ޝޯމީގެ އަމާޒަކީ ސްމާޓްފޯން ބާޒާރުގައި ދުނިޔޭގެ އެއްވަނަ

ހަސަން ޒަޔާން 05 ނޮވެމްބަރު 2021

ޝޯމީގެ ވީޕީ އަދި ރެޑްމީގެ ޖީއެމް ލޫ ވީބީންގ 05 ނޮވެމްބަރު ވަނަ ދުވަހު ދެއްވު އިންޓަވިއުއެއްގައި ވާހަކަފުޅު ދައްކަވަމުން ބުނެފައިވާ ގޮތުގައި ޝޯމީގެ ވިސްނުމަކީ އެޕަލް އާއި ސަމްސަންގް ފަހަތަށް ޖައްސާލައި 3 އަހަރުގެ ތެރޭގައި ދުނިޔޭގެ އެއްވަނައަށް އެރުމެވެ.

އޭނާ ބުނުއްވި ގޮތުގައި ސްމާޓްފޯން ވިއްކުމުގެ 70 ޕަސެންޓް އަދިވެސް ޗައިނާގައި އޮފްލައިންކޮށް ކުރިއަށް ގެންދާތީ އެ ކުންފުނިން އެންމެ ފުރަތަމަ އަމާޒު ކުރާނީ ޗައިނާގެ އޮފްލައިން މޯބައިލް ފޯން މާކެޓަށް ކަމަށެވެ.

ކުރިއަށް އޮތް 3 އަހަރު ތެރޭގައި ޗައިނާގެ 30،000 ރީޓެއިލް ފިހާރަތަކުގެ ޝޯކޭސްތަކަށް ޝޯމީ ގެންދިއުމަށް ރާވާފައިވާ އިރު، ދާދި ފަހުން ވަނީ އެ ކުންފުނީގެ 10،000 ވަނަ ސްޓޯރު ވެސް އިފްތިތާހުކޮށްފަ އެވެ. ރީޓެއިލް އަކީ އަދިވެސް ޝޯމީ ފަހަތުގައި އޮތް އެއްޗެއް ކަމަށާއި ޗައިނާގައި ބީބީކޭ އިލެކްޓްރޯނިކްސްގެ ސަބްސިޑަރީ ކުންފުނިތައް ކަމަށްވާ އޮޕޯ އާއި ވީވޯ އިންވަނީ މިކަމަށް ޝޯމީ ބަލިކޮށްފައިއެވެ.

ލޫ ވީބީިންގް ގެ ވީބޯ

ވީޕީ އިތުރަށް ވިދާޅުވި ގޮތުގައި ވޯރލްޑް ނަމްބަރ ވަން އައް ޝޯމީ އެރުވުމަކީ ފަސޭހަކަމެއްނޫނެވެ.

ސްމާޓްފޯން ޝިޕްމަންޓްތަކުގެ ރޮނގުން ބަލާއިރު ޝޯމީ އާއި އެޕަލް ގާތްގަޑަކަށް އެއްވަރެވެ. 2021 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގައި އެޕަލްއިން 48 މިލިއަން ޝިޕްމަންޓާއެކު ދެވަނައަށް ރޭންކް ކުރެވިފައިވާއިރު، 44.4 މިލިއަން ޝިޕްމަންޓް އާއި އެކު ޝޯމީވަނީ ވަރަށް ގާތުން އެއްވަރުކޮށްފައެވެ.

އެ ކުންފުނިން 2020 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގައި ކުޑަ ވަގުތުކޮޅަކަށް އެޕަލްއަށް ވުރެ ކުރިއެރި ނަމަވެސް އަނެއްކާވެސް އެ ކުންފުނި ވަނީ ދެވަނަ އަށް ވެއްޓިފައެވެ.

ހަގީގީ ގޮންޖެހުމަކީ ސެމްސަންގްކަމަށް ވިޔަސް، 69 މިލިއަން ޔުނިޓްގެ ޝިޕްމަންޓަކާއެކު ބާކީ އޮތް ބަޔަށް ވުރެ ބޮޑު ލީޑެއް ދެމެހެއްޓުމަކީ ސެމްސަންގް އަށް އޮތް ގޮންޖެހުމެއް ކަމަށް ބެލެވެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޝޯމީގެ ވިޔަފާރި ދަށްވި ނަމަވެސް އެމެރިކާ ފަދަ މާކެޓުތަކުގައި އެ ކުންފުނިން އެލެކްޓްރޯނިކްސް ވިއްކައެވެ.

ޝޯމީއިން 2024 ވަނަ އަހަރަށް އެކުލަވާލި މި ޕްލޭންތަކަކީ ހަމަ އެއަހަރު އަމިއްލަ އިލެކްޓްރިކް ކާރުތައް ހަލުވިކަމާއެކު އުފެއްދުމަށް އަމާޒުތަކެއް ކަނޑައަޅާފައިވާ ޕްލޭންތަކެކެވެ. މި އަމާޒަށް ވާސިލްވުމަށް އެހީތެރިވުމުގެ ގޮތުން މިދިޔަ މަހު އެކަނިވެސް ޑެޑިކޭޓެޑް އީވީ ކުންފުންޏެއް އުފެއްދި އެވެ.

ހަސަން ޒަޔާން

ހަސަން ޒަޔާން

ޑިވެލޮޕާރ

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.