ސްމާޓްފޯނުން ރޭގަނޑު އުޑުގެ ފޮޓޯ ނަގާނެ ގޮތް!

އަޙްމަދު އަޙްސަން 02 ނޮވެމްބަރު 2021

ސްމާޓްފޯން އެސްޓްރޮފޮޓޯގްރަފީ ގެ މަސައްކަތް އެއްވެސް އިރެއްގައި އާދައިގެ ގޮތަކަށް ކޮށްފައި އެބަހުރި ހެއްޔެވެ؟ ގިނަ މީހުން ހީކުރާގޮތުން ހަނދު، މިލްކީވޭ އަދި ނޯދަން ލައިޓްސް އިން ފެންނަ އަޖައިބުކުރަނިވި ފޮޓޯތައް ނަގަން، ޓްރައިޕޮޑް އަދި އަގުބޮޑު ލެންސް އާއި އެންމެ ރަނގަޅު އެއް ކެމެރާ ބޭނުންވާނެ ކަމަށެވެ. ދާދި ފަހަކާ ޖެހެންދެން ވެސް އެއީ ހަމަ އެގޮތަށް މެނުވީ ނުވާނެ ކަމެއް ނަމަވެސް ސްމާޓްފޯންތަކުގެ ސެންސަރުތަކާއި ޕްރޮސެސިން ޕަވާ މިހާރު ކުރިއަރާފައިވާ މިންވަރު މިވަނީ ތަރިތަކާއި އުޑު އަތްފޯރާ ފަށަށް ގެނެސްފައެވެ.

ސްމާޓްފޯނުން ރޭގަނޑު އުޑުގެ ފޮޓޯނަގަން ފެށުމުގެ ކުރިން ވިސްނާލަން ޖެހޭ ބައެއް ކަންކަން ހާއްސަކޮށް އަލަށް ފަށާ މީހުންނަށް އެގެން އެބަޖެހެއެވެ. ސްމާޓްފޯންތަކާ އެކު ބޭސިކް ނައިޓް ސްކައި ފޮޓޯގްރަފީ އަކީ މި ވަގުތަށް އެންމެ ފަހުގެ ފްލެގްޝިޕް ސްމާޓްފޯނުތަކުގެ ވެރިފަރާތްތަކަށް ހާއްސަ ވެފައިވާ ފޮޓޯގްރަފީ އެކެވެ. މި ލިޔުމުގައި ދައްކާނީ އެޕަލް، ސެމްސަންގް، ވާވޭ އަދި ގޫގަލް ފަދަ އެންމެ އަގުބޮޑު މޮޑެލްތަކުގެ ވާހަކަ އެވެ.

ގިނަ ސްމާރޓްފޯން ތަކަކައި މިހާރު ވަރަށް ޒަމާނީ އަދި އެހާމެ ވަރުގަދަ ޓެކްނޮލޮޖީތަކެއް ހިމެނޭ ޑިވައިސްތަކެކެވެ. ކެމެރާގެ ސެންސަރުތައް ވަރަށް ބޮޑަށް ރަނގަޅުވެފައި، ސެންސަރުތަކުގެ ނޮއިސް ކޮންޓްރޯލްވެފައިވާކަން ފާހަގަކޮށްލެވެއެވެ. ވަރަށް ގިނަ ސްމާޓްފޯންތަކުގައި ފާސްޓް ލެންސްތަކެއް ވެސް އެބަހުރިއެވެ. ނަމަވެސް، ސްމާޓްފޯނަކުން ބައެއް ނައިޓް ސްކައި ފޮޓޯގްރަފީ އަށް ހާއްސަކޮށް ކުޑަ ޓްރައިޕޮޑެއް އަދި އެކަމަށް ހާއްސަ އެޕްލިކޭޝަންތައް ބޭނުން ވެެއެވެ.

ފޮޓޯ ނަގާއިރު ފޯނު ސްޓެޓިކްކޮށް ބެހެއްޓުން

ރޭގަނޑުގެ އުޑުގެ ފޮޓޯނަގަން ބޭނުން ނަމަ، އެއީ ނޯދަން ލައިޓްސް ނުވަތަ މިލްކީ ވޭ ކަމުގައި ވިޔަސް، ވިސްނަންވީ ފޯނަށް ޓްރައިޕޮޑް އެޑަޕްޓަރެއް ލިބޭތޯ، ނުވަތަ ކޮންމެވެސް އެއްޗަކަށް އެހީގައި ނުގުޑޭގޮތަށް ފޯނު ބަހައްޓާށެވެ. ރޭގަނޑުގެ ނަގާ އުޑުގެ ވައިޑް އޭންގަލް ފޮޓޯތަކަށް ދިގު އެކްސްޕޯޝާ އެއް ބޭނުންވެއެވެ. ސްމާޓްފޯން ލޮޅުން ނާންނަގޮތަށް ހިފަހައްޓަން ޖެހޭނެއެވެ. މިކަމުގައި ބޮޑު ހޭދައެއް ކުރާކަށް ނުޖެހޭނެއެވެ. އަގުހެޔޮ، ކުޑަ ޓްރައިޕޮޑެއް އަދި ސްމާޓްފޯން ހޯލްޑަރެއްވެސް ވަރަށް ރަނގަޅު ވާނެއެވެ.

ސްމާޓްފޯން އެއްހަމައެއްގައި ހިފެހެއްޓުމަށް ފަހު ސްކްރީނުގެ ޝަޓަރ ބަޓަން އަށް ފިތާލުމުން ވައިބްރޭޝަންއެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެ ބަދަލުގައި ބްލޫޓޫތު ރިމޯޓް ނުވަތަ ސްމާޓްފޯންގެ ވޮއިސް އެސިސްޓެންޓް ބޭނުން ކުރާށެވެ. ޕިންޗެއްގައި 10 ސިކުންތުގެ ޝަޓަރ ޑިލޭއެއް ވެސް ބޭނުން ކުރެވިދާނެ އެވެ. އެއީ ގްރޫޕް ފޮޓޯ ނެގުމުގައި މީގެ ކުރިން ވެސް ބޭނުންކޮށްފައިވާ ފީޗާއެކެވެ.

ނައިޓް މޯޑް

ސްމާޓްފޯން ކެމެރާތަކުގައި 'ނައިޓް މޯޑް' އުޅޭތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ. ކޮންމެވެސް ވަރަކަށް ހަނދުވަރުދެނަމަ ސްމާޓްފޯނުތަކުން މިހާރު ވަރަށް ރަނގަޅު ފޮޓޯތައް ނެގޭނެ އެވެ. އެކަންކުރަނީ އަލިކަމަށް އެންމެ ބޮޑަށް އަހުލުވެރިވެފައިވާ ބޮޑެތި ސެންސަރުތަކުގެ އެހީގައެވެ. އެހެންނަމަވެސް އެއްވެސް އައްޔެއް ނެތިއްޔާ ދެން ހާދާނީ ކިހިނެއްތޯއެވެ؟

އަލިކަމެއް ނެތްކަން ސްމާޓްފޯނަށް ދެނެގަނެވޭއިރު އޮޓޮމެޓިކުން އެކަށީގެންވާ ސެޓިންގްސް ހެދޭނެއެވެ. 'ނައިޓް މޯޑް' އަކީ ކޮންމެހެން ވެސް ދިގު އެކްސްޕޮޒަރ ފޮޓޯ ނެގުމަށް މުހިންމު ފީޗާއެވެ. މި ފީޗާގެ އެހީގައި ތިރީސް ސިކުންތުތެރޭގައި މިލްކީ ވޭ ގެ ޗާލު ފޮޓޯ ނެގިދާނެއެވެ.

'ނައިޓް މޯޑް' ހުންނަ ސްމާޓްފޯންތަކުން އައިއެސްއޯ އަދި ޝަޓަރ ސްޕީޑް ސެޓް ކޮށްލެވޭނެ ފަދަ މެނުއަލް ސެޓިންތައް ވެސް ހުރެއެވެ. 'ނައިޓް މޯޑް' ފޯނުގައި ނެތްނަމަ، ނުވަތަ ކޮންޓްރޯލެއް ބޭނުންނަމަ، އެޕަލް ކެމެރާ+2 އަދި އެންޑްރޮއިޑް އަށް ކެމެރާ އެފްވީ-5 ފަދަ ކެމެރާ އެޕްތައް ވެސް އެބަހުރި، އެއީ ފަހުން ފޮޓޯ އެޑިޓްކުރަން ވިޔަސް ބޭނުން ކުރެވިދާނެ އެޕްތަކެކެވެ.

މިއަދު ސްމާޓްފޯނުތަކާ ބެހޭ ގޮތުން އެންމެ ބޮޑު އެއް ކަމަކީ ފޮޓޯގްރާފަރުންނާ ދިމާއަށް މާކެޓްކޮށް ފޯނު ބާޒާރަށް ނެރުމެވެ. ފޮޓޯގްރާފަރުންނަށް ބޭނުންވާ ރޯ ޑޭޓާ ލިބެންހުރުމެވެ. ގިނަ ފަހަރަށް ޑީއެންޖީ ފައިލްތަކެއްގެ ގޮތުގައި ރިކޯޑްކުރާ ރޯ ފޮޓޯތަކުގައި ޖޭޕީއީޖީ ފައިލްތައް ނުވަތަ ކޮމްޕްރެސްކޮށްފައިވާ ފައިލްތަކަށް ވުރެ ކުލައިގެ މައުލޫމާތު ގިނައެވެ. އެހެންކަމުން ފަހުން ކޮމްޕިއުޓަރުގައި އެ ފޮޓޯތައް ޕްރޮސެސް ކުރާއިރު ފެންނަނީ ވަރަށް ގިނަ ޝޭޑްސް، ހިޔަނި، ހައިލައިޓްސް އާއި އެކުއެވެ. އަދި ފޮޓޯގެ އަނދިރި ނުވަތަ އަލިގަދަ ސަރަހައްދުތައް ކޮމްޕްރެސްޑް ފޮޓޯއަކުން ކުރެވޭވަރަށް ވުރެ ބޮޑަށް މި ފައިލްްސް ތަކުން ރިކަވާ ކުރެވޭނެއެވެ.

ސްމާޓްފޯން ކެމެރާގެ އޮޕްޝަންތަކަށް ބަލާލަމާ ހިނގާށެވެ. ކެމެރާ އެޕްގެ 'މޯ' ނުވަތަ 'ލައިޓް ޕެއިންޓިން' ގެ ދަށުން – އަދި 'ސްޓާ ޓްރެއިލްސް މޯޑް' ނަމަކަށް ކިޔާ އެއްޗެއް ފެނިދާނެއެވެ. އެއީ މައިގަނޑު ގޮތެއްގައި ކެމެރާއަކުނ ނަމަ 'ބަލްބް' މޯޑެވެ. ފޯނުގައި މި ފަންކްޝަން ނެތްނަމަ، ހަމަ އެ އޮޕްޝަންތަކާއި އިތުރު އޮޕްޝަންތައް ލިބޭ 'ނައިޓްކެޕް ޕްރޯ' އެޕް ޑައުންލޯޑް ކޮށްލާށެވެ. 'ސްޓާ ޓްރެއިލްސް' މޯޑް އެކްޓިވޭޓް ވުމުން، ސްމާޓްފޯން އިން ލައިޓް ކޮންޑިޝަންތައް ދެނެގަނެ، ރީތި ނައިޓް ސްކައި ފޮޓޯއެއް ނެގުމަށް އަމިއްލައަށް އެޖަސްޓް ކޮށްލާނެއެވެ. ކޮންމެ ފޮޓޯއެއް ވެސް އެންމެ ފަހު ފޮޓޯއާއެކު އޯވަލޭކޮށް، ދުނިޔެ އެނބުރޭއިރު، ތަރިތަކުގެ ޕޮޒިޝަން ތައް ބަދަލުވާން ފެށުމުން 'ސްޓާ ޓްރެއިލްސް' ލިބެންދެން، އެންމެ ފަހު ފޮޓޯއާއެކު އޯވަލޭކޮށްލާށެވެ. ގިނަ އިރު ބެއްޓިވަރަކަށް ފައިނަލް ފޮޓޯ ރީތިވެގެންދާނެއެވެ.

'ސްޓާޓްރެއިލްސް' އަކީ އެއް ކަމަކަށް ފަރުމާކޮށްފައިވާ އެއްޗެއް ނަމަވެސް، މިއީ ހަމަލޮލުން ދެނެގަންނަން ދަތި ގިނިހިލަތައް ދެނެގަތުމުގެ އިތުރުން، ބައިނަލްއަގުވާމީ ސްޕޭސް ސްޓޭޝަން އާއި ސެޓެލައިޓްތައް ދެނެގަތުމުގައި ވެސް މަސައްކަތް އެހީތެރިވެދޭ ފީޗަރއެކެވެ.

'މޫން މޯޑް' އެކްސްޕެރިމްންޓް ކުރުން


މިއީ ތަންކޮޅެއް ފަހުގެ ފޯނުތަކުގައި ފެންނަ، އެކަމަކު އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ ބޭނުންތެރި ނަތީޖާތަކެއް ނެރެވިދާނެ މޯޑެކެވެ. ގިނަ ފަހަރަށް ފްލެގްޝިޕް ފީޗާއެއްގެ ގޮތުގައި ފާހަގަކުރެވޭ، ސްމާޓްފޯން ކެމެރާއެއްގައި 'މޫން މޯޑް' ހުރުމަކީ، އެ އުފެއްދުމެއް އުފައްދާ ފަރާތުން ބާރުގަދަ ޑިޖިޓަލް 'ޕެރިސްކޯޕް' ލެންސެއް ފޯރުކޮށްދޭ ހަދިޔާއެކެވެ. މިފަދަ ކެމެރާތަކުގައި ހަމައެކަނި ހަނދުގައި ސްމާޓްފޯންގެ ކެމެރާއަށް އިޝާރާތްކޮށް، ޒޫމް 10x ނުވަތަ އެއަށް ވުރެ ވެސް މައްޗަށް އެޖަސްޓް ކުރުމަށް ވިއުފައިންޑަރގައި އިނގިލިތައް ބޭނުންކޮށްގެން އަދި ސްމާޓްފޯނުގެ ފީޗާ ޑިޓެކްޝަން ބޭނުންކޮށްގެން ހަނދު އޮޓޮމެޓިކުން ދެނެގަތުމަށް އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށް، ޝޮޓް އެންމެ އެދެވޭ ގޮތުގައި ބޭނުންކުރުމަށް 'މޫން މޯޑް' ރިކޮމެންޑް ކުރާނެއެވެ.

ވާވޭގެ ފްލެގްޝިޕް ސްމާޓްފޯންތަކުން 'މޫން މޯޑް' ލިބޭއިރު ސެމްސަންގްގެ ފޯނުތަކުގައި 100 x 'ސްޕޭސް ޒޫމް' ހުރެއެވެ.

ޓެލްސްކޯޕް ބޭނުންކޮށްގެން ސްމާޓްފޯނުން ފޮޓޯނެގުން

އަފޯކަލް ފޮޓޯގްރަފީ އަކީ ހަނދުގެ މޮޅު ކޮލިޓީ ފޮޓޯތައް ނެގުމަށާއި ސްމާޓްފޯނެއް ބޭނުންކޮށްގެން އިތުރު ފޮޓޯތައް ނެގުމަށް ވަރަށް ރަނގަޅު މަގެކެވެ. ނަމަވެސް އެއަށް ޓެލެސްކޯޕެއް، ސްޕޮޓިން ސްކޯޕެއް ނުވަތަ ޓްރައިޕޮޑެއްގެ ގެ އެހީގައި ބައިނޯކިއުލަރ ވެސް ބޭނުން ކުރެވެއެވެ. ބާޒާރުގައި މިހާރު ލިބެން ހުރި އެންމެ ރަނގަޅު ޓެލެސްކޯޕްތަކާއި އެންމެ ރަނގަޅު ބައިނޯކިއުލަރތަކުގެ ތަކަށް ބަލާލަމާ ހިނގާށެވެ.

ހަމައެކަނި ހަނދުގެ ފޮޓޯ ނަގަން ބޭނުންނަމަ، ޓެލެސްކޯޕުގެ އައިޕީސްއާ ހަމައަށް ފޯނު ހިފަހައްޓައިގެން ފޮޓޯ ނެގިދާނެއެވެ. އެއީ ވަރަށް ފަސޭހަ ކަމެއް ނަމަވެސް ހަޤީޤަތުގައި ސްމާޓްފޯން ވަރަށް ފަރުވާތެރިކަމާއެކު ޕޮޒިޝަން ކުރަން ޖެހޭތީ، ހަނދަށް ފޯކަސް ކުރުމަށް ސްކްރީނަށް އަތްޖައްސައި، އެކްސްޕޯޝާ ރަނގަޅު ކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ.

ފޮޓޯ ޕްލިކްވާކަން ފެނިއްޖެނަމަ ދެން ފޯނު ޓެލެސްކޯޕަށް ގުޅާލުމަށް އަފޯކަލް އެޑަޕްޓަރެއް ހޯދުން މުހިންމުވާނެއެވެ. އެގޮތަކަށް ޓެލެސްކޯޕް ގެންދެވޭނީ ފޮޓޯގެ ލޮކޭޝަން އެޖަސްޓްކޮށް ކޮންމެ ފަހަރަކު ވެސް ފުރިހަމަ ޝޮޓެއް ލިބޭ ގޮތަށް. އެތަކެތި ބޭނުން ނުކޮށް ފޮޓޯ ނަގަން ބޭނުން ނަމަ އައިއޮޕްޓްރޯން، ސެލެސްޓްރޯން، ބްރެސަރ އަދި އޮރިއަން ފަދަ ސްމާޓްފޯން ކްލޭމްޕް ތައް ބޭނުން ކުރުމުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ އެވެ.

އަފޯކަލް ފޮޓޯގްރަފީއަށް ބްލޫޓޫތު ރިމޯޓް ނުވަތަ ވޮއިސް ކޮންޓްރޯލެއް ބޭނުންކޮށްގެން ސްމާޓްފޯނުގެ ކެމެރާ ޝަޓަރ އެކްޓިވޭޓް ކުރުމަކީ އުޑުގެ ފޮޓޯތައް ނަގަން މުހިންމު ކަމެކެވެ.

އެންމެ ރަނގަޅު ނަތީޖާއެއް ނެރެން ކުރެވިދާނެ މުހިންމު ކަންކަން

އަބަދުވެސް ފޮޓޯ ނެގުމަށް ޓްރައިޕޮޑެއް އަދި ބްލޫޓޫތު ރިމޯޓް ނުވަތަ ވޮއިސް ކޮންޓްރޯލެއް ބޭނުން ކުރާށެވެ.

'ލައިޓް ޕޮލިއުޝަން މެޕެއް' ބޭނުންކޮށްގެން އާބަން ސްކައިގްލޯއިން ކޮންމެވެސް އަނދިރި ހިސާބަކަށް އަމިއްލަ އަށް ގެންނާށެވެ.

ހަނދު ހުރި ހިސާބެއް 'މޫންސެޓް ކަލްކިއުލޭޓަރ' ބޭނުން ކޮށްގެން ދެނެގަންނާށެވެ.

މިލްކީ ވޭ އަކީ އުތުރު ހެމިސްފިއާގައި ސީޒަނަލް އެއްޗަކަށް ވާއިރު ފޮޓޯ ނެގޭނީ ހަމައެކަނި މެއި މަހާއި އޮކްޓޯބަރ މަހާއި ދެމެދުއެވެ. 'ފޮޓޯޕިލްސް' އެޕް ބޭނުންކޮށްގެން އިތުރު މަޢުލޫމާތު ދެނެގަންނާށެވެ.

އަބަދުވެސް ރޯ އިމޭޖް ކޮލިޓީގައި ޝޫޓް ކުރާށެވެ. ތާޑް-ޕާޓީ ކެމެރާ އެޕްތަކުން މި ޚިދުމަތް ލިބޭނެއެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.