ވައިން ފެން އުފެއްދޭނެ އަގުހެޔޮ ޑިވައިސްއެއް އުފައްދައިފި!

އާހިލް އާސިމް އަބްދުالله 05 ނޮވެމްބަރު 2021

މިދިޔަ އަހަރު ގޫގަލް ހެޑްކުއާޓާސްގެ، ޕާކިން ލޮޓްއެއްގެ ފުރާޅުމަތީ އެކްސް.އަލްފަބެޓްގެ " މޫން ފެކްޓްރީ" އިންޖިނިއަރުންތަކެއްވެގެން ޓެސްޓްތަކެއް ކުރުމަށް ޕެނަލްތަކެއް ގާއިމްކުރިއެވެ. އެއީއެމްފޯޓެރިކް ވޯޓާރ ހާރވެސްޓާރ ނަމަކަށްކިޔާ ވައިން ފެން އުފެއްދޭނެ ނިޒާމެއް އުފެއްދުމަށް ތަހުލީލްތަކެއް ކުރުމަށެވެ.

މިނިޒާމުން ވައި އެތެރެއަށް ދަމައިގަނެ ފަންކާއާއި އިރުގެ އަލި ބޭނުންކޮށްގެން ވައި ކޮންޑެންސްކޮށް ތިއްކަކުން ސާފު ބޯފެން އުފައްދައެވެ.

މިހާރުވެސް ދުނިޔޭގެ ކޮންމެ 3 މީހަކުން 1 ކަކީ ސާފުނޫން ބޯފެން ބޭނުންކުރާ މީހުނެވެ. މީގެ ސަބަބުން ތަފާތު ބަލިތަކާ ކުރިމަތިލާންޖެހެއެވެ. އެކްސް ޓީމް އިން ޑަަބްލިއު.އެޗް.އޯ އާއި ޔުނިސެފްގެ ޑޭޓާބޭސް ބޭނުންކޮށްގެން ސާފު ބޯފެން ނުލިބޭ ސަރަހައްދުތަކުގެ ކްލައިމެޓްއާއި މި ޑިވައިސް ބޭނުންކުރުން އެންމެ ރަނގަޅު ކްލައިމެޓް ވަނީ އަޅުވާކިޔާފައެވެ.

ވައި ވަރަށް ބޮޑަށް ހިކިފައި ހުންނައިރު، ޑިވައިސްތައް ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށާއި ނަމަވެސް މި ޑިވައިސް ރަނގަޅަށް މަސައްކަތް ކުރާނެ ތަންތަނުގައި މިހާރު ރައްކާތެރި ބޯފެން ނުލިބޭ 1 ބިލިއަން މީހުން ދިރިއުޅެމުންދާ ކަމަށް ދިރާސާއިންވަނީ ސާބިތުވެފަ އެވެ. ޑީސެލިނޭޝަން ޕްލާންޓްތައް ފަދަ ބޮޑެތި ފެނުގެ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް، ޕްލޭންކޮށް ބިލްޑް ކުރުމަށް ގިނަ އަހަރުތަކެއް ނަގާތީ، ކުދި ޑިވައިސްތަކުން މި ފަރަގު ފޫބެއްދުމަށް އެހީތެރިވާނެ ކަމަށް މިޓީމް އިން ދެކެއެވެ.

އާހިލް އާސިމް އަބްދުالله

އާހިލް އާސިމް އަބްދުالله

އަޅުގަނޑުގެ ނަމަކީ އާހިލް އެވެ. ޓެކްނޮލޮޖީގެ އައު ވާހަކަތަކަށް ކެތްމަދުވެފައި ހުންނަ ޒުވާނެކެވެ!

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.