުގެ ކެމެރާ އިން ފެނިގެންދަނީ މެޝިން ލާނިންގް އަދި އާޓިފިޝަލް އިންޓެލިންސް އަށް ބޮޑު އިންގިލާބީ ބަދަލެއް ގެނުވާފައި ވާތަނެވެ.

އާހިލް އާސިމް އަބްދުالله

އާހިލް އާސިމް އަބްދުالله

އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.