މެޓަ: އާ ސޯޝަލް ޓެކްނޮލޮޖީ ކުންފުންޏެއްގެ ފެށުމެއް

ޢާއިޝަތު ޝައިހާ 29 އޮކްޓޯބަރު 2021

އިއްޔެ ބޭއްވިގެން ދިޔަ ކަނެކްޓެ 2021 ގައި، މާކް ޒަކަބާރގް ވަނީ މެޓަ ތަޢާރަފުކޮށްދީފައެވެ. މިއީ ކުރިން ފޭސްބުކް ކުންފުނީގެ ދަށުން ހިންގާ ހުރިހާ އެޕްތަކަކާއި ޓެކްނޮލޮޖީއެއް އެއް އާ ކުންފުޏެއްގެ ބްރޭންޑެއްގެ ދަށަށް ގެންނަ މަންސައެކެވެ. މެޓަގެ އަމާޒަކަށް ވެގެން ދާނީ، މެޓަވާރސްއަށް ދިރުން ގެނުވައި، މީހުން އެކަކު އަނެކަކާއި ގުޅުން ބަދަހިކުރުމަށް ފުރުޞަތު ފަހި ކޮށްދީ، މި މަންސައިގެ ބޭނުން ކުރާ ފަރާތްތަކަށް އެކި ކަހަލަ ކޮމިއުނިޓީތައް ހޯދައިދިނުމުގެ އިތުރުން ވިޔަފާރިތައް ކުރިއެރުވުމެވެ.

މެޓަވާރސް ހީވާނީ މިހާރުގެ އޮންލައިން ސޯޝަލް ތަޖުރިބާތައް އެއްވެ، ބައެއް ހާލަތްތަކުގައި 3 ޑައިމެންޝަނަށް، ނުވަތަ މިހާރުގެ ދުނިޔެއަށް ޕްރޮޖެކްޓު ވެފައިވާ ހެންނެވެ. މެޓަ ބޭނުންކޮށްގެން، އެކުގައި ނުވިޔަސް. އެތައް ގިނަގުނަ ތަޖުރިބާތައް އެކަކު އަނެކަކާއި ހިއްސާކުރުމަށް މަގުފަހިވެގެން ދާއިރު، މި ފިޒިކަލް ދުނިޔޭގައި އެކުގައި ކޮށްނުލެވޭ ކަންތައް ކޮށްލުމަށްވެސް ފުރުސަތު ލިބިގެން ދެއެވެ. މިއީ ސޯޝަލް ޓެކްނޮލޮޖީގެ ދިގު ލައިނުގައި ދެން ޖެހޭ އިވޮލިއުޝަނަށް ވެގެން ދާއިރު، މިއީ މި ކުންފުންޏަށް ހުޅުވިގެންދާ އާ ބާބެއް ކަމާއިމެދު ކުޑަވެސް ޝައްކެއް ނެތެވެ.

އަހަރީ ކަނެކްޓް ކޮންފަރެންސް އިން ވާރޗުއަލް ރިއަލިޓީ ޑިވެލޮޕަރުންނާއި، ކޮންޓެންޓް ކްރިއޭޓަރުންގެ އިތުރުން މާކެޓަރސް، މި އިންޑަސްޓްރީގެ އެންމެ މުހިއްމު އަދި އެއް ބޮޑު ކުރިއެރުމުގެ އުފާ ފާހަގަކުރުމަށް މިވަނީ އެއްތަންކޮށްދީފައެވެ. މި އަހަރުގެ ވާޗުއަލް ހަފްލާއިން، މެޓަވަރސްގެ ތަޖުރިބާތައް؛ ސޯޝަލް ކަނެކްޝަން ތަކުން ފެށިގެން މުނިފޫހިފިލުވުމާއި، ގޭމިންގއާއި، ފިޓްނެސްގެ އިތުރުން، މަސައްކަތްތަކާއި، ތަޢުލީމާއި ވިޔަފާރީގެ ދާއިރާއިން، ކުރިއަށް އޮތް ދަހަރުގެ ތެރޭގައި ބަދަލުވެގެން ދާނީ ކިހިނެތް ކަމާމެދު ވަނީ ބަލައިލެވިފައެވެ. ހަމަ މި ބައްދަލުވުމުގައި، މީހުންނަށް މެޓަވަރސް ބިނާކުރުމުގައި އެހީވާނެ އާ ޓޫލްތަކެއްވެސް ތައާރަފުކޮށްފައި ވާއިރު، މީގެ ތެރޭގައި ޕްރެސެންސް ޕްލެޓްފޯމެއްވެސް ހިމެނެއެވެ. މިއީ އާ މިކްސްޑް ރިއަލިޓީ ތަޖުރިބާތައް ކްއެސްޓް 2 މެދުވެރިކޮށް ލިބޭނޭ، އިމަރސިވް ލަރނިންގ މެދުވެރިކޮށް ކްރިއޭޓަރުންގެ އާ ޖީލުތައް ތަމްރީނުކުރުމަށް ބޭނުންކުރެވޭނެ، 150 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއްގެ މައްޗަށްވާ މަންސައެކެވެ.

މިހާރު މެޓަ ގެ އޮފިޝަލް ވެބް ޕޭޖް މެދުވެރިކޮށް ކަނެކްޓް ކީބޯޑު އެއްކޮށް ބަލާލައި، މެޓަވަރސް އިން އާ ފުރުސަތުތަކަށް ދޮރު ހުޅުވިގެން ދާ ގޮތްތަކާއި މެދު ދަސްކޮށްލެވޭނެއެވެ. އަދި ހަމަ އެހެންމެ، އެ ކުންފުނީގެ ޑިޒައިން ބްލޮގް މެދުވެރިކޮށް، ވޭތުވެދިޔަ މަސްތަކުގައި ކޮށްފައިވާ މަސައްކަތްކާއި ގުޅޭ މައުލޫމާތުތައްވެސް ހޯދައިލެވޭނެއެވެ.

މެޓަ ގެ ކޯރޕަރޭޓް ސްޓްރަކްޗަރ ބަދަލު ނުވި ކަމުގައި ވިޔަސް، ފައިނޭންޝަލް ކަންތައްތަކުގައި ރިޕޯޓުކުރާ ގޮތް ތަފާތު ވެގެން އަންނާނެއެވެ. 2021 ވަނަ އަހަރުގެ 4 ވަނަ ކުއަރޓާގެ ނަތީޖާއިން ފަށްޓާއިރު، މިހާރު ހިންގަމުންދާ ދެ ބައެއްގެ ރިޕޯޓު އާންމުކުރުމަށް ވަނީ ނިންމާފައެވެ. އެއީ ފެމިލީ އޮފް އެޕްސް އާއި ރިއަލިޓީ ލެބްސްއެވެ. ހަމަ އެހެންމެ، 1 ޑިސެމްބަރ އިން ފެށިގެން، މިހާރު އަލަށްބޭނުންކުރަން ފަށާ އާ ސްޓޮކް ޓިކަރ ބޭނުންކޮށްގެން ވިޔަފާރި ކުރުމަށްވެސް ވަނީ ނިންމާފައެވެ. މިއަދުގެ މި އިއުލާނާއި ގުޅިގެން ޑާޓާތައް ބޭނުންކުރާނެ ގޮތާއި ހިއްސާކުރާނެ ގޮތަށް އެއްވެސް ކަހަލަ އަސަރެއް ނުކުރާނެއެވެ.

މެޓައިން އުފައްދަނީ އެކަކު އަނެކަކާއި ގުޅުން ބަދަހިކުރުމަށް އެހީވާ، އެކިއެކި ކޮމިއުނިޓީތައް ހޯދައިދީ އަދި ވިޔަފާރިތައް ފުޅާކުރުމަށް އެހީވެދޭ ޓެކްނޮލޮޖީތަކެވެ. 2004 ވަނަ އަހަރު ފެށިގެން އައި ފޭސްބުކްގެ ސަބަބުން މީހުން އެކަކު އަނެކަކާއި ގުޅުން ބަދަހިކުރާ ގޮތް ބަދަލުވެގެން ދިޔައެވެ. މެސެންޖަރ، އިންސްޓަގްރާމް އަދި ވަޓްސްއެޕް ފަދަ އެޕްތަކުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނިސްބަތްވާ އެތައް ބިލިއަން ބައެއް ބާރުވެރިކުރެވިގެން ހިނގައްޖެއެވެ. މިހާރު، މެޓައިން ދަނީ 2ޑީ ސްކްރީންތަކަށް ވުރެ ދުރަށް، ބޮޑު އަދި ވާރޗުއަލް ރިއަލިޓީ ފަދަ އިމާރސިވް ތަޖުރިބާތަކާއި ދިމާލަށެވެ. މީގެ އެހީގައި ސޯޝަލް ޓެކްނޮލޮޖީގެ އާ އިވޮލިއުޝަން ބިނާކުރެވިގެން ދާނެއެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.