ސަމްސަންގް ގެލެކްސީ އެސް 21 އެފްއީ ނެރުން އެތައް ފަހަރަކު ވަނީ ލަސްކޮށްފައެވެ. މި ހޫނު މޫސުމުގައި ފޯނު ނެރޭނެ ކަމަށް ގިނަބަޔަކު އުއްމީދު ކުރި ނަމަވެސް، އެތައް ފަހަރަކު ނެރުން ލަސްކޮށްފައި، ފޯނު ކެންސަލް ވާކަމުގެ އަޑުތައް ވެސް ފެތުރިގެން ދިޔައެވެ. އެހެން ނަމަވެސް، ފަހުގެ ރިޕޯޓުތަކުން، ފޯނު އަދިވެސް ނެރޭނެ ކަމަށާއި، އެކަމަކު ޖަނަވަރީ 2022 އަށް ލަސްކޮށްފައިވާކަމަށް ވަނީ އިޝާރާތްކޮށްފައެވެ.
ކުރިއަށް އޮތް ފޭން އެޑިޝަން ފޯނުތައް ނެރޭ ތާރީހުތައް މިދަނީ އެނގި ހާމަވަމުންނެވެ. ފަހުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި، ސަމްސަންގް ގެލެކްސީ އެސް 21 އެފްއީ، ޖަނަވަރީ 2022 ގައި އޮންނަ ސީއެސްސީ 2022 ގައި ނެރެވިގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.
ކޮންސިއުމަރ އިލްކެޓްރޯނިކްސް ޝޯ (ސީއެސްސީ) މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ 5 ޖަނަވަރީ އިން 8 ޖަނަވަރީގެ ނިޔަލަށް، ލަސް ވެގަސްއެވެ. ރިޕޯޓުތަކަކީ ހަގީގަތެއް ކަމުގައި ވާނަމަ، ސީއެސްސީގެ ފުރަތަމަ ދުވަސްކޮޅުގައި ގެލެކްސީ އެސް 21 އެފްއީ ރަސްމީކޮށް ނެރެވޭނެއެވެ. އެހެންކަމުން، މި އަޑުތައް، ކުރިން އިވެމުން ދިޔަ 11 ޖަނަވަރީގައި ނެރޭނެ ކަމުގެ އަޑުތަކާއި ތައާރުޒުވެއެވެ.
ސީއެސްސީގައި ސަމްސަންގް ގެލެކްސީ އެސް 21 އެފްއީގެ ލޯންޗިންގ އާއި އެކު، ސްމާރޓް ފޯނު އުފެއްްދުމުގެ އެންމެ އުހުގައި އުޅޭ ސެމްސަންގް އިން އިން ކުރިއަށް އޮތް ޖީލުގެ އެސް ސީރީޒްގެ ފްލެގްޝިޕް ކަމަށްވާ، ގެލެކްސީ އެސް 22 ލައިނަޕް، ފެބްރުއަރީ ގެ ގެލެކްސީ އަންޕެކްޑް ހަފްލާއަށް ލަސްކުރާނެ ކަމުގެ ފުރުސަތު އެބަ އޮތެވެ.
ވަކި ޚާއްޞަ ކަންތައްތަކަށް ބަލާލާއިރު، ގެލެކްސީ އެސް 21 އެފްއީގައި 6.4 އިންޗީގެ އެފްއެޗްޑީ ޕްލަސް އެމޯލެޑް ޑިސްޕްލޭ އެއް ވާއިރު، 120 ހާޓްޒްގެ ރިފްރެޝް ރޭޓެއްވެސް މި ފޯނުގައި ވެއެވެ. ޑިސްޕްލޭގައި ޕަންޗް ހޯލް ފަރުމާއަކާއި އެކީ، 32 މެގަޕިކްސެލްގެ ސެލްފީ ކެމެރާއެއްވެސް ހިމެނެއެވެ. އަދި ހަމަ އެހެންމެ، މި ފޯނުގައި ޓްރިޕަލް ކެމެރާ ސެޓްއަޕްއަކާއި، 25 ވޯޓުގެ އަވަސް ޗާޖުކުރެވޭ 4500 އެމްއޭއެޗް ބެޓަރީއެއްވެސް މި ފޯނުގައި ހިމެނެއެވެ.
އަޅުގަނޑަކީ ޝައިހާ އެވެ. މިހާރު އަޅުގަނޑު ކިޔަވަމުން ގެންދަނީ ސީއެޗްއެސްސީ ގެ ގްރޭޑް 12 ގައެވެ. ކުރިމަގުގައި، ލިޔުންތެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތުގައި ޝާމިލުވުމަކީ އަޅުގަނޑަށް ލިބޭ ހިތްހަމަޖެހުމެއް.