2060 ގެ ކުރިން ޗައިނާއިން ފޮސިލް ފިއުލްގެ ބޭނުން މަދުކުރަނީ

ޢާއިޝަތު ޝައިހާ 28 އޮކްޓޯބަރު 2021

ޗައިނާގެ ދައުލަތުގެ މީޑިއާއިން އާންމުކުރި ރަސްމީ މަގުޗާޓެއްގައި ބުނެފައިވާ ގޮތުން، 2060 ވަނަ އަހަރު އަންނަންވާއިރަށް ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު 20 އިންސައްތައަށް ވުރެ ދަށްކުރުމަށް ސާފު ހަކަތައިގެ ލަނޑުދަނޑިއަކަށް ޗައިނާއިން އަމާޒު ހިފައިފިއެވެ.

އާދިއްތަ ދުވަހު ވަޒީރުންގެ މަޖްލީހުން ނެރެފައިވާ ޑޮކިއުމެންޓެއްގައި ބުނެފައިވާ ގޮތުގައި، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް 2030 ވަނަ އަހަރު އަންނަންވާއިރަށް އެންމެ މައްޗަށް ޖެހި، ކާބަން ނިއުޓްރަލިޓީއާއި ހަމައަށް ވާސިލުވުމަށް ހިފާފައިވާ އަމާޒާއި އެކު، ދުނިޔެ އެންމެ ބޮޑަށް ތަޣައްޔަރު ކުރާ ކޯލް ބޭނުންކުރުން ހުއްޓާލުމަށް ރައީސް ޝީ ޖިންޕިން ވައުދުވެ ވަޑައިގެންފައިވެއެވެ.

އެކަމަކު އެ ގައުމުން އާ އެތައް ބައިވަރު ކޯލް ހަކަތަ އުފައްދާ އިންޖީނުގެތަކެއް ހުޅުވުމާ އެކު އެ ގައުމު ފަހަތަށް ޖައްސައިލި ކަމަށް ބުނެ ފާޑުކިޔުން މިފަހަކަށް އައިސް ވަރަށްބޮޑަށް އަމާޒުވި އެވެ. ފަހަކަށް އައިސް ކަރަންޓް ކެނޑުމުގެ ފަހަތުގައި ވާ ދެ ސަބަބު ކަމަށްވާ، ކޯލްގެ އަގުތައް އުފުލި، ސަޕްލައި ދަށްވަމުން ދިއުމާ އެކު، ކަމާ ބެހޭ ފަރާތްތަކުން ވެސް ދަނީ ޕްރޮޑަކްޝަން މަތި ކުރަން ބޭނުން ވެފައިވާ މިންވަރު ހާމަވަމުންނެވެ.

މި ގައިޑްލައިން ތައް އައިސްފައިވަނީ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ގްލާސްގޯގައި ބާއްވާ މޫސުމާ ބެހޭ މަޝްވަރާތަކަށް ގައުމުތަކުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި ކަމަށް ވާ އިރު، އެ މަޝްވަރާތަކުގައި ޝީ ބައިވެރިވެވަޑައި ނުގަންނަވަން ވަނީ ނިންމަވާފައެވެ.

ޗައިނާއިން ހަކަތައިގެ ގޮތުން ފެންބޮވައިގެންފައިވާ އިގުތިސާދުގެ ގާތްގަނޑަކަށް 60 އިންސައްތަ ތެޔޮ އުފައްދާ، ކޯލް އިން އަމިއްލައަށް ހުއްޓާލުމަށް ޗައިނާއަށް ވަނީ ފިއްތުންތަކެއް ކުރިމަތި ވެފަ އެވެ.

ޗައިނާގެ ރަސްމީ ޒިންހުއާ ނިއުސް އޭޖެންސީން އާދީއްތަ ދުވަހު އާންމުކުރި ގައިޑްލައިންގައި، ކާބަން ނިއުޓްރަލް ކުރުމުގެ މަގުސަދުގައި ގިނަ ލަނޑުދަނޑިތަކެއް ވަނީ ކަނޑައަޅާފަ އެވެ.

މީގެ ތެރޭގައި، 2030 ވަނަ އަހަރު އަންނަންވާއިރަށް ހަކަތަ ބޭނުންކުރާ މިންވަރުގެ ގާތްގަނޑަކަށް 25 އިންސައްތައާ ހަމައަށް ނޮން-ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު ގެނައުމަށް ވެސް ހިމެނޭ ކަމަށް ރއީސް ވިދާޅުވިއެވެ.

އޭރުން ޖީޑީޕީގެ ކޮންމެ ޔުނިޓަކަށް ކާބަންޑައިއޮކްސައިޑް ބޭރުކުރާ މިންވަރު 2005 ވަނަ އަހަރުގެ ލެވެލްތަކަށް ވުރެ 65 ޕަސެންޓަށް ވުރެ ދަށަށް ދާނެ ކަމަށާއި ވައިގެ ހަކަތަ އާއި އިރުގެ ހަކަތަ އިން އިންސްޓޯލްކުރާ ޖުމްލަ ކެޕޭސިޓީ 1200 ގިގަވޮޓަކަށް ވުރެ މައްޗަށް ދިއުމަށް އަމާޒު ހިފާފައިވާ ކަމަށް ޒިންހުއާ ބުނެފައި ވެއެވެ.

އަދި 2020 ވަނަ އަހަރު ޖީޑީޕީގެ ނިސްބަތުން ކޮންމެ ޔުނިޓަކަށް ކާބަން ބޭރުކުރާ މިންވަރު 2020 ވަނަ އަހަރު 18 އިންސައްތައަށް ވެއްޓުމަށް ކުރިން އަމާޒު ހިފާފައިވާކަން ވެސް މި ގައިޑްލައިންގައި ވަނީ ތަކުރާރުކޮށްފަ އެވެ.

ސިނާއީ ބިނާތައް ބަދަލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ގޮވާލާފައި ވަނީ، ހަކަތަ ބޭނުންކުރާ މިންވަރު ގިނަ އަދި ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ގިނަ މަޝްރޫއުތަކުގެ "ބްލައިންޑް ޑެވެލޮޕްމެންޓް" ވަރުގަދަ ކުރުމަށް "ސާބިތުކަމާއެކު" މަސައްކަތް ކުރާނެ ކަމަށް ބުނެ އެވެ.

ކާބަން މަދު ސިނާއަތްތައް ކުރިއެރުވުމަށް ގޮވާލާއިރު، ކޯލް ބޭސްޑް ތެލާއި ގޭސް އުފެއްދުމުގެ ކެޕޭސިޓީގެ މިންވަރުވެސް "އެކަށީގެންވާ ގޮތެއްގައި ކޮންޓްރޯލް" ކުރަން ޖެހޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

މީގެ އިތުރުން، ކާބަން މަދު ވުމުގެ ސަބަބުން ކުރިމަތިވެދާނެ އިޤްތިޞާދީ އަދި އިޖްތިމާޢީ ނުރައްކާތަކާ ދެކޮޅަށް ހަރުދަނާ އިޖާބައެއް ދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ

އަވަސް އަވަހަށް ކޯލް ބޭނުންކުރާ މިންވަރު މަދު ކުރުމާ މެދު އިގްތިސޯދީ ޕްލޭނަރުން މާޔޫސްވެފައި މިވަނީ، އޭގެ ސަބަބުން ކުރިއެރުމަށް ހުރަސް އެޅިދާނެ ކަމުގެ ބިރު ވެސް އިތުރުވެފައިވެއެވެ.

ޗައިނާއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނީ ޝީ ބޭނުންފުޅުވަނީ ކޯލް ޕަވަރ ގެ ދުވެލި "ހަރުކަށިކޮށް ކޮންޓްރޯލް" ކުރުމަށް ކަމަށް ވީ ނަމަވެސް، ކުރިއަށް އޮތް މަދު އަހަރުތަކެއްގެ ތެރޭގައި ވެސް އެ އަދަދު އިތުރުވަމުން ދާނެ ކަމުގެ އިޝާރާތެއް ޗައިނާއިން ދީފައިވާ ކަމަށާއި، 2026 ވަނަ އަހަރުން ފެށިގެން ކޯލް ބޭނުންކުރާ މިންވަރު މަޑުމަޑުން ދަށްވާން ފަށާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.