ޢެޕަލްގެ ގަޑިތަކުން ހަކުރު ޓެސްޓް ކުރެވޭގޮތް ހަދަނީ

ހަސަން ޒަޔާން 31 އޮކްޓޯބަރު 2021

ޑިޖިޓައިމްސްގެ ޕޭވޯލްޑް ރިޕޯޓެއްގައި ވާގޮތުން އެޕަލް އާއި އެކުންފުނީގެ ސަޕްލަޔަރުން ވަނީ ސިއްހީ ޑިވައިސްތަކަށް އާންމުކޮށް ބޭނުންކުރާ ސެންސަރު ގެ ބާވަތެއް ކަމަށްވާ ޝޯޓް-ޓްރާންވޭޖް އިންފްރާރެޑް ސެންސަރުތަކެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. އެޕަލް ވޮޗްގެ ފަހަތުގައި ހަރުކޮށްފައި ހުންނާނެ ކަމަށް ބެލެވޭ މި އާ ސެންސަރުތަކުގެ ސަބަބުން މި ޑިވައިސް ބޭނުންކުރާ މީހެއްގެ ލޭގައި ހިމެނޭ ގުލްކޯސް (ހަކުރުގެ) މިންވަރު ބެލޭނެއެވެ.

ފާއިތުވި އަހަރުތަކުގައި އެޕަލް އިން ވަނީ ސިއްހީ ގޮތުން އެޕަލް ވޮޗް އަށް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި ހެލްތް ފީޗަރސް ތައް ގެނެސްފައެވެ. އެންމެ ފަހުން އެޕަލް ވޮޗް ސީރީޒް 6 އާއެކު ބްލަޑް އޮކްސިޖަން ސެންސަރެއް އިތުރުކުރި އެވެ. ހިތުގެ ހިނގުމާއި ޕްރައިމަރީ ޑެއިލީ އެކްޓިވިޓީ މިނެކިރުމުގެ ގާބިލްކަން ލިބިފައިވާ ފުރަތަމަ އެޕަލް ވޮޗްއާ އަޅާބަލާއިރު، އެޕަލް ވޮޗް އަކީ މިހާރު އީސީޖީ އެއް ނެގުމާއި، ވިންދު ދެނެގަތުމާއި، ލޭގެ އޮކްސިޖަން ލެވެލް، އަދި މިނޫންވެސް އެތައް ކަމެއް ކުރުމުގެ ގާބިލްކަން ލިބިފައިވާ ޑިވައިސް އެކެވެ.

އެޕަލް ވޮޗް އަކީ ހުރިހާ އެންމެން ޝާމިލުވާ ސިއްހީ ވަސީލަތެއްގެ ގޮތުގައި ހެދުމަށް މަސައްކަތް ކުރިއަށް ގެންދާއިރު، އެޕަލް ވޮޗް ސީރީޒް 8 ގެ އަންނަން އޮތް ޖެނެރޭޝަންގެ އެޕަލް ވޮޗްގައި ބްލަޑް ގްލޫކޯޒް މިނެކިރުމުގެ ފަންކްޝަނަލިޓީ އެއް ހިމެނޭނެ ކަމަށް މިވަނީ އަޑުފެތުރިފައެވެ. ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން ބްލަޑް ގްލޫކޯޒް ލެވެލް އަކީ އެޕަލް ވޮޗް އަށް އިތުރު ކުރުމަށް އެޕަލް އިން ބަލާ ގިނަ ހެލްތު މެޓްރިކްސްގެ ތެރޭގައި ހިމެނޭ އެއްޗެކެވެ.

ނަމަވެސް ވޯލް ސްޓްރީޓް ޖާނަލްގައިވާ ގޮތުން އެޕަލް ވޮޗްގައި ބްލަޑް ގްލޫކޯޒް ގެ ގާބިލްކަން ހިމެނުމަށް އެޕަލް އަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ. ބްލަޑް ގްލޫކޯޒް ލެވެލް ތައް ލެވެލްކުރުމުގައި މިހާރު އަމަލުކުރަމުންދާ ގޮތްތަކުގެ ތެރޭގައި ލޭގެ ސާމްޕަލެއް ނެގުމާއި މެޑިކަލް ގްރޭޑްގެ ޑިވައިސްއެއް ބޭނުންކުރުން ހިމެނެއެވެ. އެޕަލް ވޮޗް އާއެކު އެޕަލް އިން ބަލަނީ އާންމު ގޮތެއްގައި އިންވޭސިވް މެޑިކަލް ޕްރެކްޓިސް ދޫކޮށް ނޮން އިންވޭސިވް ގޮތަކަށް އެޕަލްވޮޗް މެދުވެރިކޮށް މި ޓެސްޓް ހެދުމަށެވެ.

އައިއޯއެސް 15 ގައި ހެލްތު އެޕް އިން ވަނީ ހެލްތު މެޓްރިކްއެއްގެ ގޮތުގައި ބްލަޑް ގްލޫކޯޒް ހައިލައިޓްސް އިތުރުކޮށްފަ އެވެ. އައިއޯއެސް 15 ބޭނުންކުރާ ފަރާތްތަކުން މި ޑޭޓާ ފޯރުކޮށްދިނުމަށް އެކްސްޓާނަލް ހާޑްވެއާ ބޭނުން ކުރަން ޖެހޭއިރު، އެޕަލް އިން ކުރިއަށް އޮތް އެޕަލް ވޮޗްގެ މޮޑެލްއަކަށް ގުލްކޯޒް މޮނިޓަރިން ފީޗާއެއް އިތުރުކޮށްފިނަމަ އެކްސްޓަރނަލް ޑިވައިސް ބޭނުން ކުރާކަށް ނުޖެހޭނެއެވެ.

ގިނަ ފަރާތްތަކުން އުންމީދުކުރީ މިދިޔަ މަހު އިއުލާނުކުރި އެޕަލް ވޮޗްގައި ގުލްކޯސް ގެ ލެވެލް މެޝަރ ކުރެވޭނެ ފީޗަރ ނެރޭނެ ކަމަށެވެ. ނަމަވެސް މިދިޔަ މަހު އިއުލާނުކުރި އެޕަލް ވޮޗް ސީރީޒް 7 ގައި އެޕަލް އިން ހެލްތް މެޓްރިކްސް ގެ އެއްވެސް ފީޗަރއެއް އަލަށް ތަޢާރަފް ކޮށްފައެއްނުވެއެވެ. އެޕަލް އިން ހަމައެކަނި ތަޢާރަފްކުރި ފީޗަރސް ތަކުގެ ތެރޭގައި ހިމެނެނީ ބޮޑު ޑިސްޕްލޭއަކާއި ފާސްޓް ޗާޖިންއެއްގެ އިތުރުން ތަންކޮޅެއް ބޮޑު ބެޓްރިއެކެވެ.

އެޕަލް އިން 2022 ވަނަ އަހަރުގެ ފިނި މޫސުމުގައި އެޕަލް ވޮޗް ސީރީޒް 8 އިއުލާން ކުރާ ނިންމާފާވާއިރު ގުލްކޯސް ލެވެލް މެޝަރ ކުރުމުގެ ފީޗަރ އެއް ހިމެނޭނެ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވެއެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.