ޓެލެގްރާމްއިން އިތުރު ފީޗާސްތަކެއް ތަޢާރަފް ކޮށްފި

އަޙްމަދު އަޙްސަން 06 ނޮވެމްބަރު 2021

ޓެލެގްރާމް އިން ވަނީ އެ ކުންފުނީގެ އެޕްގެ ޕާފޯމަންސް އިތުރު ކުރުމަށް އާ އަޕްޑޭޓްތަކެއް ފޮނުވާފައެވެ. މެސެޖިން އެޕް މިހާރު ވަނީ ހައިޕަ ސްޕީޑް ސްކްރޯލް، ކަލަންޑަރު ވިއު، ޑޭޓް ބާ، އިންވައިޓް ލިންކްސް އަށް އެޑްމިން އެޕްރޫވަލް ސެޓިން، ޗެޓް ތީމް އަދި އިތުރު އެތައް ކަމެއް ތަޢާރަފް ކޮށްފައެވެ. "އަޕްޑޭޓަކީ ހައި ސްޕީޑް ސްކްރޯލް ކުރުމާއި ކަލަންޑަރު ވިއުއާއެކު ޝެއާޑް މީޑިއާތަކުގައި މެމޮރީސް ހޯދަން އާ ގޮތްތަކެއް ގެނެސްދޭ އަޕްޑޭޓެއް، އިންވައިޓް ލިންކްތަކަށް އެޑްމިން އެޕްރޫވަލް ސެޓިންއެއް، މުޅި އެޕްގެ ގްލޯބަލް ޗެޓް ތީމްތައް، އަދި އިތުރު އެތައް ކަމެއް،" ޓެލެގްރާމް ބްލޮގްގައި ލިޔެފައިވެއެވެ. މި ފީޗާތައް ވަނީ އެޕްގެ އައިއޯއެސް ވާޝަންއަށް މިހާރު ލިބެންފަށާފައެވެ.

ޓެލެގްރާމް އިން ވަނީ ޝެއާޑް މީޑިއާ ޕޭޖަށް އާ ޑޭޓް ބާއެއް އިތުރުކޮށް، ޝެއާޑް މީޑިއާ މެދުވެރިކޮށް ސްކްރޯލް ކުރުމަށް އަޕް އެންޑް ޑައުން އަށް ބޭނުން ކުރެވޭނެ ކަމަށް ބުނެ، އެ ޕޭޖުގެ ޝެއާޑް މީޑިއާ ޕޭޖަށް އާ ޑޭޓް ބާއެއް އިތުރުކޮށްފައެވެ. މި އެޕްގައި ކްލައުޑް ސްޓޯރޭޖް ހުންނަ އިރު ކޮންމެ ޗެޓަކަށް ޝެއާޑް މީޑިއާ ޕޭޖެއް އޮންނަ އިރު އެ ޕޭޖުގައި ރައްކާކުރެވޭ ހުރިހާ ފޮޓޯތަކާއި ވީޑިއޯތަކާއި ފައިލްތަކާއި މިއުޒިކް ތައް ދައްކުވައިދެއެވެ. އަދި ޝެއާޑް މީޑިއާތައް ފިލްޓަރ ކޮށް، ހަމައެކަނި ފޮޓޯ، ވީޑިއޯ ނުވަތަ ދޭތި ވެސް ބަލާލެވޭނެ އެވެ.

މެސެޖިން އެޕް އިން ވަނީ އެޑްމިން އެޕްރޫވަލްގެ އާ ފީޗާއެއް ވެސް ތަޢާރަފްކޮށްފައެވެ. މި ފީޗަރގެ ސަބަބުން ލިންކް ޔޫސަރ އާއި ޕްރައިވެޓްކޮށް ޝެއަރ ކުރެވުނުތޯ ނުވަތަ ކިއު.އާރު ކޯޑެއްގެ ގޮތުގައި ބަދަލުކުރެވުނުތޯ ނުވަތަ ނޫންތޯ، ބޭނުން ވަގުތަކު ގްރޫޕެއް ނުވަތަ ޗެނަލަކަށް ވަނުމުގެ ފުރުސަތު ލިބިގެންދެއެވެ. "އެޑްމިން އެޕްރޫވަލްއާއެކު ލިންކެއް ހުޅުވާލާއިރު، ޗެޓްގެ އެންމެ މަތީގައި އާ ބާއަކުން އެޑްމިން މެނޭޖް ކުރެވޭނެ 'ޖޮއިން' ރިކުއެސްޓެއް ފޮނުވުމަށް ބަޓަންއެއް ފެންނާނެ. އެތަނުން އެޑްމިން އަށް އެޕްލައިކުރާ ފަރާތުގެ ޕަބްލިކް ޕްރޮފައިލް ފޮޓޯ އާއި ބަޔޯ ބަލާ، ދެން އެޕްރޫވްކޮށް ނުވަތަ ވަކިކޮށްލެވޭނެއެވެ."

އޭގެ އިތުރުން ޓެލެގްރާމް އިން ވަނީ އައިއޯއެސް އެޕްގައި ގްލޯބަލް ޗެޓް ތީމްތައް ވެސް ހިމަނާފައެވެ. މެސެޖިން އެޕް މެދުވެރިކޮށް ވަކިވަކި ޗެޓްތަކަށް ޚާއްސަ ކުރެވޭނެ އާ 8 ތީމެއް ވަނީ ތަޢާރަފުކޮށްފައެވެ. ކުލަގަދަ އެނިމޭޓެޑް ބެކްގްރައުންޑާއި ގްރޭޑިއަންޓް މެސެޖް ބަބުލްތަކާއެކު މި ޗެޓް ތީމްތަކުގައި ޑޭ އެންޑް ނައިޓް މޯޑް ވެސް ހުރެއެވެ. އަދި މި ޑިޒައިންތައް ބަދަލުކޮށް ކުލަތައް ނުވަތަ ޕެޓާން ބަދަލު ކޮށްލެވިދާނެއެވެ.

އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް އިންސްޓަންޓް މީޑިއާ ކެޕްޝަންސް ކިޔާ ފީޗާއެއް ވެސް ލިބޭނެ ކަމަށާއި މީޑިއާ އެޓޭޗް ކުރާއިރު މެސެޖް ބާގައި ޓައިޕްކުރާ ޓެކްސްޓް އޮޓޮމެޓިކުން ބަދަލުކޮށްދޭނެ އެވެ. އެހެންވެ ދެން ޓައިޕްކޮށް ނުވަތަ ކަޓް އެންޑް ޕޭސްޓް ކެޕްޝަން ޖަހާކަށް ނުޖެހޭނެ އެވެ.

އަޙްމަދު އަޙްސަން

އަޙްމަދު އަޙްސަން

ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތެއް، ގްރެފިކް ޑިޒައިނަރެއް

ޓެކްނޮލޮޖީ ހަބަރާއި ލިޔުން ހޮޅުއަށިތަކަށް.

ލޯތްބާއެކު ދިވެހިން އުފައްދާފައިވާ އުފެއްދުމެއް.