މެޓަ އިން 'ސުޕަރނެޗުރަލް' އެޕް އުފެއްދި ކުންފުނި ގަނެފި

ޢާއިޝަތު ޝައިހާ 31 އޮކްޓޯބަރު 2021

"ސުޕަރނެޗުރަލްގެ" އެޕް އުފެއްދިފަރާތްތައް ދެން މަސައްކަތް ކުރަމުން ދާނީ މެޓަ ގެ ރިއަލިޓީ ލެބްގެ ދަށުންނެވެ.

ފޭސްބުކް އިން ވަރަށް ސާފުކޮށް ބުނެފައި ވަނީ މެޓަ ގެ ނަމުން ރީބްރޭންޑް ކުރާއިރު މެޓަވާސް އަށް ބޮޑަށް ސަމާލުކަން ދޭ ކަމަށާއި އެ ކުންފުޏަށް އަލަށް އިތުރުކުރެވުނު މިބަޔަކީ އެމަޤްސަދުގެ ތެރެއިން ހިންގާފައިވާ މުއާމަލާތެކެވެ. މެޓަވާސް ކޮންޓެންޓްގެ ވީޕީ ޖޭސަން ރޫބިން ހާމަކޮށްފައިވާ ގޮތުގައި މެޓަ އިން ދަނީ އޮކިއުލަސް ކުއެސްޓް ހެޑްސެޓްތަކަށް އިންމަސިވް ވާޗުއަލް ރިއަލިޓީ ވޯކްއައުޓް އެޕް ސުޕަނެޗުރަލް ގެ އުފެއްދުންތެރިން "ވިތިން" ގަނެފައެވެ.

ވަކިން ނެރުނު އިއުލާނެއްގައި "ވިތިން" ގެ ސީއީއޯ ކްރިސް މިލްކް އާއި ހެޑް އޮފް ފިޓްނަސް ލިއާން ޕެޑަންޓޭ ބުނީ އެ ޓީމުގެ ކޯޗުންނާއި ކޮރިއޮގްރާފަރުންނާއި މެނޭޖަރުން ޓީމުގައި ދެމިތިބޭނެ ކަމަށެވެ. މެޓަގެ ރިއަލިޓީ ލެބްސްގެ ދަށުން ސުޕަނެޗުރަލް މިނިވަންކޮށް ވީއާރް ފިޓްނަސް އެކްސްޕީރިއަންސްއަށް މަސައްކަތް ކުރާނެ ކަމަށެވެ. ވިތިން އިން އެކުންފުނީގެ އާ ބެލެނިވެރި ކުންފުނި ކުރިއަށް ދިއުމަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބުނި ނަމަވެސް، މިލްކް އާއި ޕެޑާންޓޭގެ ބަޔާނުގައި ބުނެފައި ވަނީ މި މުއާމަލާތުގެ ތެރެއިން އެ ކުންފުންޏަށް އިތުރު ވަސީލަތްތަކާއި އިތުރު މިއުޒިކާއި އިތުރު ފީޗާސްތަކާއި އިތުރު އިޖުތިމާއީ ތަޖުރިބާތައް ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

ސުޕަރނެޗުރަލް ގައި، އޭގެ އެކި ވީއާރް މާހައުލުތަކުން ތިބާގެ ގައިގައި އުދުހޭ ކުލަކުލައިގެ އޯރބްސް ޖައްސަން ޖެހެއެވެ. އެކަށީގެންވާ ބާރު މިނެއްގައި ޖެހިއްޖެނަމަ ބޮޅުތައް ފުނޑުފުނޑުވެގެން ހިނގައިދިޔަ ނަމަވެސް، އެ ބޮޅުތައް ފްލޯޓް ކުރާނީ ހަމައެކަނި ތިބާ އޭގައި ނުޖަހައިފި ނަމައެވެ. ތިބާ އަށް ފަހު ވަގުތު ލަނޑު ލިބޭނީ ތިބާ ކަންތައް ކުރާ ގޮތުގެ މައްޗަށް ބިނާކޮށެވެ. ސުޕަނެޗުރަލް ގައި 30 ދުވަހުގެ ފްރީ ޓްރެއިލް ޕީރިއަޑެއް ހިމެނޭ އިރު، އޭގެ ފަހުން އެހިދުމަތް ބޭނުން ކުރުމަށް މަހަކު 19 ޑޮލަރު ހަރަދުކުރަން ޖެހޭނެ އެވެ.

ޢާއިޝަތު ޝައިހާ

ޢާއިޝަތު ޝައިހާ

އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.