އަދިވެސް މީގެ 20އަހަރު ކުރީގެ ވިންޑޯޒް ބޭނުންކުރާ ޤައުމެއް

ޙުސައިން ދީމް މުޙައްމަދު 02 ނޮވެމްބަރު 2021

މިހުސްވި އޮކްޓޫބަރުމަހު މައިކްރޯސޮފްޓުން ވިންޑޯޒް 11 އިޢުލާންކުރިއެވެ. މިއާއެކު ދުނިޔޭގެ ގިނަ ކޮމްޕިއުޓަރުތަކަކުން ވިންޑޯޒް 10 ދޫކޮށްލާ 11އަށް ހިޖުރަ ކުރަން ފެއްޓިއެވެ. އެހެންނަމަވެސް މައިކްރޯސޮފްޓުގެ ކުރީގެ ބައެއް އޮޕަރޭޓިންސް ސިސްޓަމްތައް ބޭނުންކުރާ ފަރާތްތައް މަދެއްނޫން ކަމަކު މީގެ 20 އަހަރު ކުރިން، 2001ވަނަ އަހަރު ނެރުނު ވިންޑޯޒް-އެކްސްޕީ ބޭނުންކުރާ ޤައުމެއް އޮތްވާހަކަ ގިނަ މީހުންނަށްވާނީ އަޖައިބަކަށެވެ.

ސްޓެޓްކައުންޓަރ އިން ކުރި ދިރާސާއަކުން ދެއްކި ގޮތުގައި، މިއަހަރުގެ ސެޕްޓެމްބަރު މަހުވެސް، އަރުމީނިއާގައި ވިންޑޯޒްގެ އެންމެ ފަހު ވާޝަން، ވިންޑޯޒް-10 ބޭނުންކުރަމުންދިޔައީ އެންމެ 32.8% ކޮމްޕިއުޓަރުތަކުގައެވެ. 53.5% ކޮމްޕިއުޓަރުތަކުގައި އަދިވެސް ބޭނުންކުރަނީ 2001ގެ ވިންޑޯޒް-އެކްސްޕީއެވެ. މިދިޔަމަހު ވިންޑޯޒް-11 ނެރެވުމާއެކު، ކޮންމެސްވަރެއްގެ ބަދަލުތަކެއް މި ތަފާސްހިސާބުތަކަށް އަންނާނެ ކަމަށް ބެލެވުނުނަމަވެސް، އަރުމީނިއާގައި ވިންޑޯޒް-އެކްސްޕީގެ މަޤާމެއް ބަދަލެއް އަންނާނެކަމަކަށް ނުފެނެއެވެ.

އަރުމީނިއާގައި ވިންޑޯޒް-އެކްސްޕީ އެހާ މަޤްބޫލީ ކީއްވެ ކަމެއް ނޭނގެއެވެ. މިކަމުން ދޭހަވަނީ، މައިކްރޯސޮފްޓުން ކިތަންމެވަރަކަށް ވިންޑޯޒް-11 އިޝްތިހާރުކުރިނަމަވެސް ވިންޑޯޒްގެ ކުރީގެ ވާޝަންތައް ބޭނުންކުރާ މީހުން އަދިވެސް އުޅޭކަމެވެ. ފަހަރުގައި އަރުމީނިއާ ފަދަ ގައުމު ތަކުގައި މައިކްރޯސޮފްޓްގެ ކުރީގެ އަދަދުތައް ބޭނުން ކުރަނީ އޮޕަރޭޓިންގް ސިސްޓަމް ތަކުގެ އަގު މާބޮޑު ކަމުގައި ވާތީ ކަމަށް ވެދާނެއެވެ.

ޙުސައިން ދީމް މުޙައްމަދު

ޙުސައިން ދީމް މުޙައްމަދު

ޓެކްނޮލޮޖީގެ ބާރުދުވެއްޔާއި ފައިހަމަކުރެވޭތޯ މަސައްކަތްކުރަމުންދާ ދަރިވަރެއް.

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.